ޕޮލިސް ބަލިކޮށް ސޮކަ މޭޓްސް ފެށީ މޮޅަކުން

Apr 6, 2022, 2:14 PM
ސޮކަ މޭޓްސްގެ މުހުތާރު ނަސީރު (ޓޫކިލޯ) މިއަދުގެ މެޗުގެ ތެރެއިން ބޯޅަ ހިފައިގެން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސޮކަ މޭޓްސްގެ މުހުތާރު ނަސީރު (ޓޫކިލޯ) މިއަދުގެ މެޗުގެ ތެރެއިން ބޯޅަ ހިފައިގެން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި މުބާރާތަށް ވަރުގަދަ ސްކޮޑަކާ އެކު ނުކުތް މޯލްޑިވްސް ސޮކަ މޭޓްސް އިން 3-1 އިން ޕޮލިސް ކްލަބް ބަލިކޮށްފި އެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސޮކަ މޭޓްސް އިން މެޗު ފަށައިގެން ދިޔައީ އެޓޭކް ކުރަމުންނެވެ. ސޮކަ މޭޓްސް އިން ލީޑުނެގީ 20 ވަނަ މިނިޓްގައި މުހުތާރް ނަސީރު (ޓޫކިލޯ) ޖެހި ގޯލުންނެވެ. ޓޫކިލޯ އަށް ހުސްކޮށް ލިބުނު ބޯޅަ ހިފައިގެން ގޮސް އޭނާ ވަނީ ޕޮލިހުގެ ކީޕަރު ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އޭގެ ފަސް މިނިޓް ފަހުން ސޮކަ މޭޓްސް އިން ލީޑުފުޅާކުރީ އަހުމަދު ނަސީމް (އައްމަޑޭ) ޖެހި ގޯލުންނެވެ. މިއީ ސޮކަ މޭޓްސްގެ އަހުމަދު ސައީދު (އައްމަޓީ) ނެގި ހިލޭ ޖެހުމަކުން އެ ޓީމުގެ މުހައްމަދު ފައިސަލް (ކަޓޭ) ބޮލުން ޖެހި ބޯޅަ ދަނޑީގައި ޖެހިފައި އައި ވަގުތު އައްމަޑޭ ބޮލުން ވައްދާލި ގޯލެކެވެ،

ސޮކަ މޭޓްސް ޓީމުގައި މަޝްހޫރު ގިނަ ކުޅުންތެރިން ހިމެނޭއިރު، އެ ޓީމުގެ ކެޕްޓަނަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އެވެ. އައްސަދަކީ ވެޓެރަންސް މުބާރާތުގައި ވެސް ކާމިޔާބު ކުޅުންތެރިއެކެވެ. ފުރަތަމަ ހާފުގައި ޕޮލިހުން ފޮނުވާލި އެންމެ ރަނގަޅު ހަމަލާ އަކީ ހިލޭ ޖެހުމަކުން ނިޝާދު އަލީ ޖެހި ބޯޅަ އެވެ. ނިޝާދު، ފޮނުވާލި ހިލޭ ޖެހުން ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ޕޮލިހުގެ ނިޝާދު (ކ) ކައިރިން ސޮކަ މޭޓްސްގެ މުހައްމަދު އިބްރާހިމް ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދެ ވަނަ ހާފް ފަށައިގެން ސޮކަ މޭޓްސް އަށް ތިން ވަނަ ގޯލެއް ޖަހައިދޭން އާދަމް ފަޒީހް (ފަޒިއްކޮ) އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

މެޗުގެ 40 ވަނަ މިނިޓްގައި ޕޮލިހުގެ ގޯލު ޖެހީ ނަސްރުﷲ އެވެ. ސޮކަ މޭޓްސްގެ ކީޕަރު ހުސެއިން ހަބީބް ކައިރިން ނައްޓާފައި ނަސްރުﷲ ޖެހި ބޯޅަ ގޯލުގެ ރޮނގު ހުރަސް ކުރި ފަހުން ސޮކަ މޭޓްސްގެ އަޝްރަފު ލުތުފީ (ސަމްޕަތު) ބޭރުކޮށްލި އެވެ. ބޯޅަ ގޯލުގެ ރޮނގު ހުރަސްކުރިކަން ކަަށަވަރުވުމުން ރެފްރީ ނިންމީ ގޯލެއް ކަމަށެވެ.

ޕޮލިހުން ގޯލެއް ޖެހިތާ ފަސް މިނިޓް ފަހުން އޭރިއާތެރެއަށް ހިލޭ ޖެހުމަކުން ހުރަސްވި ބޯޅައެއް އިސްމާއިލް އަނިލް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައި، އަލުން ސޮކަ މޭޓްސް އަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ.

ޕޮލިހަށް ދެ ވަނަ ގޯލެއް ޖަހައިދޭން ނަސްރުﷲ އަށް ކުޑަ އޭރިއާ ކައިރިން ލިބުނު ބޯޅަ ރަނގަޅަށް ފޮނުވާނުލެވުނުއިރު، ކީޕަރު ހަބީބް ވަނީ އެ ބޯޅަ އަތަށް ނަގައިފަ އެވެ. ޕޮލިހުގެ އަހުމަދު އަބްދުﷲ ހާފުގެ މެދެއްހާ ހިސާބުން ޖެހި ބޯޅައެއް ގޯލަށް ވަނުމުގެ ކުރިން ކީޕަރު ހަބީބް ވަނީ ސަލާމަތްކޮށްފަ އެވެ. ބޯޅަ ގޯލަށް ޖެހީ ހަބީބް ކުރިއަށް އަރައި ހުރި ވަގުތު ބަލައިފަ އެވެ.

ޕޮލިހުގެ އަހުމަދު އަބްދުﷲ (ވ) ކައިރިން ސޮކަ މޭޓްސްގެ އަހުމަދު ސައީދު (އައްމަޓީ) ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އަބްދިﷲ އިޔާން/ އަދަދު

ރަމަޟާން މަހު ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ވެޓެރަންސް ކަޕް މި ފަހަރު މި ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ޖުމްލަ ހަތް ޓީމު މި ފަަހަރުގެ މުބާރާތުގައި ބައިވެރިވެ އެވެ.

އެފްއޭއެމާ ގުޅިގެން މި ފަހަރުގެ މުބާރާތް އިންތިޒާމް ކުރަނީ ކްލަބް އިވެންޓްސް އިންނެވެ. ހަތް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެކެވެ.

މުބާރާތުގައި މާދަމާ ހަވީރު އޮންނާނީ ހުޅުމާލެ ވެޓެރަންސް އާއި ކްލަބް އީގަލްސް ކުޅޭ މެޗެވެ. މެޗު ފަށާނީ 16:30 ގަ އެވެ. ހުޅުމާލެ ވެޓެރަންސް ވަނީ ކުޅުނު ފުރަތަމަ މެޗުން ކްލަބް ގްރީން ސްޓްރީޓްސް އަތުން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox