ހުލާސާކޮށް އިއްޔެ: ސަލްމާން މިސްކިތުގައި ޕާކިން ނެތީ ޕްލޭން ނުކުރުމުންކަން ހާމަވުން

ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރުމަށް ފަހު މީހުން ފައިބައިގެން ގެޔަށް ދަނީ. އެތަނުގެ ޕާކިން މައްސަލަ ވަނީ ބޮޑުވެފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރުމަށް ފަހު މީހުން ފައިބައިގެން ގެޔަށް ދަނީ. އެތަނުގެ ޕާކިން މައްސަލަ ވަނީ ބޮޑުވެފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިދިޔަ ހުކުރު ދުވަހު ހުޅުވި ސަލްމާން މިސްކިތް ކައިރީ ޕާކް ކުރެވޭނެ ގޮތް ހެދުމަށް މާލެ ސިޓީ ކައުންސިލުން އެދިފައިވާ ގޮތަށް ބިންތައް ދެވެން ނެތީ މިސްކިތާއި އެ ބިންތައް ވެސް ކުރީގެ ސަރުކާރުން ޕްލޭން ކޮށްފައި އޮތް ގޮތުގެ ސަބަބުން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނީ އިއްޔެ އެވެ.

ސަލްމާން މިސްކިތުގެ ޕާކިންއަށް އެ މިސްކިތުގެ ކުރިމަތީގައި އޮންނަ އެމްޓީސީސީ ސޯމިލް ދިނުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ. ނަމަވެސް އެ ކަމަށް އެއްބާރުލުން ނުލިބޭ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އިއްޔެ މުއިއްޒު މިހެން ވިދާޅުވި ފަހުން ސޯޝަލް މީޑިއާގައި ދަނީ މިސްކިތުގެ ޕްލޭނިންގެ ކުރެހުމެއް ދައުރު ވަމުންނެވެ. އޭގައި އޮތް ގޮތުން، މިސްކިތުގެ ގޯތި ތެރެއަށްވާ ސަރަހައްދުން ބޭސްމަންޓް ނުވަތަ އަންޑަ ގްރައުންޑް ޕާކިންއެއް ހިމަނައިފަ އެވެ.

ދައުރު ވަމުންދާ ކުރެހުމަކީ ވެސް ސައްހަ ކުރެހުމެއް ކަން ކަށަވަރު ކޮށްދީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މި ނޫހަށް އިއްޔެ ވިދާޅުވީ، ކުރީގެ ސަރުކާރުގައި އެކި ފަހަރު މަތިން ޕްލޭން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެންމެ ފަހުން ޕާކިންއަށް އެއްވެސް ޕްލޭނެއް ނެތް ކަމަށް ވިދާޅުވި އެވެ.

"އެއީ ފުރަތަމަ ޕްލޭން އޮތް ގޮތް، ފަހުން އެ އުވާލާފައި އާ ޕްލޭނެއް ހެދީ، އެ ޕްލޭންގައި ނެތް ޕާކް ކުރާނެ ތަނެއް ވެސް،" އަކްރަމް އިއްޔެ ވިދާޅުވި އެވެ.

މޭޔަރު މުއިއްޒުގެ ވާހަކަތަކަށް އިޝާރާތް ކުރައްވައި އަކްރަމް ވިދާޅުވީ، މިސްކިތް ކުރިމަތީގައި ހުންނަ އެމްޓީސީސީ ސޯމިލް ބިން ވެސް އެހެން ކަމަކަށް އޭރުގެ ސަރުކާރުން ފެށިގެން ޕްލޭން ކޮށްފައިވާ ކަމަށެވެ. އެހެންވެ އެ ބިން ވެސް ދެވެން ނެތީ ކަމަށް އޭނާ އިއްޔެ ވިދާޅުވި އެވެ.

"މިހާރު އެ އޮތީ ފަހުން ޕްލޭން ބަދަލުކޮށް އެ ގޮތަށް އެ ތަން އިމާރާތްކޮށް ނިންމާފައި، އެއަށް ދެން އިތުރު ބަދަލުތަކެއް ނުގެނެވޭނެ، ޕާކިންގެ ވާހަކަ އެ ސަރުކާރުގެ އިސް ބޭފުޅުން ނުދެއްކެވުން މާ ރަނގަޅު ވާނެ،" އަކްރަމް އިއްޔެ ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • އައްޑޫ ސިޓީގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމަށް ތުހުމަތުގައި ހައްޔަރު ކުރި އެންމެން ދޫކޮށްލީ އިއްޔެ އެވެ.
  • އުމުރުން ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އައްޑޫ ސިޓީގައި ޖިންސީ ގޯނާ ކުރި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ނިންމީ އިއްޔެ އެވެ.
  • ގަވާއިދާ ހިލާފަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަޒީފާ ދެމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އެ މިނިސްޓްރީގެ ޕާމަނަންޓު ސެކްރެޓަރީ ފާތިމަތު ހިލްމީ އަދި އެ މިނިސްޓްރީގެ ހިއުމަން ރިސޯސަސް ޑިޕާޓްމެންޓުގައި މަސައްކަތްކުރާ ދެ މުވައްޒަފަކު ސިވިލް ސާވިލް ކޮމިޝަނު (ސީއެސްސީ) އިން ސަސްޕެންޑްކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމިޓީއެއް އެއްވެގެން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ދިރާސާ ކުރުމަށް ފަހު، ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓެއް ނެރުނީ އެ ލިސްޓުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ނަން އޮތް ކަން ދައްކަން ވެގެން ކަމަށް އޭނާ ތުހުމަތު ކުރައްވަމުން ވިދާޅުވީ:

"އެއީ އަޅުގަނޑު އެމްޑީޕީގެ ގައުމީ މަޖިލީހަށް ކުރިމަތިލާތީވެ ކުއްލިއަކަށް އެއް ރޭ މީހުން އެއްވެފައި ގަރާރެއް ފާސްކުރީ. އެއްވެސް ތާކުން ނެރޭ ލިސްޓެއްގައި ނަން އޮވެއްޖެ ނަމަ ވާދަނުކުރެވޭނެ ކަމަށް. ދެން އެ ލިސްޓު [މަޖިލީހުން] ދެއްކީ،"

ދުވަހުގެ ފޮޓޯ

ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިސް ތެރެއިން. އިންޑޯ އެރީނާއެއްގައި ޕްރެކްޓިސް ކުރުމުގެ ފުރުސަތު ނުލިބުމަކީ މިހާރު ގައުމީ ފުޓްސަލް ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން. މި މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު ވަނީ ވިދާޅުވެފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިސް ތެރެއިން. އިންޑޯ އެރީނާއެއްގައި ޕްރެކްޓިސް ކުރުމުގެ ފުރުސަތު ނުލިބުމަކީ މިހާރު ގައުމީ ފުޓްސަލް ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން. މި މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު ވަނީ ވިދާޅުވެފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިސް ތެރެއިން. އިންޑޯ އެރީނާއެއްގައި ޕްރެކްޓިސް ކުރުމުގެ ފުރުސަތު ނުލިބުމަކީ މިހާރު ގައުމީ ފުޓްސަލް ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން. މި މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު ވަނީ ވިދާޅުވެފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުން ދެވޭ ހިދުމަތްތައް ދެނެގަތުމުގެ ދިރާސާ"

މިއީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ހުށަހެޅޭ ކުޑަކުދިންގެ ހައްގުތަކާ ގުޅޭ މައްސަލަތައް އިތުރުވުމާ ގުޅިގެން އެކަމުގެ ސަބަބުތައް ދެނެގަތުމަށް 2013 ވަނަ އަހަރު ކުރިއަށް ގެންގޮސްފައިވާ ދިރާސާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox