މަޖިލިސް ކޮމިޓީތަކުގެ ޕާފޮމަންސް އޮޑިޓެއް ހަދަން އިދިކޮޅުން އެދިއްޖެ

މަޖިލިސް ކޮމިޓީތަކުގެ ޕާފޮމަންސް އޮޑިޓެއް ހަދަން އިދިކޮޅުން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ޕާފޮމަންސް އޮޑިޓެއް ތައްޔާރު ކޮށްދޭން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ފޮނުއްވި ސިޓީއެއްގައި ވަނީ ފަހަކަށް އައިސް ވެރިކަން ކުރާ އެމްޑީޕީގެ މެންބަރުންގެ ފަރާތުން މަޖިލީހުގައި އިވެމުން ދަނީ ކަންބޮޑުވުން ހުރި ކަންކަމުގެ އަޑު ކަމަށެވެ.

މި ގޮތުން، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ގިނަވެ ނަހަމަ ގޮތުގައި މީހުންނަށް ވަޒީފާ ދެމުން ދިއުމާއި، އިންތިޚާބުތައް ކާމިޔާބު ކުރުމަށް ޓަކައި ދައުލަތުގެ މުދަލާއި ފައިސާ ބޭނުން ކުރަމުންދާ ކަމަށް އަޑު އިވެމުންދާ ކަން ފޮނުވި ސިޓީގައި ފާހަގަ ކުރެއްވި އެވެ.

Advertisement

މި ކަންކަމުގެ ހަގީގަތް ދެނެގަތުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގައި އެކުލަވާފައި އޮންނަ ކޮމިޓީތަކުން މަސައްކަތް ކުރަމުން ދާން ޖެހޭނެ ކަމަށް އާދަމް ޝަރީފް ގަބޫލު ކުރައްވަ އެވެ. އެހެންވެ ކޮމިޓީތަކުގެ ޕާފޮމަންސް އޮޑިޓެއް ހަދަން ފޮނުވި ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގައި ބަޔާން ކުރާ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ޒިންމާ އަދާ ކުރެއްވުމަށް ޓަކައި އިސްވެ ދެންނެވި ކަންކަމަށް ރިއާޔަތްކޮށް، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ހިނގަމުންދާ ގޮތުގެ ޕާފޮމަންސް ރިޕޯޓެއް ހަދަން ފެންނަ ވާހަކަ ދަންނަވަމެވެ." ސިޓީގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ފަހުން ފަހުން އެންމެ ބޮޑަށް ބަހުސް ކުރެވެމުން ދަނީ އެމްޑީޕީގައި އޮތް ދެ ފެކްޝަންގެ މެންބަރުންގެ ބަހުސެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަނާއި ނަޝީދުގެ ފެކްޝަންގެ ބަހުސްތައް އިތުރުވެގެން މި އުޅެނީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބާއި ދިމާކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox