ހުލާސާކޮށް އިއްޔެ: ތަސްމީނުގެ ހިއްސާ އޮތް ފުނައްޑޫ ސަރުކާރުން ގަތުން

އަމިއްލަ ފަރާތަކުން މަސް ކިރުމުގެ މަސައްކަތް ކުރަމުން އައި، ތ.ފުނައްޑޫ ---

އަމިއްލަ ފަރާތަކުން މަސް ކިރުމުގެ މަސައްކަތް ކުރަމުން އައި، ތ.ފުނައްޑޫ ---

ކުރީގެ ހޯމް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ތަސްމީން އަލީ ހިއްސާވާ ކުންފުންޏަކުން ތަރައްގީކޮށް ހިންގި ތ. ފުނައްޑޫ މަސްފެކްޓްރީ ވިއްކާލުމަށް ބޭންކް އޮފް މޯލްޑިވްސް އިން މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއް ފާއިތުވެފައި ފަހުން އެންމެ ފަހުން ސަރުކާރުން އެ ފެކްޓަރީ ގަތްކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، ލިޔުމުން ޖަވާބު ހޯއްދަވާ ގޮތަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއާ ކުރެއްވި ސުވާލަކަށް އޭނާ އިއްޔެ ދެއްވި ޖަވާބުގައި ވިދާޅުވީ ފުނައްޑޫ ފެކްޓްރީ ސަރުކާރުން ގަތީ މި މަހުގެ ހަ ވަނަ ދުވަހު ކަމަށެވެ. އެ ފެކްޓްރީ ސަރުކާރުން ގަތީ ކިހާ ވަރަކަށް ކަމެއް މިނިސްޓަރު މަޖިލީހަށް އިއްޔެ ފޮނުއްވި ޖަވާބުގައި ވިދާޅެއް ނުވެ އެވެ.

ތ. ތިމަރަފުށްޓާ ދާދި ކައިރީގައި އޮންނަ ފުނައްޑޫގައި މަސް ބަންދުކުރާ ކާރުހާނާއެއް އަޅަން އެރަށް ދޫކުރީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގަ އެވެ. އެރަށުގައި މަސްފެކްޓްރީއެއް ހަދައިގެން ހިންގާތާ އަަހަރުތަކެއް ފަހުން ބޭންކް އޮފް މޯލްޑިވްސްއަށް އެރަށް ނަގައި ވިއްކައިލަން އިއުލާނު ކުރީ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ ލޯނެއް ނުދެއްކުމުންނެވެ. އެރަށާއި އެހެން ބައެއް ތަންތަން ރަހުނުކޮށްގެން ނަގާފައިވާ ލޯނާއި އެލޯނަށް އިތުރުވި އިންޓަރެސްޓާއި އެކު ބޭންކަށް ދައްކަން އޭރު 200 މިލިޔަން ރުފިޔާއަށް ވުރެ ގިނަ ފައިސާ އޮތެވެ.

ފުނައްޑޫ ވިއްކައިލަން ބީއެމްއެލް އިން ފުރަތަމަ އިއުލާނު ކުރީ 2013 ވަނަ އަހަރު އެވެ. އެފަހަރު ގަންނާނެ ބަޔަކު ނުވެގެން 2014 ވަނަ އަހަރު ދެވަނަ ފަހަރަށް ވެސް އިއުލާނު ކުރި އެވެ.

ފިޝަރީޒް މިނިސްޓަރު މަޖިލީހަށް އިއްޔެ ދެއްވި ޖަވާބުގައި ވިދާޅުވީ ފުނައްޑޫ ސަރުކާރުން ގަތީ، އެރަށުގައި ހުރި މަސްފެކްޓްރީ ހިންގިދާނެތޯ ބަލަން ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށް ފަހު ކަމަށެވެ.

"...މިނިސްޓްރީން ހެދި ފީސިބިލިޓީއާ މެދު 2021 ވަނަ އަހަރުގެ ޑިސެމްބަރު 15 ގަޔާއި 27 ގައި މަޝްވަރާކުރެއްވުމަށް ފަހު ސަރުކާރުން ނިންމެވީ ފުނައްޑޫގައި ގާއިމްކޮށްފައިވާ، އަދި ވިއްކައިލުމަށް ބޭންކް އޮފް މޯލްޑިވްސް އިން ބީލަންކޮށް ވިއްކައިލުމުގެ މަރުހަލާގައިވާ ފުނައްޑޫ ކާރުހާނާ ސަރުކާރުގެ ފަރާތުން މިފްކޯއަށް ގަތުމަށް،" ފިޝަރީޒް މިނިސްޓަރު މަޖިލީހަށް އިއްޔެ ފޮނުއްވި ޖަވާބުގައި ވިދާޅުވި އެވެ.

ފުނައްޑޫ ސަރުކާރަށް ގަންނަން ނިންމީ މިނިސްޓަރު އިއްޔެ ވިދާޅުވި ގޮތުގައި އެރަށުގެ ފެކްޓްރީ މިފްކޯއާ ހަވާލުކޮށްގެން ހިންގޭނެ އިންތިޒާމް ހަމަޖައްސައިދޭން އެދި ތިމަރަފުށީގެ މަސްވެެރިންނާއި ވިޔަފާރިވެރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެންނެވުމުންނެވެ.

ތިމަރަފުށީ މީހުން އެކަމަށް އެދުނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ރައީސް އެރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރެއްވި އިރު އެވެ.

އޭނާ ވިދާޅުވީ ފުނައްޑުއާ މެދު ސަރުކާރުގެ އޮތް ވިސްނުމަކީ އެރަށުގައިވާ ފެކްޓްރީ އާއި ބަނދަރު އިތުރަށް ތަރައްގީކޮށް، ދެމެހެއްޓެވިނި އަދި ނަފާވާ ވިޔަފާރިއަކަށް ބަދަލުކުރުން ކަމަށެވެ.

ބައެއް މުހިންމު ހަބަރުތައް

  • ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ސޯލިހުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ އިއްޔެ އެވެ.
  • ރާއްޖޭގެ ދެކުނަށް އަމާޒުކޮށް އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ހުޅުވި މަސްތުވާތަކެއްޗަށް ފަރުވާދޭ ރިހެބިލިޓޭޝަން ސެންޓަރު "ވިލުނު" އިން އަންނަ ހަފްތާ އިން ފެށިގެން މީހުންނަށް ފަރުވާދޭން ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނީ އިއްޔެ އެވެ.
  • ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ އަބަދުވެސް އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށާއި އެކަން 2015 ވަނަ އަހަރު ހިނގައިދިޔަ މޭ ޑޭ މުޒާހަރާތަކުގެ ތެރެއިން އެމަނިކުފާނު ދެއްކެވި ވާހަކަތަކުން ވެސް އެނގިގެންދާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ވިދާޅުވީ އިއްޔެ ރެ އެވެ.

ދުވަހުގެ ކޯޓޭޝަން

ޕީޕީއެމުން ގޮނޑިތައް ދޫނުކުރި ނަމަ ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ އެމްޑީޕީ އަށް ލިބޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ހާމަކުރައްވަމުން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ:

"އަޅުގަނޑުމެން ދޫކުރި ގޮނޑިތަކެއް ޖުމްހޫރީ ޕާޓީއަކުން ދުލެއް ނުކުރި އެއްގޮތަކަށް ވެސް. އަޅުގަނޑުމެން ގޮނޑިތަކެއް ދޫކުރީމު. އެހެން ނަމަވެސް، އަޅުގަނޑު ހިތަށް އަރަނީ މިއަދު އެ ގޮނޑިތަކަށް އަޅުގަނޑުމެންގެ މީހުން ނެރުން ނަމަ އެމްޑީޕީ އަކަށް މި ސުޕަމެޖޯރިޓިއެއް ނުލިބުނީސް،"

ދުވަހުގެ ފޮޓޯ

މާލެ-ތިލަފުށި ބްރިޖުގެ މަސައްކަތްތައް ކަނޑުގެ އަޑީގައި ކުރަން ޖެހޭ ކަންތައްތައް ކުރުމަށް ގެނައި ޖެކް-އަޕް ބާޖް މާލެ ބޭރުގައި އަޅާފައި. މުޅި ޕްރޮޖެކްޓަށް 7.7 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ މި ބްރިޖުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިން --- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
މާލެ-ތިލަފުށި ބްރިޖުގެ މަސައްކަތްތައް ކަނޑުގެ އަޑީގައި ކުރަން ޖެހޭ ކަންތައްތައް ކުރުމަށް ގެނައި ޖެކް-އަޕް ބާޖް މާލެ ބޭރުގައި އަޅާފައި. މުޅި ޕްރޮޖެކްޓަށް 7.7 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ މި ބްރިޖުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިން --- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މާލެ-ތިލަފުށި ބްރިޖުގެ މަސައްކަތްތައް ކަނޑުގެ އަޑީގައި ކުރަން ޖެހޭ ކަންތައްތައް ކުރުމަށް ގެނައި ޖެކް-އަޕް ބާޖް މާލެ ބޭރުގައި އަޅާފައި. މުޅި ޕްރޮޖެކްޓަށް 7.7 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ މި ބްރިޖުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިން --- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox