އެފްއޭއެމް ވެޓެރަންސް ލީގު: އީގަލްސް އަތުން ހުޅުމާލޭ ވެޓެރަންސް އަށް ބޮޑު މޮޅެއް

Apr 7, 2022, 2:37 PM
ުހުޅުމާލެ ވެެޓެރަންސް ޓީމުގެ ކެޕްޓަން އިއްސޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ުހުޅުމާލެ ވެެޓެރަންސް ޓީމުގެ ކެޕްޓަން އިއްސޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި ހުޅުމާލެ ވެޓެރަންސް އިން 5-0 ގެ ބޮޑު ތަފާތަކުން އީގަލްސް ބަލިކޮށްފި އެވެ.

މުބާރާތުގައި ހުޅުމާލެ ވެޓެރަންސް ކުޅުނު ފުރަތަމަ މެޗުން އެ ޓީމުން ވަނީ ކުލަބު ގްރީން ސްޓްރީޓްސް އަތުން 2-0 އިން މޮޅުވެފަ އެވެ. މިހާތަނަށް ލީގު ބުރުގައި ދެ މެޗު ކުޅެފައިވާ ހަމައެކަނި ޓީމަކީ ވެސް ހުޅުމާލެ ވެޓްރަންސް އެވެ. ދެ މެޗުން ވެސް މޮޅުވެ، ހުޅުމާލެ ވެޓެރަންސް ލީގުގެ ކުރީގައި އޮތީ ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މޯލްޑިވްސް ސޮކަ މޭޓްސް އާއި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.

ގްރީން ސްޓްރީޓްސް އާއި އީގަލްސް އަދި ޕޮލިހަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މިއަދުގެ މެޗުގެ ތެރެއިން ހުޅުމާލެ ވެޓެރަންސް ޓީމުގެ ކުޑައްޓޭ ބޯޅަ ހިފައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިއަދު ހަވީރު ޓާފް އެއް ނަމްބަރު ދަނޑުގައި ކުޅުނު މެޗު ފަށައިގެން ހުޅުމާލެ ވެޓެރަންސް ފެނުނީ ނުރައްކާކޮށެވެ. މެޗުގެ 10 ވަނަ މިނެޓުގައި ހުޅުމާލެ ވެޓެރަންސްގެ މުހައްމަދު ޒިޔާދަށް ގޯލެއް ޖަހަން ހުސް ފުރުސަތެއް ލިބުނެވެ. އީގަލްސްގެ މިޑްފިލްޑަރު ހަސަން ނިޔާޒް ބޮލުން ފަހަތަށް ދިން ބޯޅަ ޑިފެންޑަރުންގެ ފަހަތުން ގޮސް ހޯދައި އޭރިއާ ތެރެއަށް އެކަނިމާއެކަނި ވަދެ ގޯލަށް ފޮނުވާލެވޭ ވަރެއް ނުވި އެވެ. އީގަލްސްގެ ކީޕަރު ހުސައިން ނާސިހު ވަނީ ކުރިއަށް ނުކުމެ އެ ބޯޅަ ދިފާއުކުރަން ރަނގަޅަށް މަސައްކަތްކޮށްފަ އެވެ. އޭގެ މިނެޓެއް ފަހުން ހުޅުމާލޭގެ އަބްދުﷲ ސުޖާއު (ސުޖާ) ނަގަދިން ހުރަހުން ގޯލު އޭރިއާ ތެރޭގައި ހުރެ ޒިޔާދު އޯވަހެޑް ކިކަކުން ފޮނުވާލި ބޯޅަ ގޯލާއި އަމާޒެއް ނުވި އެވެ.

ހުޅުމާލެ ޓީމުން އެ ޓީމުގެ ފުރަތަމަ ގޯލް ޖެހީ މެޗުގެ 13 ވަނަ މިނެޓުގަ އެވެ. ހުޅުމާލެ ވެޓެރަންސްގެ އަހުމަދު ނާޒު (އާކޭ) ތިރިތިން ދިން ބޯޅަ ހޯދައި އޭރިއާ ތެރެގައި ހުރެ ސުޖާ ބޯޅަ ދިނީ ހުސްކޮށް ހުރި އިސްމާއިލް މުހައްމަދު (އިއްސޭ) އަށެވެ. އިއްސޭ ވަނީ ހުސްކޮށް އޮތް ގޯލަށް ބޯޅަ ވައްދާލައި މެޗުގެ ފުރަތަމަ ގޯލު ޖަހައިފަ އެވެ.

އިއްސޭ ވަނީ އޭގެ މިނެެޓެއް ފަހުން ހުޅުމާލެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ. އޭނާ، މި ގޯލު ޖެހީ ޒިޔާދު ދިން ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެންނެވެ. ކީޕަރު ނާސިހު ބޯޅަ ދިފާއު ކުރަން ކުރިއަށް ނުކުތް ނަމަވެސް އިއްސޭ އެ ބޯޅަ ގޯލަށް ވައްދާލީ ހަމަޖެހިލާފަ އެވެ.

އީގަލްސް އިން ފުރަތަމަ ހާފު ނިންމާލަން ޖެހުނީ ގޯލާ އަމާޒުކޮށް ބޯޅައެއް ފޮނުވާނުލެވި އެވެ. މުޅި މެޗު އެއްކޮށް ކޮންޓްރޯލް ކޮށްގެން ކުޅުނު ހުޅުމާލެ ވެޓެރަންސް އިން ތިން ވަނަ ގޯލް ޖެހީ މެޗުގެ 39 ވަނަ މިނެޓުގަ އެވެ. މިއީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަހުމަދު ޝާހިދު އޭރިއާ ބޭރުގައި ހުރެފައި ކީޕަރު ނާސިހު ކުރިއަށް ނުކުމެ ހުރި ވަގުތު އޭނާގެ ބޯ މަތިން ގޯލުގެ ކަނަށް ބޯޅަ ވައްދާލައިން ޖެހި ގޯލެކެވެ.

އީގަލްސްގެ ކުޅުންތެރިއަކު ކައިރިން ހުޅުމާލެ ވެޓެރަންސް ޓީމުގެ ޝާހިދު ބޯޅަ ހިފައިގެން ދެވޭތޯ މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ތިން ވަނަ ގޯލް ޖެހިތާ މިނެޓެއް ނުވަނީސް ޝާހިދު އިތުރު ގޯލެއް ހުޅުމާލެ ޓީމަށް ޖަހައިދިނެވެ. މި ފަހަރު މެދުތެރެއިން ނާފިއު މުހައްމަދު ހާމިދު ދިން ޕާހަކުން ޝާހިދު ފޮނުވާލި ބާރު ހަމަލާވަނީ ގޯލްގެ އަރިމަތީ ކަނަށެވެ.

މި ގޯލަށް ފަހު އީގަލްސް އިން ކުރިއަށް ޖެހިލައިގެން ކުޅެ ހަމަލާ އެއް އުފެއްދޭތޯ މަސައްކަތްކުރި އެވެ. މިގޮތުން އަރިމަތިން ކުޅުނު އިބްރާހިމް އާރިފް ގޯލާ އަމާޒުކޮށް ބޯޅަ އެއް ފޮނުވާލިއިރު، އޭރިއާ ބޭރުން މުހައްމަދު އަޝްރަފް ވެސް ބޯޅަ އެއް ފޮނުވާލި އެވެ. ނަމަވެސް މި ދެ ބޯޅަ ވެސް ދިފާއުކުރަން ހުޅުމާލެ ގޯލުގައި ހުރި މުހައްމަދު ސިނާން (ނާނި) އަށް މާ ބޮޑު އުދަނގުލެއް ނުވި އެވެ.

ހުޅުމާލެ އިން އެ ޓީމުގެ ފަސް ވަނަ ގޯލް ޖެހީ 54 ވަނަ މިނެޓުގަ އެވެ. ހުޅުމާލޭ ވެޓެރަންސްގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި އާކޭ ދިން ޕާހަކުން މި ލަނޑު ޖަހައިދިނީ ޒިޔާދު އެވެ. ބޯޅަ ހިފައިން އޭރިއާ ތެރެއަށް ވަދެ ގޯލްގެ ކަނަށް ޒިޔާދު ބޯޅަ ވައްދާލީ ކީޕަރު ނާސިހު އަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.

އެފްއޭއެމް ވެޓެރަންސް ލީގުގައި ދެން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރެވެ. މި މެޗުގައި ވާދަކުރާނީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި ޕޮލިސް ކުލަބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox