ގޯއެއާއިން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓައެއް ނުލާ

ގޯއެއާގެ މަތިންދާބޯޓެއް؛ އެ އެއާލައިނުން ވަނީ މިފަހުން ރާއްޖެ ދަތުރުކުރާ ރޫޓުތަކަށް ބަދަލުތަކެއް ގެނެސްފަ. ފޮޓޯ: އޭވިއޭޓޯޒް މޯލްޑިވްސް

ގޯއެއާގެ މަތިންދާބޯޓެއް؛ އެ އެއާލައިނުން ވަނީ މިފަހުން ރާއްޖެ ދަތުރުކުރާ ރޫޓުތަކަށް ބަދަލުތަކެއް ގެނެސްފަ. ފޮޓޯ: އޭވިއޭޓޯޒް މޯލްޑިވްސް

ރާއްޖެއާ އިންޑިއާއާ ދެމެދު ދަތުރުކުރާ އެގައުމުގެ ގޯއެއާގެ ދަތުރުތައް ހުއްޓާލިކަމަށް ދެކެވޭ ވާހަކަތައް ރާއްޖޭގެ ފޮރިން މިނިސްޓްރީން ދޮގުކޮށްފި އެވެ.

ގޯއެއާއިން ރާއްޖެއަށް ކުރާ ދަތުރުތައް، އިންޑިއާގެ އެއާޕޯޓުތަކުން އެ އެއާލައިނަށް ޖާގަ ނުލިބޭތީވެ، ސަސްޕެންޑްކޮށްފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުގައި މިއަދު ވަނީ ރިޕޯޓުކޮށްފަ އެވެ. ނަމަވެސް ފޮރިން މިނިސްޓްރީން ބުނީ އެ އެއާލައިންގެ ދަތުރުތައް ހުއްޓާލާފައިނުވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ގޯއެއާއިން މިއަދު ޝެޑިއުލްކޮށްފައިވާ ދަތުރުތައް ކެންސަލް ކުރިކަމަށެވެ. އަދި އެއީ ކޮވިޑުގެ ހާލަތުގައި ރާއްޖެ އާއި އިންޑިއާ ދެމެދު އުފެއްދި ޓްރެވެލް ބަބަލްގެ މުއްދަތު ހަމަވުމުން އާންމު އުސޫލުން ފްލައިޓްތައް އޮޕަރޭޓްކުރަން ފެށުމާއެކު އިންޑިއާގެ ސިވިލް އޭވިއޭޝަނުގެ މުއައްސަސާތަކުގެ އުސޫލުތަކާ އެއްގޮތަށް ދަތުރުތައް ޝެޑިއުލްކުރުމަށް ކުރިކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

Advertisement

ފޮރިން މިނިސްޓްރީން ބުނީ އެ އެއާލައިންގެ ދަތުރުތައް މިއަދަށް ކެންސަލްކުރި ނަމަވެސް އެ އެއާލައިންގެ ދަތުރުތައް އަދިވެސް ޝެޑިއުލްކޮށްގެން ކުރިޔަށްދާނެ ކަމަށެވެ. އެކަމާ ގުޅިގެން އެމްއޭސީއެލް އިން ވެސް ބުނީ ގޯއެއާގެ ތިން ފްލައިޓެއް މިއަދު ކެންސަލް ކުރި ކަމަށެވެ.

ނަމަވެސް، އިތުރު ފްލައިޓްތަކެއް ކެންސަލް ކުރިކަމެއް އަދި އެ ކުންފުންޏަށް އެނގިފައިނުވާ ކަމަށެވެ. އެމްއޭސީއެލްއިން އިތުރަށް ބުނީ ގޯއެއާގެ ފަރާތުން ދަތުރުކުރާ ރޫޓުތައް ބަދަލުކުރާ ކަމުގެ މައުލޫމާތު މިފަހުން އެ ކުންފުންޏަށް ލިބުނު ކަމަށެވެ.

އެގޮތުން، އެ އެއާލައިނުން ކުރިން އޮޕަރޭޓްކުރި ބެންގަލޫރު، ދިއްލީ އަދި މުމްބާއީގެ ރޫޓުތަކުގެ ބަދަލުގައި ކޮޗިން އާއި ކަންނަންނޫރު ރޫޓުތަކުން އެ އެއާލައިނުން އޮޕަރޭޓް ކުރަމުންދާ ކަމަށެވެ.

ގޯއެއާގެ އިތުރުން ވެސް އިންޑިއާއާ ރާއްޖެއާ ދެމެދު އިތުރު ތިން އެއާލައިނެއް އޮޕަރޭޓްކުރެ އެވެ. އެއީ އެއާ އިންޑިއާ، އިންޑިގޯ އަދި ސްޕައިސް ޖެޓް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox