ސިފައިން ބަލިކޮށް ދަ ގްރާންޑޭ އަށް ފުރަތަމަ މޮޅު

Apr 5, 2022, 2:13 PM
މިއަދުގެ މެޗުގެ ތެރެއިން ދަ ގްރާންޑޭ ޓީމުގެ ނާދު ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިއަދުގެ މެޗުގެ ތެރެއިން ދަ ގްރާންޑޭ ޓީމުގެ ނާދު ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި މިއަދު ހަވީރު ކުޅުނު މެޗުން ދިވެހި ސިފައިންގެ ކްލަބް 1-0 އިން ބަލިކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

މިއީ ދަ ގްރާންޑޭ އިން ވެޓެރަންސް މުބާރާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. މި ފަހަރުގެ ސީޒަނަށް ދަ ގްރާންޑޭގެ މެނޭޖްމަންޓްގެ ކަންކަން ބަދަލުވީ ކ. މާފުށްޓާ ގުޅިގެން ގިނަ ކަންކަން ކުރިއަށްގެންދެވޭތޯ އެވެ. އެ ގޮތުން ވެޓެރަންސް މުބާރާތުގައި ބައިވެރިވިއިރު، ދާދި ފަހުން ނިމުނު 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ވެސް ވަނީ ކުޅެފަ އެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ކުޅުނު މެޗުގައި ދަ ގްރާންޑޭ އަށް ލީޑުނަގައިދޭން އެ ޓީމުގެ ފަހަތަށް ކުޅޭ އިބްރާހިމް ސާމިރު ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ކުރިން އެ ޓީމުގެ ޝުއައިބު ޒާހިރަށް ލިބުނު ފުރުސަތުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ފުރަތަމަ ހާފުގައި ސިފައިންގެ ޓީމުގެ މުހައްމަދު ރަމީޒް ޖެހި ބޯޅައެއް ދަ ގްރާންޑޭގެ ކީޕަރު ލުއައްޔު އާދަމް ވަނީ މަތަކުރި އެވެ.

ދެ ވަނަ ހާފް ފަށައިގެން ދަ ގްރާންޑޭގެ އިބްރާހިމް ޝަރީފް ޖެހި ބޯޅަ ސިފައިންގެ ޓީމު ކީޕަރު އިބްރާހިމް ރަޝީދު ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ދަ ގްރާންޑޭގެ ހަސަން ޝަރީފް ޖެހި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.

ދަ ގްރާންޑޭ އާއި ދިވެހި ސިފައިންގެ ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މެޗުން ދަ ގްރާންޑޭ މޮޅުވި ގޯލު ޖެހީ ދެ ވަނަ ހާފްގެ ފަހު ކޮޅުގައި ޕެނަލްޓީ އަކުން ހަަސަން އެވެ. މިއީ މެޗުގެ 56 ވަނަ މިނިޓްގައި ހަސަން ޖެހި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ދިވެހި ސިފައިންގެ ކްލަބްގެ ކުޅުންތެރިއަކު އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ނިންމީ ޕެނަލްޓީ ދޭށެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހަަސަން ޖެހި ޕެނަލްޓީ ގޯލަށް ވަނީ ސިފައިންގެ ޓީމު ކީޕަރު އިބްރާހިމް އަތުގައި ޖެހިފަ އެވެ.

އިތުރު ގޯލެއް ޖަހަން ވެސް ދަ ގްރާންޑޭ އަށް ފުރުސަތު ލިބުނެވެ. ހަސަން ދިން ބޯޅައަކުން އޭރިއާތެެރެއިން ދަ ގްރާންޑޭގެ އިލްޔާސް އިބްރާހިމް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ރަމަޟާން މަހު ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ވެޓެރަންސް ކަޕް މި ފަހަރު މި ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެފްއޭއެމާ ގުޅިގެން މި ފަހަރުގެ މުބާރާތް .އިންތިޒާމް ކުރަނީ ކްލަބް އިވެންޓްސް އިންނެވެ. މި ފަހަރުގެ މުބާރާތުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ ޓީމު ލިސްޓެއްގައި ވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިއަކު ހިމެނޭނެ އެވެ. އަދި ބާކީ ކުޅުންތެރިން ވާން ޖެހޭނީ 40 އަހަރުން މަތީގެ ކުޅުންތެރިންނަށެވެ. މީގެ އިތުރުން 2019 ވަނަ އަހަރުން ފެށިގެން ނިމިދިޔަ މުއްދަތުގައި އެފްއޭއެމުން ބޭއްވި ރަސްމީ އެއްވެސް މުބާރާތެއްގައި ބައިވެރިވި ކުޅުންތެރިއަކަށް ވެޓްރަންސް މުބާރާތުގައި ނުކުޅެވޭނެ އެވެ.

މުބާރާތް ރޭވިފައިވަނީ ހަތް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ހޮވޭ ގޮތަށެވެ. ހުކުރު ދުވަސްތަކުގައި މެޗު ނުކުޅޭ ގޮތަށް ތާވަލުކޮށްފައިވާ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހު 30 ގަ އެެވެ. މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ޕޮލިސް ކްލަބް ނުކުންނާނީ މޯލްޑިވްސް ސޮކަ މޭޓްސްއާ ދެކޮޅަށެވެ. މެޗު ފަށާނީ 16:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox