ސްޓެލްކޯއަށް ދިން ރެންސަމްވެއާ ހަމަލާ ތަހުގީގުކުރަން ފުލުހަށް ހުށަހަޅައިފި

ސްޓެލްކޯގެ ބިލްބޯޑެއް: އެ ކުންފުންޏަށް އަމާޒުކޮށް ރެންސަމްވެއާ ހަމަލާއެއް ދިނީ ޑީޕީއީއަށް އަމާޒުކޮށް އެފަދަ ހަމަލާއެއްދިންތާ ހަ މަސްވެސް ނުވަނިކޮށް. ފޮޓޯ: އަދަދު ފައިލް

ސްޓެލްކޯގެ ބިލްބޯޑެއް: އެ ކުންފުންޏަށް އަމާޒުކޮށް ރެންސަމްވެއާ ހަމަލާއެއް ދިނީ ޑީޕީއީއަށް އަމާޒުކޮށް އެފަދަ ހަމަލާއެއްދިންތާ ހަ މަސްވެސް ނުވަނިކޮށް. ފޮޓޯ: އަދަދު ފައިލް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ސާވާތަކަށް މިދިޔަ ބުރާސްފަތި ދުވަހު ދިން ރެންސަމްވެއާ ހަމަލާ ތަހުގީގުކުރަން ފުލުހުންނަށް ހުށަހަޅާފައިވާކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ރެންސަމްވެއާ ހަމަލާގެ ސަބަބުން ކުންފުނީގެ ވެބްސައިޓް، މޯބައިލް އެޕްލިކޭޝަން، މޯބައިލް އައުޓްލެޓްތަކާއި ކައުންޓަރުތަކުގެ ހިދުމަތްތަކަށް ވެސް މެދުކެނޑުމެއް އައިސްފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ސްޓެލްކޯއިން އެ ބަޔާނުގައި ބުނެ އެވެ.

އަދި އެކަން ހައްލުކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ. އަދި އެފަރާތްތަކުގެ އެހީތެރިކަމާއި ލަފަޔާއެކު ވީހާ ވެސް އަވަހަށް މައްސަލަ ހައްލުކުރަން ސްޓެލްކޯއިން މަސައްކަތްކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

Advertisement

ސްޓެލްކޯއިން ބުނީ އެ މައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތުން ވެސް އަދި އެ މައްސަލަ އެއްކޮށް ހައްލުވެފައިނުވާ ކަމަށެވެ. ނަމަވެސް ކުންފުނީގެ ހެޑް އޮފީހުން ދޭ ހިދުމަތްތަކުގެ ތެރެއިން ފޯމު ހުށަހެޅުމާއި ބިލް ދެއްކުމުގެ ހިދުމަތް އަލުން ފެށިފައިވާކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ސްޓެލްކޯއިން ބުނީ ރެންސަމްވެއާ ހަމަލާއިން ސަލާމަތްވުމަށް ސްޓެލްކޯއިން ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ވެސް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެ ކުންފުނިން އަޅަމުންދާ ކަމަށެވެ.

ސްޓެލްކޯއަށް ރެންސަމްވެއާ ހަމަލާއެއް ދިންއިރު، މިދިޔަ އަހަރު ތެރޭ ޕްލޭނިން މިނިސްޓްރީއަށް އަމާޒުކޮށް ވެސް ހަމަ އެފަދަ ހަމަލާއެއް ވަނީ ދީފަ އެވެ. އަދި މީގެ ހަ މަސް ކުރިން ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނަށް ވެސް ވަނީ އެފަދަ ހަމަލާއެއް ދީފަ އެވެ. ދެ ހަމަލާގެ ވެސް ފަހަތުގައި ތިބި ފަރާތްތައް އަދި މިހާތަނަށް ހޯދިފައެއް ނުވެ އެވެ.

ރެންސޮމްވެއާ ހަމަލާއަކީ ކޮބާ؟

ރެންސޮމްވެއާ ހަމަލާއަކީ މެލްވެއާގެ ބާވަތެކެވެ. އެ ބާވަތުގެ މެލްވެއާ، ހަމަލާ ދޭ ހެކަރުން ފަރުމާކުރަނީ އިންފެކްޓް ކުރާ ސިސްޓަމެއްގައި ހުންނަ ފައިލްތައް އެންކްރިޕްޓްކޮށް، ސިސްޓަމްގެ ވެރިފަރާތަށް އެ ފައިލްތައް ބޭނުންކުރުން ހުއްޓުވައި، ބޭނުން ކަނޑުވާލާފަދަ ޒާތަކަށެވެ.

ބައެއް ފަހަރު ހެކަރުން އެ ސިސްޓަމުގައި ހުރި މައުލޫމާތު އާއްމުކުރާނޭ ކަމަށް ބުނެ ވެރިފަރާތަށް ބިރު ދައްކަ އެވެ. ހެކަރުން އެންމެ އާއްމުކޮށް ސިސްޓަމްތަކަށް ރެންސޮމްވެއާ އަޅަނީ ވެެރިފަރާތަށް އޮޅުވާލައިގެން ވައިރަސް ޑައުންލޯޑު ކުރުވައިގެންނެވެ. އެ އުކުޅަށް ކިޔައި އުޅެނީ "ފިޝިން" ސްކީމެވެ.

އެހާ ހިސާބުން އެ ހަމަލާދޭ ފަރާތުން ވެރިފަރާތަށް ހުށަހަޅާނީ ފައިސާގެ އަދަދެއް ދައްކައިގެން އެ ފައިލްތައް ޑީކްރިޕްޓް ކުރުން ނުވަތަ ސިސްޓަމްއަށާއި ފައިލްތަކަށް އަލުން އެކްސެސް ވިޔަ ދިނުމުގެ ފުރުސަތެވެ. އެ ފައިސާގެ އަދަދު އަދާކޮށްފިނަމަ، ހެކަރުން ގިނަ ފަހަރަށް ސިސްޓަމުގެ ވެރިފަރާތަށް ފޯރުކޮށްދެނީ ފައިލްތައް އަލުން އަނބުރާ ހޯދައި ހުޅުވުމަށް "ޑިޖިޓަލް ތަޅުދަނޑި" އެކެވެ.

އެގޮތަށް އާއްމު ގޮތެއްގައި ބޭރުގެ ރެންސޮމްވެއާ ހެކަރުން ފައިސާ ނަގަނީ ބިޓްކޮއިން ފަދަ ޑިޖިޓަލް ކަރެންސީ ފައިސާއިންނެވެ. އެއީ އެފަދަ ފައިސާ ޓްރެކް ކޮށްގެން ފައިސާ ނެގި ފަރާތް ހޯދުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އުނދަގޫވާތީ އެވެ. އެހެން ނަމަވެސް ބައެއް ފަހަރު އެފަދަ ހަމަލާތަކުން "ޔުނިވާސަލް ޑިކްރިޕްޝަން ކީ" އެއް ބޭނުންކޮށްގެން ބައެއް ފަރާތްތަކުން ސަލާމަތްވެފައި އެބަ ހުއްޓެވެ.

ބޭރު ދުނިޔޭގައި މިފަހުން އައިސް ރެންސޮމްވެއާ ހަމަލާތައް ދިނުން ވަނީ އާއްމުވެފަ އެވެ. އެގޮތުން މިދިޔަ މޭ މަސް ތެރޭ އަޔަލޭންޑުގެ ސިއްހީ އިދަރާއަށް ދިން އެފަދަ ހަމަލާއެއްގައި ހެކަރުން ވަނީ 20 މިލިއަން ޑޮލަރުގެ ފައިސާގެ ޕޭމެންޓަކަށް ކިޔައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox