މަޝްރޫއުތައް ލަސްކުރާ ކުންފުނިތައް ސަރުކާރުން ބްލެކްލިސްޓު ކުރަނީ

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. އޭނާ މިއަދު ވިދާޅުވީ ރަނގަޅަށް މަސައްކަތް ނުކުރާ ކުންފުނިތައް ބްލެކްލިސްޓު ކުރާނެ ނިޒާމެއް ފިނޭންސުން ހަދާފައިވާ ކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. އޭނާ މިއަދު ވިދާޅުވީ ރަނގަޅަށް މަސައްކަތް ނުކުރާ ކުންފުނިތައް ބްލެކްލިސްޓު ކުރާނެ ނިޒާމެއް ފިނޭންސުން ހަދާފައިވާ ކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ތަރައްގީގެ މަޝްރޫއުތައް ސަރުކާރުން ހަވާލުކުރާ ކުންފުނިތަކުގެ ތެރެއިން އެއްބަސްވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނުނިންމާ ކުންފުނިތައް ޓެންޑާ މަރުހަލާގައި ބްލެކްލިސްޓު ކުރަން ސަރުކާރުން ނިންމައިފި އެވެ.

ޕާފޯމެންސް ދަށް ކުންފުނިތައް ބްލެކްލިސްޓު ކުރާނެ އުސޫލެއް ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަައި ވިދާޅުވީ މެމްބަރަކު އެކަމާ ސުވާލު ކުރެއްވުމުންނެވެ.

މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ކުރެއްވި ސުވާލުގައި އެއްސެވީ މަޝްރޫއުތައް ލަސްކުރާ ކުންފުނިތައް ބްލެކްލިސްޓު ކުރަން ސަރުކާރުން ނުވިސްނާތޯ އެވެ.

"އިންނަމާދޫ ނަރުދަމާ އަޅާތާ ހަތަރު އަހަރު އެސްޖޭ ކޮންސްޓްރަކްޝަނުން. މިއަދު އެތަނުގައި [މަސައްކަތް ކުރާ ތަނުގައި] ތިބީ ދެމީހުން ކަންނޭނގެ ތިން މީހުން ކަންނޭނގެ" މަސައްކަތް ލަސްވާ މައްސަލައިގައި މިނިސްޓަަރާ ސުވާލު ކުރައްވަމުން ހަސަން އަހުމަދު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އިނގުރައިދޫގެ ނަރުދަމާގެ މަޝްރޫއު ލަސްވާ މައްސަލަައިގައި އެތައް ފަަހަރަކު ވާހަކަ ދައްކައިގެން ވެސް އެކަން ހައްލުވެފައި ނުވާ ކަމަށާއި އެކަހަލަ ކުންފުނިތައް ބްލެކްލިސްޓު ކުރެވޭނީ ޓެންޑާ މަރުހަލާގައި ކަމަށެވެ.

"[ރަނގަޅަށް] ޕާފޯމް ނުކޮށް އޮތް ބަޔަކަށް މަސައްކަތް ހަވާލުކުރުމާއި ނުކުރުމުގެ އިހުތިޔާރު އޮންނަނީ ޓެންޑާގައި. އެހެންވީމާ މިނިސްޓްރީ އޮފް ފައިނޭންސުން އެކަން ކުރައްވާފައި [ބްލެކްލިސްޓް ކުރާނެ ނިޒާމެއް ގާއިމްކޮށްފައި] ވާ ކަމަށް ޝިފާޒް އެބަ ވިދާޅުވޭ އަޅުގަނޑު ގާތު،" އަސްލަމް ވިދާޅުވި އެވެ.

ސަރުކާރުން ބައެއް މަސައްކަތްތައް ހަވާލުކުރާ ކުންފުނިތަކުން އެ މަސައްކަތް ނިންމަން ޖެހޭ މުއްދަތަށް ވުރެ އެތައް އަހަރެއް ލަހުން މަސައްކަތް ނިންމާ އިރު، އެފަދަ ކުންފުނިތަކަށް ސަރުކާރުން ދެވަނަ ފަހަރަށް ވެސް މަސައްކަތް ހަވާލުކުރާތީ އާއްމުންނާއި މެމްބަރުން ވެސް ޝަކުވާ ކުރެ އެވެ. އެފަދަ ކުންފުނިތައް އެއީ "ދައުލަތަށް ބަލަދު އަރާ ކުންފުނިތައް ތޯ" މީގެ ކުރިން މަޖިލީހުގައި ބައެއް މެމްބަރުން މިނިސްޓަރާ ސުވާލުކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox