ތަސްމީނުގެ ހިއްސާ އޮތް ފުނައްޑޫ ސަރުކާރުން ގަނެފި

ފުނައްޑޫ މަސްފެކްޓްރީ. މި ފެކްޓްރީ ސަރުކާރުން ވަނީ ގަނެފައި.

ފުނައްޑޫ މަސްފެކްޓްރީ. މި ފެކްޓްރީ ސަރުކާރުން ވަނީ ގަނެފައި.

ކުރީގެ ހޯމް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ތަސްމީން އަލީ ހިއްސާވާ ކުންފުންޏަކުން ތަރައްގީކޮށް ހިންގި ތ. ފުނައްޑޫ މަސްފެކްޓްރީ ވިއްކާލުމަށް ބޭންކް އޮފް މޯލްޑިވްސް އިން މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއް ފާއިތުވެފައި ފަހުން އެންމެ ފަހުން ސަރުކާރުން އެ ފެކްޓަރީ ގަނެފި އެެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، ލިޔުމުން ޖަވާބު ހޯއްދަވާ ގޮތަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއާ ކުރެއްވި ސުވާލަކަށް އޭނާ މިއަދު ދެއްވި ޖަވާބުގައި ވިދާޅުވީ ފުނައްޑޫ ފެކްޓްރީ ސަރުކާރުން ގަތީ މިމަހުގެ ހަ ވަނަ ދުވަހު ކަމަށެވެ. އެ ފެކްޓްރީ ސަރުކާރުން ގަތީ ކިހާ ވަރަކަށް ކަމެއް މިނިސްޓަރު މަޖިލީހަށް ފޮނުއްވި ޖަވާބުގައި ވިދާޅެއް ނުވެ އެވެ.

ތ. ތިމަރަފުށްޓާ ދާދި ކައިރީގައި އޮންނަ ފުނައްޑޫގައި މަސް ބަންދުކުރާ ކާރުހާނާއެއް އަޅަން އެރަށް ދޫކުރީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގަ އެވެ. އެރަށުގައި މަސްފެކްޓްރީއެއް ހަދައިގެން ހިންގާތާ އަަހަރުތަކެއް ފަހުން ބޭންކް އޮފް މޯލްޑިވްސްއަށް އެރަށް ނަގައި ވިއްކައިލަން އިއުލާނު ކުރީ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ ލޯނެއް ނުދެއްކުމުންނެވެ. އެރަށާއި އެހެން ބައެއް ތަންތަން ރަހުނުކޮށްގެން ނަގާފައިވާ ލޯނާއި އެލޯނަށް އިތުރުވި އިންޓަރެސްޓާއި އެކު ބޭންކަށް ދައްކަން އޭރު 200 މިލިޔަން ރުފިޔާއަށް ވުރެ ގިނަ ފައިސާ އޮތެވެ.

ފުނައްޑޫ ވިއްކައިލަން ބީއެމްއެލް އިން ފުރަތަމަ އިއުލާނު ކުރީ 2013 ވަނަ އަހަރު އެވެ. އެފަހަރު ގަންނާނެ ބަޔަކު ނުވެގެން 2014 ވަނަ އަހަރު ދެވަނަ ފަހަރަށް ވެސް އިއުލާނު ކުރި އެވެ.

ފިޝަރީޒް މިނިސްޓަރު މަޖިލީހަށް މިއަދު ދެއްވި ޖަވާބުގައި ވިދާޅުވީ ފުނައްޑޫ ސަރުކާރުން ގަތީ، އެރަށުގައި ހުރި މަސްފެކްޓްރީ ހިންގިދާނެތޯ ބަލަން ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށް ފަހު ކަމަށެވެ.

"...މިނިސްޓްރީން ހެދި ފީސިބިލިޓީއާ މެދު 2021 ވަނަ އަހަރުގެ ޑިސެމްބަރު 15 ގަޔާއި 27 ގައި މަޝްވަރާކުރެއްވުމަށް ފަހު ސަރުކާރުން ނިންމެވީ ފުނައްޑޫގައި ގާއިމްކޮށްފައިވާ، އަދި ވިއްކައިލުމަށް ބޭންކް އޮފް މޯލްޑިވްސް އިން ބީލަންކޮށް ވިއްކައިލުމުގެ މަރުހަލާގައިވާ ފުނައްޑޫ ކާރުހާނާ ސަރުކާރުގެ ފަރާތުން މިފްކޯއަށް ގަތުމަށް،" ފިޝަރީޒް މިނިސްޓަރު މަޖިލީހަށް ފޮނުއްވި ޖަވާބުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުނައްޑޫގެ އެންމެހާ ހައްގުތަށް ގަނެ މިފްކޯއަށް ބަދަލުކުރީ ބީއެމްއެލްއާ އެކު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ކަަމަށެވެ. އެކަމަކު ފައިސާ ދެއްކުމާއި ދައްކަން ޖެހެނީ ކިިހާ ފައިސާއެއްކަން ވެސް އަދި އެ އެއްބަސްވުމާ ބެހޭ އެހެން ތަފްސީލެއް ވެސް އޭނާ ނުދެއްވަ އެވެ.

ފުނައްޑޫ ސަރުކާރަށް ގަންނަން ނިންމީ މިނިސްޓަރު ވިދާޅުވި ގޮތުގައި އެރަށުގެ ފެކްޓްރީ މިފްކޯއާ ހަވާލުކޮށްގެން ހިންގޭނެ އިންތިޒާމް ހަމަޖައްސައިދޭން އެދި ތިމަރަފުށީގެ މަސްވެެރިންނާއި ވިޔަފާރިވެރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެންނެވުމުންނެވެ. ތިމަރަފުށީ މީހުން އެކަމަށް އެދުނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ރައީސް އެރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރެއްވި އިރު އެވެ.

"...އިސްވެ ދެންނެވި ދަތުރުފުޅަށް ފަހު 29 އޮގަސްޓް 2021 ގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން މިއޮފީހަށް ފޮނުއްވި ސިޓީއެއްގައި، މިފްކޯއަށް ފޮނައްޑޫ ހިންގިދާނެތޯ ބަލަން ފީސިބިލިޓީ ސްޓަޑީއެއް ހަދައި އިކޮނޮމިކް ކައުންސިލަށް ހުށަހެޅުަމަށް އެންގެވި،" ޑރ. ހުސައިން މަޖިލީހަށް ފޮނުއްވި ޖަވާބުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުނައްޑުއާ މެދު ސަރުކާރުގެ އޮތް ވިސްނުމަކީ އެރަށުގައިވާ ފެކްޓްރީ އާއި ބަނދަރު އިތުރަށް ތަރައްގީކޮށް، ދެމެހެއްޓެވިނި އަދި ނަފާވާ ވިޔަފާރިއަކަށް ބަދަލުކުރުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox