އެމްއައިބީގެ އުޖާލާ ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް

މޯލްޑިވްސް އިސްލާމިކް ބޭންކުގެ މައި އިދާރާ: އެެެމްއައިބީގެ އުޖާލާ ޕްރޮމޯޝަން ކުރިޔަށް ދާނީ މެއި 1 ވަނަ ދުވަހާ ހަމައަށް. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މޯލްޑިވްސް އިސްލާމިކް ބޭންކުގެ މައި އިދާރާ: އެެެމްއައިބީގެ އުޖާލާ ޕްރޮމޯޝަން ކުރިޔަށް ދާނީ މެއި 1 ވަނަ ދުވަހާ ހަމައަށް. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މި އަހަރުގެ ރޯދަ މަހަށް މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ން ފެށި "އުޖާލާ ޕްރޮމޯޝަން" އަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އުޖާލާ ޕްރޮމޯޝަނަށް ލިބެމުންދާ ތަރުހީބާ ގުޅިގެން އެމްއައިބީގެ ޕީއާރު އޮފިސަރު އަހުސަން ޖަމީލު "އަދަދު" މި ނޫހަށް ވިދާޅުވީ ގިނަ ބަޔަކު އުޖާލާ ސްކީމުގައި ބައިވެރިވަމުން އަންނަ ކަމަށެވެ. އަދި، މިހާރު ވެސް ގިނަ ފޯމުތަކެއް ޕްރޮސެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އަދިވެސް ފުރުސަތު އެބައޮތް. ވީހާވެސް ގިނަ ބަޔަކު ބައިވެރިވާން އެދެނީ" އޭނާ ވިދާޅުވި އެވެ.

Advertisement

އަގުބޮޑު އިނާމުތަކާ އެކު ފެށި މި ޕްރޮމޯޝަނުގައި، އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ސްކީމުގެ ދަށުން އެއް ފަހަރާ 25،000ރ. އަށް ވުރެ ގިނަ މުދާ ގަންނަ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަނުގައި ކޮންމެ ބްރާންޗަކަށް ކޯޓޭޝަން ހުށަހެޅި ނަމަވެސް ބައިވެރިވެވެ އެވެ.

ޕްރޮމޯޝަންގެ އިނާމުތައް

  1. ހޮންޑާ ސްކޫޕީ ސައިކަލެއް
  2. އެޕަލް އައިފޯނު 13 ޕްރޯ މެކްސްއެއް
  3. އިންޗި ޓީވީއެއް

މި ޕްރޮމޯޝަން ކުރިޔަށް ދާނީ މެއި 1 ވަނަ ދުވަހާ ހަމައަށެވެ.

އުޖާލާ ދިރިއުޅުމަކީ ކޮބާ؟

"އުޖާލާ ދިރިއުޅުން" ފައިނޭންސް ފެސިލިޓީއަކީ ވަޒީފާއެއްގައި އުޅޭ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޭނުންކުރެވޭ ޕްރޮޑަކްޓެކެވެ.

މި ސްކީމުގެ ދަށުން 400،000ރ. އާ ހަމައަށް މުދާ ގަނެވޭ އިރު، އެ މީހަކަށް މުދާ ނެގޭނެ ލިމިޓް ކަނޑައަޅަނީ މުސާރައިގެ އިތުރުން ކުއްޔާއި، އެހެނިހެން ގޮތްގޮތުން ލިބޭ އާމްދަނީ ވެސް ހިމަނައިގެންނެވެ.

އުޖާލާ ދިރިއުޅުން ސްކީމުގެ ދަށުން ރާއްޖޭގެ ގިނަ ފިހާރަތަކަކުން މުދާ ނެގޭނެ އެވެ. ފައިނޭންސިން އެހެން ސްކީމްތަކާ ހިލާފަށް މި ސްކީމުގައި ފައިސާ ދައްކަން ބޭނުންވާ މުއްދަތު 18 މަހާއި 48 މަހާ ދެމެދުގެ މުއްދަތެއްގެ ތެރެއިން ކަސްޓަމަރު ބޭނުންވާ މުއްދަތެއް ވެސް ހިޔާރުކުރެވެ އެވެ.

މި ފެސިލިޓީގެ ދަށުން ލިބޭ ފައިސާގެ ލިމިޓް ހަ މަސް ވަންދެން ބޭނުންކުރެވެ އެވެ. އެ މުއްދަތުގައި ބޭންކަށް ހަމައެކަނި ކޯޓޭޝަން ހުށަހެޅުމުން ދުވަހުން ދުވަހަށް މުދާ ލިބޭނެ އެވެ.

މި ސަބަބުތަކާ ހުރެ، އުޖާލާ ދިރިއުޅުން ސްކީމަކީ މިވަގުތު ބާޒާރުގައި ހުރި ކޮންސިއުމާ ފައިނޭންސް ޕްރޮޑަކްޓަކްޓުތަކުގެ ތެރެއިން އެންމެ މަގުބޫލު ޕްރޮޑަކްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިދޭސީންނަށް މުސާރަ ދިން ކަމަށް ބަލާނީ އެކައުންޓަށް ޖަމާކުރުމުން

ބިދޭސީންނަށް މުސާރަ ދިންކަމަށް ބަލާނީ، އެ މީހެއްގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ފައިސާ ޖަމާކުރުމުން އެކަނި ކަމަށް ކަނޑައަޅާފައިވާތީ ނަގުދު ފައިސާއިން މުސާރަ ދިނުން މަނާވާނެ. މި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ކޯޓާ ކެންސަލްކުރުމާއި ޖޫރިމަނާކުރުން ފަދަ ފިޔަވަޅުތައް އަޅާނެ.

ސުކޫކު ދެއްކިއިރަށް ވުރެ ބޭނުންކުރެވޭ ރިޒާވު ދަށަށް

މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް 200.6 މިލިއަން ޑޮލަރަށް ދަށްވެފައިވާކަން އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި. މިއީ އޭޕްރިލް މަހު ސުކޫކު ދައްކަން ހޭދަކުރި 525 މިލިއަން ޑޮލަރަށްވުރެ މަދު އަދަދެއް ނަމަވެސް، ޑޮލަރު މާރުކުރާ މިންވަރު އިތުރުވުމާއެކު އަހަރުގެ ފަހު ކުއާޓަރުގައި ރިޒާވް ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ.

އެމްއައިބީން ފައިސާ މޮބައިލް އެކްސް 2.0 ރޯލްއައުޓްކޮށްފި

އެމްއައިބީގެ ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި، އައު ފީޗާސްތަކާއެކު "ފައިސާ މޮބައިލް އެކްސް 2.0" އެޕްލިކޭޝަން މިހާރު ވަނީ ނެރެފައެވެ. މި އަޕްގްރޭޑްގައި ޔޫޒާ އިންޓަފޭސް ރަނގަޅުކުރުމުގެ އިތުރުން، ސްމާޓް ސާޗް އަދި ބޭރު ގައުމުތަކަށް ފައިސާ ފޮނުވޭނެ ރެމިޓެންސްގެ ޚިދުމަތް ހިމަނާފައިވެއެވެ. މީގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންނަށް ރައްކާތެރި އަދި ލުއިފަސޭހަ ބޭންކިންގ ތަޖުރިބާއެއް ފޯރުކޮށްދިނުމެވެ.

ބަންކަރިން ހިދުމަތުން 80 މިލިއަން ޑޮލަރު ލިބިއްޖެ: ސައީދު

ބަންކަރިން ހިދުމަތުން މިހާތަނަށް 80 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނުއިރު ސައީދު ވިދާޅުވީ މިއީ ބަނދަރެއް ނެތި މި ޚިދުމަތް ފަށައިގެން ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު ޚިދުމަތްތަކާއެކު މި އާމްދަނީ އިތުރުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް.

ޓީޓީތައް ލަސްވެ، ސަޕްލަޔަރުންނާ މޫނުކެނޑޭ ހިސާބަށް

ބީއެމްއެލް މެދުވެރިކޮށް ބޭރުގެ ސަޕްލަޔަރުންނަށް ފޮނުވާ ޓީޓީތައް ލަސްވުމުގެ ސަބަބުން، މުދާ ލިބުން ލަސްވެ ވިޔަފާރިވެރިންނަށް ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހިއްޖެ. މި މައްސަލައިގެ ސަބަބުން ސަޕްލަޔަރުންނާ އޮންނަ އިތުބާރު ގެއްލި، ޑެމަރޭޖުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހޭކަމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުން.

ވަރުގަދަ ބްރޭންޑަކަށް އެމްއޭސީއެލުން ޖާގައެއް ނުދިން

ޒިޔާދު ވިދާޅުވީ ރެވެނިއު-ޝެއަރިންގް މޮޑެލްގެ ދަށުން މިފަދަ ވަރުގަދަ ބްރޭންޑެއް އެއާޕޯޓަށް ގެނައުމަކީ ރާއްޖޭގެ ތަސައްވުރު ބައިނަލްއަގުވާމީ ފެންވަރުގައި ރަނގަޅުވެގެންދާނެ ކަމެއް ކަމަށް.

ބީއެމްއެލް އިސްލާމިކް ބޭންކިންއަށް ބަދަލުވެއްޖެ

ބީއެމްއެލްގެ "އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީ" ގެ ދަށުން އެކައުންޓުތަކާއި ލޯނުތައް ވެސް އިސްލާމިކް ބޭންކިންއަށް ބަދަލުކުރުމުގެ ފުރުސަތު އޮތް ނަމަވެސް، ކަސްޓަމަރުން ބޭނުންވެއްޖެ ހާލަތެއްގައި އާންމު ބޭންކިންގެ ހިދުމަތް ވެސް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox