ޝަރުތުތަކަކާއެކު ޣައްސާންއާއި ސައީދު ދޫކޮށްލައިފި

އިއްޔެގެ މުޒާހަރާގެ ތެރެއިން މެމްބަރު ގައްސާން: އޭނާ ބަންދުން ދޫކޮށްލީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުމަށް ޝަތުރުކޮށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިއްޔެގެ މުޒާހަރާގެ ތެރެއިން މެމްބަރު ގައްސާން: އޭނާ ބަންދުން ދޫކޮށްލީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުމަށް ޝަތުރުކޮށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިދިކޮޅު ކޯލިޝަނުން އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ އިތުރުން، ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ޝަރުތުތަކަކާއެކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރުމަށް ގޮވާލައި ޕީޕީއެމުން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން އިއްޔެ ބޭއްވި "ނޭވާ ހޮޅިއަށް" މުޒާހަރައިގެ ތެރެއިން ޖުމްލަ 17 މީހަކު ފުލުހުން ހައްޔަރުކުރި އެވެ.

އެ އެންމެވެސް ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހަވީރު ކުރިއަށް ދިޔަ މުއްދަތު މަޖިލީހާ ގުޅިގެން، އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން ތަމްސީލުކުރި ދިފާއީ ވަކީލް މުހައްމަދު ރާގިބު ވަނީ ޝަރީއަތް ހިނގައިދިޔަ ގޮތް "އަދަދު" އާ ހިއްސާކޮށްފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތު ސާބިތުކުރަން ދައުލަތުން ހުށަހަޅާފައިވަނީ ދެ ފޮޓޯ އެކެވެ. އެއީ މުޒާހަރައިގެ ބައިވެރިން ހުއްޓުވުމަށް ފުލުހުން ޖަހާފައި ހުރި ބެރިކޭޑުގެ ފަހަތުގައި ތުހުމަތު ކުރެވޭ މީހުން ތިބި ފޮޓޯއަކާއި، އެ ބެރިކޭޑް ފޫދުއްވާލުމަށްފަހު ނުކުމެ ތިބި ފޮޓޯއެކެވެ. އެ ފޮޓޯއަށް ބާރުދިނުމަށްޓަކައި ޝަފަހީ ހެކިވެރިންވެސް ދައުލަތުން ހުށަހެޅިކަން އޭނާ ފާހަގަކުރެއްވި އެވެ.

ގާނޫނުގައިވާ ގޮތުން ބަންދުގައި ބެހެއްޓޭނީ އެމީހެއްގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ގެއްލުންވާނަމަ އެވެ. ނުވަތަ ހެއްކަށް ނުފޫޒު ފޯރުވާނެ ކަމުގެ އިހްތިމާލު އޮންނަ ނަމަ އެވެ. އެފަދަ ކަމެއް ގާޒީއަށް ފާހަގަކުރެވިފައި ނުވުމުން އެ ތިން މީހުންވެސް ދޫކޮށްލާފައި ވަނީ ތިން ޝަރުތަކާއެކު ކަމަށް ރާގިބު ވިދާޅުވި އެވެ.

ޝަރީއަތުން ކުރި ޝަރުތުތައް:

  1. ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުން
  2. މާލެއިން ބޭރަށް ފުރާނަމަ އެންގުން
  3. ފުލުހަށް ހާޒިރުވާން އަންގައިފި ނަމަ ހާޒިރުވުން

މި ތިން މީހުންގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްވެސް އިއްޔެ މުޒާހަރާ ފެށުމުގެ ކުރިން ހައްޔަރުކޮށްފައި ވެއެވެ.

މުޒާހަރާ ކުރުން ހުއްޓުވާނެ ކަމަށް ބުނެ ފުލުހުން ކުރިން އިންޒާރު ދީފައި އޮއްވާ އިއްޔެ ބޭއްވި އެ އެއްވުން ހަވީރު 4:00 ފެށިގެން ތިން ގަޑިއިރު ވަންދެން ކުރިއަށްގެންދިޔަ އެވެ. ބޮޑުތަކުރުފާނު މަގު ޕީޕީއެމް އޮފީސް ކައިރިން ހިނގާފައި ނިކުމެ ކާނިވާ ސަރަހައްދާ ހަމައަށް މުޒާހަރާގެ ބައިވެރިން ދިޔަ އެވެ. ފުލުހުން މުޒާހަރާގެ ބައިވެރިން ފުލުހުން ހުއްޓުވީ އެހިސާބުންނެވެ.

މުޒާހަރާ ފެށީ އިދިކޮޅު ލީޑާޝިޕުގެ ބައެއް ބައިވެރިން ޕީޕީއެމް ޖަގަހައިން ނުކުމެގެން ބޮޑުތަކުރުފާނު މަގުން އުތުރަށް ހިނގައިގަތުމާއެކުގަ އެވެ. އޭގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އެންމެ ކުރީ ސަފުގައި ތިއްބެވި އެވެ.

މުޒާހަރާގެ ބައިވެރިން އެބޭފުޅުންގެ ފަހަތުން ދިޔައީ "އިންޑިއާ އައުޓް" ޝިއާރުތައް ހަރު އަޑުން ގޮވަމުންނެވެ. މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް ފުލުހުން ޖަހާފައި ހުރި ބެރިކޭޑްތައް މުޒާހަރާގެ ބައިވެރިން ފަހަނައަޅައި ދިޔުމަށްފަހު ދިޔައީ ކާނިވަލާ ދިމާއަށެވެ.

"އިންޑިއާ އައުޓް، އިންޑިއާ ސިފައިންނަށް މިތާކު ނުތިބެވޭނެ. މިއީ ދިވެހި ފަސްގަނޑު،" މުޒާހަރާގެ ބައިވެރިޔަކު ދިޔައީ ގޮވަމުންނެވެ.

ކާނިވާ ކައިރިން ފުލުހުންގެ ސަފުތައް ފޫއަޅުވަން އުޅުމުގެ ތެރޭ ހަމަނުޖެހުންތަކެއް ހިނގާ ބައެއް މީހުން ހައްޔަރުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox