ހުލާސާކޮށް އިއްޔެ: މަސްވެރިންނަށް ވީ ވައުދުތައް ފުއްދަން ނަޝީދު ސަރުކާރަށް ގޮވާލުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (ކ) އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (ވ). ދެ ބޭފުޅުންގެ މެދުގައި ވެސް ހިޔާލު ތަފާތުވުންތައް ވަނީ ބޮޑުވެފައި --- ފޮޓޯ: އަހްމަދު ޝުރާއު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (ކ) އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (ވ). ދެ ބޭފުޅުންގެ މެދުގައި ވެސް ހިޔާލު ތަފާތުވުންތައް ވަނީ ބޮޑުވެފައި --- ފޮޓޯ: އަހްމަދު ޝުރާއު

ދެކުނުގެ މަސްވެރިކަން އިންތިހާއަށް ރަނގަޅުވެ, މަސް ގަންނަ މިންވަރު މިފްކޯއިން ލިމިޓުކުރުމާ ގުޅިގެން އެމްޑީޕީގެ މެނިފެސްޓޯއަށް ރުޖޫއަވެ މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައިފި އެވެ.

މިފްކޯގެ ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ބާނަމުންދާތީ ބުދަ ދުވަހުން ފެށިގެން އެ ކުންފުނިން ގަންނަމުން ދަނީ ދޯންޔަކުން ފަސް ޓަނުގެ މަހެވެ. އެކަމާ ގުޅިގެން މަސްވެރިންގެ ނުރުހުން މިފްކޯއަށާއި ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. މަސްކިރުން ދަތިވެ ލިމިޓު ކުރުމާ ގުޅިގެން ގިނަ އަދަދެއްގެ މަސްވެރިން ފޯނުން ގުޅައި ޝަކުވާ އުފުލި ކަމަށް ނަޝީދު އިއްޔެ ވިދާޅުވި އެވެ.

"ކެޔޮޅާ މިއީ އަހަރުމެން ބުނި ގޮތެއް ނޫން" ނަމުގައި ނަޝީދު އިއްޔެ ނެރުއްވި ބަޔާނެއްގައި ވަނީ ސަރުކާރުން މަސްވެރިކަމާ ގުޅޭ ގޮތުން ގެންގުޅޭ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން، ސަރުކާރުގެ ކުންފުނިތަކަށް މަސްވެރިކަމުގެ ސިނާއަތް ކުރިއަށް ގެންދެވެން ނެތްކަން ހާމަވަމުން ދާތާ އެތައް ދުވަހެއް ވެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަނެއްކާވެސް ސަރުކާރަށް ދަންނަވާން އޮތީ، އެމްޑީޕީގެ މެނިފެސްޓޯގެ މަގަށް ރުޖޫއަވުމަށެވެ. ވީ ވައުދު ފުއްދުމަށް މަސައްކަތް ކުރުމަށެވެ. ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި ބޮޑުކޮށް އެތަންތަނުގެ ފިނިގުދަން ޖާގައާއި ކާރުހާނާ ޖާގަ ބޮޑު ކުރުން ހުއްޓާލުމަށެވެ،" ނަޝީދުގެ އިއްޔެ ނެރުއްވި ބަޔާނުގައި ލިޔުއްވާފައިވެ އެވެ.

އޭގެ ބަދަލުގައި ރަށު ކައުންސިލްތަކާއި، މަސްވެރިންނާއި ވިޔަފާރިވެރިންނަށް ހިއްސާވެވޭނެ ނިޒާމަކުން ހިންގާ ކުދި މަސް ފެކްޓްރީތައް ހެދުން އަވަސް ކުރުމަށް ނަޝީދު އިއްޔެ ގޮވާލެއްވި އެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އަބަދުވެސް އޮންނަނީ ދައުލަތުގެ "ކޮންޓްރޯލް" ގެ ދަށުގައި ކަމަށާއި 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ބަދަލުކުރުމަށް ފަހު މަސް ގަތުމުގެ ސިޔާސަތަށް އޭރުގެ ސަރުކާރުން ގެނައި ބަދަލާއެކު މަހުގެ އަގު ދަށްވެގެން ދިޔަ ކަމަށް ނަޝީދު އިއްޔެ ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ ދެވަނަ ވެރިކަމެއް ގާއިމުކުރުމަށް 2018 ވަނަ އަހަރު އެކުލަވާލި މެނިފެސްޓޯގައި ބަޔާންކޮށްފައިވާ "ނޫ އިގްތިސާދު" ގެ ނާރެހަކީ މަސްވެރިކަމުގެ ނަފާ ފުރިހަމައަށް ހޯދުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން، "ގޭދޮށު މަސް ޕްލާންޓު" ސިޔާސަތުގެ ދަށުން މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ. އެގޮތުން، ދުނިޔޭގެ ގައުމުތަކުގައި މި ސިޔާސަތު ކާމިޔާބުކަމާއެކު ހިނގަމުންދާ ކަމަށް ނަޝީދު އިއްޔެ ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ބިލުގައި ބޭންކިން މުއާމަލާތްތައް އިސްތިސްނާ ކޮށްފައި އޮންނަ މާއްދާ އުނިކޮށް އެ މުއާމަލާތްތަކަށް ވެސް ގާނޫނު ހިނގަން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ފާސްކުރީ އިއްޔެ އެވެ.
  • މި ހިނގާ އޭޕްރީލް މަހަކީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެންމެ ހޫނުގަދަ މަސްކަމަށްވާތީ، މި މަހުގެ ކޮންމެ ދުވަހަކު ވެސް ވަކި ވަގުތުތަކެއްގައި ފިނިހޫނުމިނާ ގުޅޭ މައުލޫމާތު އާންމުކުރަން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް (މެޓް އޮފީސް) އިން ނިންމީ އިއްޔެ އެވެ.
  • ބްލޮގަރު ޔާމީން ރަޝީދު މަރާލި ކަމުގެ ކުށުގެ ދައުވާއިން ސާލަމަތްވި ހަތަރު މީހުންގެ މައްސަލަ ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ހައި ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ:

"އަނެއްކާވެސް ސަރުކާރަށް ދަންނަވާން އޮތީ، އެމްޑީޕީގެ މެނިފެސްޓޯގެ މަގަށް ރުޖޫއަވުމަށެވެ. ވީ ވައުދު ފުއްދުމަށް މަސައްކަތް ކުރުމަށެވެ. ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި ބޮޑުކޮށް އެތަންތަނުގެ ފިނިގުދަން ޖާގައާއި ކާރުހާނާ ޖާގަ ބޮޑު ކުރުން ހުއްޓާލުމަށް،"

ދުވަހުގެ ފޮޓޯ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި މާޒިޔާ އަދި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން އީގަލްސްގެ ރާއިފް ހަމަލާއެއް ފޮނުވާލަނީ. މި މެޗު 1-0 އީގަލްސް އިން ކާމިޔާބުކުރިއިރު ލަނޑު ޖެހީ ރާއިފް. މިއީ ލީގުގައި މާޒިޔާ ބަލިވި ފުރަތަމަ މެޗު --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި މާޒިޔާ އަދި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން އީގަލްސްގެ ރާއިފް ހަމަލާއެއް ފޮނުވާލަނީ. މި މެޗު 1-0 އީގަލްސް އިން ކާމިޔާބުކުރިއިރު ލަނޑު ޖެހީ ރާއިފް. މިއީ ލީގުގައި މާޒިޔާ ބަލިވި ފުރަތަމަ މެޗު --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި މާޒިޔާ އަދި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން އީގަލްސްގެ ރާއިފް ހަމަލާއެއް ފޮނުވާލަނީ. މި މެޗު 1-0 އީގަލްސް އިން ކާމިޔާބުކުރިއިރު ލަނޑު ޖެހީ ރާއިފް. މިއީ ލީގުގައި މާޒިޔާ ބަލިވި ފުރަތަމަ މެޗު --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަންސް 2014-2054"

މިއީ ދިވެހިރާއްޖޭގެ އާބާދީއަށް 2014 އިން ފެށިގެން ކުރިއަށް އޮތް 40 އަހަރުގެ ތެރޭގައި އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލުތަކާ ގުޅޭގޮތުން ޔޫއެންއެފްޕީއޭ އަދި މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯ ގުޅިގެން ތައްޔާރުކޮށްފައިވާ ދިރާސާއެކެވެ. މިއީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ތަރައްގީގެ މަގުޗާޓު ކުރެހުމުގައި މުހިންމު މައުލޫމާތުތަކެއް ހުރި ދިރާސާއެެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox