އެފްއޭއެމް ވެޓެރަންސް ލީގު: ހުޅުމާލެ ވެޓެރަންސް އިން ގްރީން ސްޓްރީޓްސް ބަލިކޮށްފި

Apr 4, 2022, 2:42 PM
ހުޅުމާލެ ވެޓެރަންސް ޓީމުގެ ކޮޔަރު އައްޔަ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ހުޅުމާލެ ވެޓެރަންސް ޓީމުގެ ކޮޔަރު އައްޔަ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި މިއަދު ހަވީރު ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުން ހުޅުމާލެ ވެޓެރަންސް ކްލަބުން 2-0 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފި އެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރު އެފްއޭއެމް އިން ވެޓެރަންސް ލީގު މި ކުރިއަށްގެންދަނީ ކްލަބް އިވެންޓްސްއާ ގުޅިގެންނެވެ.

މި ފަހަރުގެ މުބާރާތުގައި ޖުމްލަ ހަތް ޓީމެއް ވާދަކުރާއިރު، ފައިނަލަށް ހޮވޭނީ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެކެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު ވެޓެރަންސް ލީގުގެ ފުރަތަމަ މެޗު ޝަރަފްވެރި ކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ، އަހުމަދު ޝަމީމް (އާންސީ) އެވެ. މިއަދުގެ މެޗު ފެށުމުގެ ކުރިން މުބާރާތުގެ ޓްރޮފީ ރަސްމީކޮށް ވަނީ ދައްކާލައިފަ އެވެ.

ވެޓެރަންސް ލީގު ފެށުމުގެ ކުރިން އާންސީ (މ) އެފްއޭއެމްގެ ރައީސް ބައްސާމްއާ ޓްރޮފީ ހަވާލުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މަޝްހޫރު ގިނަ ކުޅުންތެރިންނާ އެކު އޮތް ހުޅުމާލެ ވެޓެރަންސް އިން މިއަދުގެ މެޗު ފެށިތަނުން ވަނީ ގޯލު ޖަހައިފަ އެވެ. އެ ގޮތުން މެޗުގެ ދެ ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އޭރިއާތެރެއިން ލިބުނު ފުރުސަތަކުން އަލީ ޝަމީމް (ކޮޔަރު އައްޔަ) ނަގައިދިން ބޯޅަ އެ ޓީމުގެ މުހައްމަދު ޒިޔާދު ވަނީ ހަމަޖެހިލާފައި ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

ގްރީން ސްޓްރީޓްސް އިން ގޯލެއް ޖެހޭތޯ ކުރި މަސައްކަތުގައި ކުރިން ގައުމީ ޓީމަށް ކުޅުނު އިލްޔާސް އިބްރާހިމް (އިއްލެ) ކުޅެން އެރުވި އެވެ. އެކަމަކު، އިއްލެ އަށް ވެސް ހުޅުމާލެ ޓީމުގެ ގޯލުގައި ހުރި މުހައްމަދު ޝިނާން (ނާނީ) ކައިރިން ރަނގަޅު ބޯޅައެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ.

ދެ ވަނަ ހާފްގައި ހުޅުމާލެ ވެޓެރަންސް އަށް ލީޑުފުޅާކޮށްދޭން ކޮޔަރު އައްޔަ އަށް ލިބުނު ބޯޅަ ފޮނުވާލި ނަމަވެސް ގްރީން ސްޓްރީޓްސްގެ ކީޕަރު ނިއުޝާދު އަލީ ވަނީ މަތަކޮށްފަ އެވެ. ހުޅުމާލެ ވެޓެރަންސް އިން ދެ ވަނަ ގޯލެއް ޖެހީ މެޗުގެ 25 ވަނަ މިނިޓްގަ އެވެ. އަބްދުﷲ ސުޖާއު ހުސްކޮށްލާފައި ދިން ބޯޅަ މުހައްމަދު ޖަމީލް (ޖަމްބެ) ވަނީ ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިފަ އެވެ.

ކްލަބް ގްރީން ސްޓްރީޓްސްގެ ދެ ކުޅުންތެރިން ކައިރިން ހުޅުމާލެ ވެޓެރަންސް ޓީމުގެ ސުޖާ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ގްރީން ސްޓްރީޓްސް ޓީމުގެ އިބްރާހިމް މަމްނޫން ފޮނުވާލި ދެ ހަމަލާ ވެސް ކީޕަރު ނާނީ ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުޅުމާލެ ޓީމަށް މުޅި މެޗުގައި އެއްކޮށް ކުޅުނު ޒިޔާދު އެވެ.

މި ފަހަރުގެ މުބާރާތުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ ޓީމު ލިސްޓެއްގައި ވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިއަކު ހިމެނޭނެ އެވެ. އަދި ބާކީ ކުޅުންތެރިން ވާން ޖެހޭނީ 40 އަހަރުން މަތީގެ ކުޅުންތެރިންނަށެވެ. މީގެ އިތުރުން 2019 ވަނަ އަހަރުން ފެށިގެން ނިމިދިޔަ މުއްދަތުގައި އެފްއޭއެމުން ބޭއްވި ރަސްމީ އެއްވެސް މުބާރާތެއްގައި ބައިވެރިވި ކުޅުންތެރިއަކަށް ވެޓްރަންސް މުބާރާތުގައި ނުކުޅެވޭނެ އެވެ.

މުބާރާތުގައި މިއަދު ކުޅުނު ދެ ޓީމުގެ އިތުރުން ދެން ބައިވެރިވެފައިވަނީ ދިވެހި ސިފައިންގެ ކްލަބް، ޕޮލިސް ކްލަބް، ކްލަބް އީގަލްސް އަދި އެމްއެސް މޭޓްސް އެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ދިވެހި ސިފައިންގެ ކްލަބް ބައްދަލުކުރާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox