ކަންބޮޑުވާންޖެހޭ މިންވަރަކަށް ތެލުގެ ދަތިކަމެއް ނެތް: އަމްރު

Apr 6, 2022, 1:09 AM
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަމްރު: ތެލުގެ ސްޓޮކްގެ ދާށިކަން އަންނަ ހަފުތާގައި ރަނގަޅު ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި. -- ފޮޓޯ: މުހައްމަދު ޝާބިން

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަމްރު: ތެލުގެ ސްޓޮކްގެ ދާށިކަން އަންނަ ހަފުތާގައި ރަނގަޅު ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި. -- ފޮޓޯ: މުހައްމަދު ޝާބިން

ކަންބޮޑުވާންޖެހޭ މިންވަރަކަށް ތެލުގެ ދަތިކަމެއް ނެތް ކަމަށާއި، ތެލުގެ ޑިމާންޑް ކުއްލިއަކަށް މައްޗަށް ދިއުމުން ކުރިމަތިވެފައިވާ ދަތިކަން ހޮނިހިރު ދުވަހުން ފެށިގެން ހައްލު ވާނެ ކަމަށް، ރާއްޖެ އަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

އަމްރު މިއަދު "އަދަދަ"ށް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެގެން ދިޔަ ނިސްބަތުން އެސްޓީއޯއިން އަގު ބޮޑު ނުކުރުމަށާއި އެހެންވެ، ކުއްލިއަކަށް ޑިމާންޑް އިތުރުވެގެން ދިޔަ ކަމަށެވެ.

އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސްއިން ދުވާލު ވިއްކަން ކުރިން ކަނޑައަޅާފައިވާ މިންވަރަށް ވުރެ 30 ޕަސެންޓް އިތުރަށް މިހާރު ވިއްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ވެސް އަސްލު ދައްޗެއް ނެތި އެބަ [ތެޔޮ] ދޫކުރަން. ކޮންޓްރޯލެއް ގެންނަން ޖެހުނީ އާދަޔާ ހިލާފު ޑިމާންޑެއް އުފެދުމުން. އެހެންވީމާ އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ބަލާލައިގެން ދޯ [ތެޔޮ] ވިއްކޭނީ،" އަމްރު ވިދާޅުވި އެވެ.

"ފޯކާސްޓް ހަދާފަ ހުންނާނީ ފެނަކައަށް ތެޔޮ އަޅައިދޭންޖެހޭ ރަށްތަކަށް ބޭނުންވާނެ މިންވަރަށާއި ބައެއް ރިސޯޓްތަކަށާއި އާންމު މީހުންނަށް ބޭނުންވާ ވަރަށް."

އަމްރު ވިދާޅުވި ގޮތުގައި ފިއުލް ސަޕްލައި އިން ދުވާލަކަށް ތެޔޮ ވިއްކާ މިންވަރު އިތުރުކޮށްފައި ހުއްޓައި، ދުބާއީ ބަނދަރުން އެސްޓީއޯގެ ބޯޓަށް ތެޔޮ ބަރުކުރަން ލަސްވެގެން ދިއުމަކީ ދަތިކަން ކުރިމަތިވާންޖެހުނު ސަބަބެއް ކަމަށެވެ. ނަމަވެސް އެ ބޯޓަށް ތެޔޮ ބަރުކޮށްގެން މި މަހުގެ 9 ގައި މާލޭގައި ބަނދަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ކުރިމަތިވެފައި އޮތް ދަތިކަން މި މަހުގެ 9 ގައި ހައްލުވާނެ. އެ ދުވަހު އެސްޓީއޯގެ ތެޔޮ ބޯޓު ބަނދަރު ކުރާނެ. އިތުރު ދެ ބޯޓެއް އޭޕްރީލް 11 ގައި އަންނާނެ،" އަމްރު ވިދާޅުވި އެވެ.

"އެއަށް ފަހު ދެން ނުޖެހޭނެ އެއްވެސް މައްސަލައެއް. މުޅި ރާއްޖެ ކަވަރު ކުރެވޭ ވަރަށް ތެޔޮ ގެނެވޭނެ."

ކަސްޓަމްސްގެ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އަށް 722 މެޓްރިކް ޓަނުގެ ތެލުގެ ބާވަތްތައް (ޑީސަލް، ޕެޓްރޯލް، މަތިންދާ ބޯޓަށް އަޅާ ތެޔޮ) އެތެރެކޮށްފައި ވާއިރު، ފެބްރުއަރީ މަހު 863 މެޓްރިކް ޓަނުގެ ތެޔޮ އެތެރެކޮށްފައިވެ އެވެ.

އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހު އެތެރެކުރީ 47.64 މިލިއަން ޑޮލަރުގެ ތެލެވެ. ފެބްރުއަރީ މަހު އެތެރެކުރީ 59.31 މިލިއަން ޑޮލަރުގެ ތެލެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއެކު އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގު ބޮޑުކޮށްފައި ވަނީ މިދިޔަ މަހު 5 ގަ އެވެ. އެ ފަހަރު ތެލުގެ އަގަށް ގެނައި ބަދަލާއެކު މިހާރު ވެސް ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 14.60ރ. އަށް ކަމަށެވެ. ޑީސަލް ލީޓަރެއް 14.80ރ. އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox