ބިލްތަކުގެ މަސައްކަތް އަވަސްކުރަން ނަޝީދު އެދިވަޑައިގެންފި

Apr 5, 2022, 7:35 AM
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ. މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކުގެ މަސަައްކަތް އަވަަސްކުރަން އެމަނިކުފާނު މިއަދު އެދިވަޑައިގެންފި. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ. މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކުގެ މަސަައްކަތް އަވަަސްކުރަން އެމަނިކުފާނު މިއަދު އެދިވަޑައިގެންފި. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ހުރި ބިލުތަކުގެ މަސައްކަތް އަވަސްކުރަން މަސައްކަތް ކުރައްވަން އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނަސޭހަތް ދެއްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި، ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ ބިލުތަކަށް ހޭދަކުރާ ވަގުތު މަދުކުރަން މަޖިލީހުގެ އިދާރާއިން ގަދައަޅައި މަސައްކަތްކުރާ ކަމަށެވެ. މަޖިލީހުގައި މިހާރު ބަހުސްކުރަމުން އަންނަ ކުންފުނީގެ ބިލަށް ބޭނުންވާ ދިރާސާއެއް މަޖިލީހުގެ އިދާރާއިން ހަދާފައިވާ ކަމަށާއި އެއީ ވެސް ބިލުގެ މަސައްކަތް އަވަސްކުރަން ކުރި މަސައްކަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ކޮމިޓީތަކުގައި މިވަގުތު އެބަވޭ 25 އަކަށް ބިލް. އެހެންވީމާ މި ބިލްތައް ނުނިމި ގިނަ ދުވަސް ކޮމިޓީތަކުގައި ވުމުގެ ބަދަލުގައި އަވަހަށް ބިލުތައް ނިންމައިލެވޭނެ ގޮތެެއް، އެފަދަ ވިސްނުމެއް އިއްޒަތްތެރި މެމްބަރުން ގެންގުޅުއްވުމަކީ ބޭނުންތެރިކަމެއް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ބިލްތަކުގެ މަސައްކަތް އަވަސްކުރެވޭނީ މެމްބަރުން ހަމަ އެކަނި ބިލްތަކުގެ ކޮންސެޕްޓަށް ވިސްނަވާފައި ބިލުތަކާ ގުޅޭ އިދާރީ މަސައްކަތްތައް އިދާރީ ބޭފުޅުންނަށް ދޫކޮށްލެއްވުމުންނެވެ.

މީގެ ކުރިން މަޖިލީހުގައި އެމަނިކުފާނު އެކި ފަހަރު މަތިން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ ސަރުކާރުން މަޖިލީހަށް ފޮނުވަން ޖެހޭ ބިލްތައް ނުފޮނުވާތީ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތިގެންނެވެ. އެހެން ނަމަވެސް ބިލްތަކުގެ މަސައްކަތް އަވަސްކުރަން އޭރުވެސް ބާރު އަޅުއްވަ އެވެ.

މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ 18 ވަނަ މަޖިލީހާ އަޅައި ބަލާއިރު މަސައްކަތް މާ ބޮޑަށް ވެސް އަވަސް މަޖިލީހެކެވެ. މި މަޖިލީހަށް ސަރުކާރުން ހުށަހެޅި ގިނަ ބިލްތަކެއް ވަރަށް އަވަހަށް ނިންމުމުގެ އިތުރުން މެމްބަރުން ހުށަހެޅުއްވި އެކި އެކި މައްސަލަތައް ކޮމިޓީތަކުން ދިރާސާކޮށް ވަރަށް އަވަހަށް ނިންމާފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox