ރާއްޖެއާ އެމެރިކާއާ ދެމެދު ސަލާމަތީ ގޮތުން އެއްބާރުލުން އިތުރުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމެރިކާގެ ސްޓޭޓް ޕާޓްނަޝިޕް ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވުމުން އެއްބަސްވުމުގައި ސޮއިކުރުމަށް އޮތް ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ އެމެރިކާގެ މޮންޓާނާ ނެޝަނަލް ގާޑުގެ މޭޖާ ޖެނެރަލް ޖޯން ރޮނިކް: އެ އެއްބަސްވުމުގެ ސަބަބުން ސައިބސެކިއުރިޓީފަދަ ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ. ފޮޓޯ: ޑިފެންސް މިނިސްޓްރީ

އެމެރިކާގެ ސްޓޭޓް ޕާޓްނަޝިޕް ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވުމުން އެއްބަސްވުމުގައި ސޮއިކުރުމަށް އޮތް ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ އެމެރިކާގެ މޮންޓާނާ ނެޝަނަލް ގާޑުގެ މޭޖާ ޖެނެރަލް ޖޯން ރޮނިކް: އެ އެއްބަސްވުމުގެ ސަބަބުން ސައިބސެކިއުރިޓީފަދަ ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ. ފޮޓޯ: ޑިފެންސް މިނިސްޓްރީ

ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު ދިފާއީ އަދި ސަލާމަތީ ގޮތުން އެއްބާރުލުން އިތުރުކުރުމަށްޓަކައި އެގައުމުގެ ނެޝަނަލް ގާޑް ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމުގައި ރާއްޖެއިން ބައިވެރިވުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ދެ ގައުމުގެ ދެމެދުގައި މިއަދު ސޮއިކުރި އެއްބަސްވުމަކީ ރާއްޖެއިން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑް ސްޓޭޓް ޕާޓްނަޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ހެދި އެއްބަސްވުމެކެވެ. މިއަދު އެމްއެންޑީއެފްގެ އިންޓެގްރޭޓަޑް ހެޑްކުއާޓާޒްގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. އަދި އެމެރިކާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މޮންޓާނާ ނެޝަނަލް ގާޑުގެ މޭޖާ ޖެނެރަލް ޖޯން ރޮނިކް އެވެ.

އެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ބައިވެރިވާ ޕާޓްނާޝިޕް ޕްރޮގްރާމަކީ އިންސާނީ އެހީ ފޯރުކޮށްދިނުމާއި ކާރިސާތަކުގައި އެހީތެރިވުމާއި ލީޑަޝިޕްގެ ހުނަރު ތަރައްގީކުރުން ފަދަ ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރަން ސޮއިކުރި އެއްބަސްވުމެއް ކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ބުނެ އެވެ.

Advertisement

އެ ދާއިރާތަކުގެ އިތުރުން ވެސް ސައިބަސެކިއުރިޓީ އާއި ކޮމިއުނިކޭޝަން ސެކިއުރިޓީ، މެރިޓައިމް ޑޮމައިން އެވެއާނަސް، އޭވިއޭޝަން ސެކިއުރިޓީ، މިލިޓަރީ މެޑިކަލް އަދި އިންޖިނިއަރިން، އޮޕަރޭޝަނަލް ލޮޖިސްޓިކްސް ގެ ދާއިރާއިން ދެ ގައުމުން އެކީގައި މަސައްކަތް ކުރާނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ އެ އެއްބަސްވުމުގެ ސަބަބުން ކެމިކަލް، ބަޔޮލޮޖިކަލް، ރޭޑިއޮލޮޖިކަލް، ނިއުކްލިއާ އަދި އެންވަޔަރަމެންޓަލް ޑިފެންސް އަދި ރެސްޕޮންސް ފަދަ ދާއިރާތަކުން ވެސް ދެ ގައުމުން އެކީގައި އިތުރަށް މަސައްކަތްކުރާނެ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް އޮތް ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ވަނީ އެ ޕާޓްނާޝިޕް އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސަލާމަތާ ގުޅޭ ތަފާތު ގިނަ ދާއިރާތަކުން އެއްބާރުލުން އިތުރުކޮށް ރާއްޖޭގެ ދިފާއީ ދާއިރާގެ ގާބިލްކަމާއި ހުޝިޔާރުކަން އިތުރުކުރަން މަގުފަހިވެގެންދާނެ ކަމަށެވެ.

ދުނިޔޭގެ 90 އަށް ވުރެ ގިނަ ގައުމު ބައިވެރިވާ އެ ޕާޓްނާޝިޕް ޕްރޮގްރާމުގައި ރާއްޖެއިން ވެސް މިއަދު ބައިވެރިވުމަކީ އެމެރިކާއާ ރާއްޖެއާ ދެމެދު ދިފާއީ އަދި ސަލާމަތީގޮތުން އެއްބާރުލުން އިތުރުކުރަން އެކުލަވާލައި، 2020 ވަނަ އަހަރު ސޮއިކުރި ފްރޭމްވޯކް އެގްރީމެންޓަށް އަމަލީ ސިފަ އަންނަމުންދާކަމުގެ ހެއްކެއް ކަމަށް ވެސް މިނިސްޓަރު މާރިޔާ މިއަދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox