މެދުކެނޑުމަށް ފަހު ވޮލީ ސީޒަން ފަށާނީ އެސޯސިއޭޝަން ކަޕުން

Mar 28, 2022, 9:01 AM
މެދުކެނޑުމަށް ފަހު ވޮލީ ސީޒަން ފަށާނީ އެސޯސިއޭޝަން ކަޕުން

ތިން އަހަރަށް ފަހު ވޮލީބޯލް އެސޯސިއޭޝަން ކަޕް ބޭއްވުމަށް ކަލަންޑަރުގައި ހިމަނައިފި އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މި އަހަރުގެ އަހަރީ ކަލަންޑަރު އިއްޔެ އާންމުކުރިއިރު، ލޯކަލް ސީޒަންގެ ގައުމީ ލެވަލްގެ މުބާރާތްތައް ފަށަން، ތާވަލުކޮށްފައިވަނީ މެއި 15 ވަަނަ ދުވަހު ފަށާ އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ބުރުންނެވެ. ޕްރިލިމިނަރީ ބުރުން ހޮވޭ ޓީމުތަކާ އެކު އެސޯސިއޭޝަން ކަޕްގެ ފައިނަލް ރައުންޑް އޮންނާނީ މެއި 24 ވަނަ ދުވަހު އެވެ.

ވީއޭއެމް އިން އެންމެ ފަހުން އެސޯސިއޭޝަން ކަޕް ބާއްވާފައިވަނީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން ވީއޭއެމް ހިންގުން ނޯމަލައިޒް ކޮމިޓީއަކާ ހަވާލުކޮށް ފަހުން އިންޓަރިމް ކޮމިޓީއެއްގެ ބެލުމުގެ ދަށަށް އެސޯސިއޭޝަން ދިޔައިރު، އެންމެ ފަހުން ވީއޭއެމްގެ އިންތިހާބެއް ބޭއްވި މިހާރު އޮތް ލީޑަޝިޕާ ހިންގުން ހަވާލުވީ މިދިޔަ އަހަރު އޭޕްރީލް މަހުގެ ތެރޭގަ އެވެ.

ކޮވިޑް-19އާ ހެދި ރާއްޖޭގެ ކުޅިވަރަށް އައި ހުއްޓުމުގެ ތެރޭގައި ލޯކަލް ވޮލީ މުބާރާތެއް ވެސް ބޭއްވޭ ގޮތެއްނުވި އެވެ.

އެންމެ ފަހުން ބޭއްވި ގައުމީ ފެންވަރުގެ އިންޑޯ ލޯކަލް ވޮލީ މުބާރާތަކީ 2020 ވަނަ އަހަރުގެ ކުރީކޮޅުގައި ބޭއްވި ގައުމީ ލީގާއި ގައުމީ މުބާރާތެވެ. އޭގެ ފަހުން ގައުމީ ލެވަލްގެ އިންޑޯ މުބާރާތްތަކުގެ ފެށުމަކީ މި އަހަރުގެ އެސޯސިއޭޝަން ކަޕެވެ. މިދިޔަ އަހަރު ވަނީ ބީޗް ވޮލީބޯޅައިގެ ގައުމީ މުބާރާތް ބާއްވައިފަ އެވެ.

އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރުން މި ވަގުތު ފުރުސަތު ލިބިފައި އޮތީ ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބް، ސްޕޯޓްސް ކްލަބް ސިޓީ އަދި ގުޑީސް ސްޕޯޓްސް ކްލަބް އެވެ.

އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރު ކުރިއަށްދާނީ އަންހެން އަދި ފިރިހެން ޑިވިޝަނުގައި ވެސް ހަ ޓީމެއް ހިމެނޭ ގޮތަށެވެ. އަންނަ އަހަރުގެ އެސޯސިއޭޝަން ކަޕުން ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންްޝިޕްގެ ޒޯން ޗެމްޕިއަން ޓީމުތަކަށް ފުރުސަތު ލިބޭނެ އެވެ. މިހާރު ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ އަތޮޅު ބުރުތައް ދަނީ ކުރިއަށެވެ. ފ. އަތޮޅުގެ މުބާރާތް ނިމިފައިވާއިރު، މި ވަގުތު ކުރިއަށްދަނީ ގދ. އަތޮޅުގެ މުބާރާތެވެ.

މި އަހަރުގެ ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޒޯން ބުރު ބާއްވައި ޗެމްޕިއަންކަން ކަނޑައެޅޭ ޒޯންތައް މި ފަހަރުގެ އެސޯސިއޭޝަން ކަޕަށް ވެސް ކޮލިފައިވާނެ ކަމަށް މީގެ ކުރިން ވީއޭއެމުން ވަނީ ބުނެފަ އެވެ. އެކަމަކު، މިހާރު އޮތްގޮތުން މި އަހަރުގެ އެސޯސިއޭޝަން ކަޕް ފެށުމުގެ ކުރިން އެއްވެސް ޒޯނެއްގެ ބުރު ކުޅެވުމުގެ ފުރުސަތު ކުޑަ އެވެ.

މި އަހަރުގެ ވީއޭއެމްގެ ކަލަންޑަރުގައި ލޯކަލް ވޮލީ ސީޒަންގެ އެހެން މުބާރާތްތައް ރޭވިފައިވާ ގޮތަށް ބަލާއިރު، ޖޫން ނުވަ ވަނަ ދުވަހު ގައުމީ ވޮލީ ލީގު ފަށާނެ އެވެ. އޭގެ ފަހުން ގައުމީ ވޮލީ ބޯޅަ މުބާރާތް ފަށާނީ ޖޫން މަހު 26 ވަނަ ދުވަހު އެވެ. ފޯރިގަދަ އިންޓަ ރިސޯޓް މުބާރާތް ޖުލައި ފަސް ވަނަ ދުވަހު ފަށާ ގޮތަށް ހިމަނާފައިވާއިރު، ސެޕްޓެމްބަރު މަހުގެ ތެރޭގައި ވޮލީބޯޅަ ޔޫތު ޗެމްޕިއަންޝިޕާއި އިންޓަ އޮފީސް/ކޮމްޕެނީ މުބާރާތް އޮންނާނެ އެވެ. އަދި އޮކްޓޫބަރު މަހުގެ ތެރޭގައި ބީޗްވޮލީބޯޅައިގެ އެސޯސިއޭޝަން ކަޕާއި ގައުމީ މުބާރާތް އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox