ފަގީރުންގެ ދަފްތަރު އެކުލަވާލައިފި، ލިސްޓުގައި ނުވަހާހަށް ވުރެ ގިނަ މީހުން

ވިލިމާލޭގައި އާންމުންތަކެއް: ރާއްޖޭގައި ފަގީރުންގެ ގޮތުގައި އެއްވެސް މީހަކު ރެޖިސްޓްރީ ނުކުރާ 42 ރަށެއް މިއަހަރު އޮތް. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވިލިމާލޭގައި އާންމުންތަކެއް: ރާއްޖޭގައި ފަގީރުންގެ ގޮތުގައި އެއްވެސް މީހަކު ރެޖިސްޓްރީ ނުކުރާ 42 ރަށެއް މިއަހަރު އޮތް. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރާއްޖޭގައި ފިތުރު ޒަކާތް ހައްގުވާ ފަގީރުންގެ ދަފްތަރު އިސްލާމިކް މިނިސްޓްރީން އެކުލަވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ، ފަގީރުންގެ ދަފްތަރު އެކުލަވާލައި ނިމުނުއިރު، ރާއްޖޭގައި 9،041 މީހަކު ފަގީރުންގެ ގޮތުގައި ރެޖިސްޓްރީކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އޭގެ ތެރެއިން 7،245 މީހުންނަކީ އަތޮޅުތެރެއިން ރެޖިސްޓްރީކުރި މީހުން ކަމަށެވެ. އަދި 1،796 މީހުންނަކީ މާލެ ސަރަހައްދުން ރެޖިސްޓްރީ ކުރި މީހުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ އިތުރުން ވެސް މި އަހަރު ރާއްޖޭގައި 42 ރަށަކުން އެއްވެސް މީހަކު ފަގީރެއްގެ ގޮތުގައި ރެޖިސްޓްރީކޮށްފައިނުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"1443 ވަނަ އަހަރު އެއްވެސް ފަގީރަކު ނެތް ކަމަށް އަޅުގަނޑުމެންނަށް ފަހަގަކުރެވިފަ އެބަހުރި 42 ރަށެއްގަ،" މިނިސްޓަރު ޒާހިރު ވިދާޅުވި އެވެ.

މިދިޔަ އަހަރު ފަގީރެއްގެ ގޮތުގައި އެއްވެސް މީހަކު ރެޖިސްޓްރީ ނުކުރާ 45 ރަށެއް އޮތެވެ. މިއަހަރު ފިތުރު ޒަކާތުގެ ނިސާބު ވެސް މިނިސްޓަރު މިއަދު އިއުލާންކުރެއްވި އެވެ.

titledesc

މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަތުމަށް އިސްލާމިކް މިނިސްޓްރީގެ ހޯލު ތައްޔާރުކުރަން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އޮންލައިން އެޕްލިކޭޝަންތައް މެދުވެރިކޮށްގެން މި އަހަރު ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފިތުރު ޒަކާތް ބަލައިގަތުމަށްޓަކައި އިސްލާމީ މަރުކަޒުގެ ހޯލު ތައްޔާރުކުރެވޭނެ. އިސްލާމީ މަރުކަޒުގެ ހޯލުން ފިތުރު ޒަކާތް ބަލައިގަތުމަށްޓަކައި މި ރާވަނީ ރަމަޝާން މަހުގެ ދެވަނަ ދުވަހުން ފެށިގެން،" ޒާހިރު ވިދާޅުވި އެވެ.

ފިތުރު ޒަކާތް ގޮވާމުން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޝާން މަހުގެ ފަހު ދިހައިން ފެށިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ހަމައެއާއެކު މި އަހަރު ފިތުރު ޒަކާތް ހުރިހާ ރަށަކުން ވެސް ނަގަން ހަމަޖެހިފައިވަނީ އެއް ރޭޓަކުންކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެހެން އަހަރުތަކާއި ކުޑަކޮށް ތަފާތުކޮށް، މިފަހަރު ފިތުރު ޒަކާތް ދައްކާ މީހާއަށް އެމީހަކު ބޭނުންވާ ރަށަކަށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމުތަކެއް ވެސް ރާވަމުންދާކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.

"މިސާލަކަށް ވަކި ރަށެއްގެ ބޭފުޅަކު މާލޭގަ ހުންނަވާފަ އެބޭފުޅަކު ބޭނުންވަނީ އެބޭފުޅެއްގެ ރަށަށް ފިތުރު ޒަކާތް ދައްކަން، އެހެންވެއްޖިއްޔާ އެ ރަށެއް އިހްތިޔާރުކުރެވޭ ގޮތަށް އަޅުގަނޑުމެން މި އިންތިޒާމު ހަމަޖައްސަނީ،" ޒާހިރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox