އިދިކޮޅު މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ހައްގުގައި ހުށަހެޅި މައްސަލަ ބަލައިނުގަތް

"އިންޑިއާ އައުޓް" ކެމްޕޭނުގެ ދަށުން ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާ ކޮންޓްރޯލްކުރުމަށް ފުލުހުން ޕެޕާ ސްޕްރޭ ބޭނުންކުރަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

"އިންޑިއާ އައުޓް" ކެމްޕޭނުގެ ދަށުން ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާ ކޮންޓްރޯލްކުރުމަށް ފުލުހުން ޕެޕާ ސްޕްރޭ ބޭނުންކުރަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިވެހި ފަސްގަނޑުގައި އިންޑިއާ ސިފައިން ގާއިމުވެތިބޭ ކަމަށް ތުހުމަތުކޮށް އެކަމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނުގެ ދަށުން މިދިޔަ ހުކުރު ދުވަހު މާލޭގައި ކުރި މުޒާހަރައިގެ ތެރެއިން ހައްޔަރުކުރި އިދިކޮޅު ސަޕޯޓަރުން ދޫކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ތަޅުމަށް ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރުމަށް ގޮވާލައި ޕީޕީއެމުން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން މިދިޔަ ހުކުރު ދުވަހު ބޭއްވި "ނޭވާ ހޮޅިއަށް" މުޒާހަރައިގެ ތެރެއިން ޖުމްލަ 17 މީހަކު ފުލުހުން ހައްޔަރުކުރި އެވެ.

އޭގެ ތެރޭގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ހިމެނެ އެވެ.

އެ އެންމެވެސް ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގަ އެވެ.

އެ މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 17 މީހުންގެ ތެރެއިން އަށް މީހަކު ދޫކޮށްލައިފައި ވާއިރު ބާކީ ތިބި ނުވަ މީހުންގެ ތެރެއިން ތިން މީހަކަށް ތިން ދުވަސް، ތިން މީހަކަށް ހަތް ދުވަސް އަދި ހަތަރު މީހަކަށް ދެ ދުވަހުގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ.

އެކަމާ ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ އެ މުޒާހަރާގެ ތެރެއިން 17 މީހަކު ހައްޔަރުކޮށް، ދޫނިދޫ ޖަލުގައި ބަންދުކޮށް ބިޑި އަޅުވާ އަނިޔާކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން ނުވަ މީހުން އަދިވެސް ބަންދުކޮށްފައިވަނީ ގާނޫނު އަސާސީން ލިބިދީފައިވާ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، ނިގުޅައިގަނެގެން ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެ އެވެ.

އެހެންކަމުން އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށާއި، ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށާއި، ސުލްހަވެރި އިހްތިޖާޖުގެ ތެރެއިން ހައްޔަރުކޮށްފައިތިބި އެންމެން މިހާރުން މިހާރަށް ދޫކޮށްލުމަށް އެ މައްސަލާގައި ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.

ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަނެ، ބަހުސްކުރަން ނުފެންނަކަމަށް ފާސްކުރީ 26 މެމްބަރުން ވޯޓާއެކު އެވެ. އެ ކުއްލި މައްސަލަ ބަލައިގަތުމާ އެއްކޮޅަށް ވޯޓު ދިނީ އެންމެ ތިން މެމްބަރުންނެވެ.

އެ ކުއްލި މައްސަލަ ބޭރުކޮށްލި ނަމަވެސް، މަޖިލީހުގެ ދެ މެމްބަރަކު ހައްޔަރުކުރުމުން، މަޖިލީހުގައި އޮންނަ އިޖުރާއަތްތަކާ އެއްގޮތަށް އަަމަލުނުކުރި މައްސަލަ ބަލައިދޭން އިދިކޮޅުން ވަނީ ހުށަހަޅައިފަ އެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އާދަމް ޝަރީފް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ އަނިޔާވެރިކޮށް ކަމަށެވެ. ހައްޔަރުކުރުމުގެ ކުރިން އެ ދެ މެމްބަރުންގެ މޫނަށް ޕެޕަސްޕްރޭ ޖަހައި، ދެއަތުގައި ބިޑިއެޅުވި ކަމަށާއި އެ ދެ މެމްބަރުން 24 ގަޑިއިރަށް ބަންދުކުރި ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނާއި ހަވާލާދެއްވައި އެ ސިޓީގައި އާދަމް ޝަރީފު ވިދާޅުވީ މެމްބަރަކު ހައްޔަރުކުރިކަމުގެ މައުލޫމާތު މަޖިލީހުގެ ރައީސަށް ލިބިވަޑައިގެންފި ނަމަ އެކަން ބަލަން މަޖިލީހުގެ އިމްތިޔާޒް [އަދި ސުލޫކު]ކޮމިޓީގެ މެމްބަރުން އެއްކުރަންވާނެ ކަމަށެވެ.

މަޖިލީހުގެ ގަވައިދާ ހަވާލާދެއްވައި އޭނާ ވިދާޅުވީ މެމްބަރަކު ބަންދުކުރަން ޖެހިގެން ބަންދުކުރިނަމަވެސް އެއްގަޑިއިރުގެ ތެރޭގައި މަޖިލީހަށް އަންގަން ޖެހޭނެ ކަމަށެވެ.

"ވީމާ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްްދާގެ (ށ) އަދި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 236 ވަނަ މާއްދާގެ (ށ) އެއްގޮތަށް އަމަލުކޮށްފައި ނުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ބައްލަވައިދެއްވުން އެދެމެވެ،" މަޖިލީހުގެ ރައީސަށް އާދަމް ޝަރީފް ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox