ބަންގްލަދޭޝް ސަޕޯޓަރުންގެ އެހީގައި ރާއްޖެ ބަލިކުރެވިދާނެ: ޖަމާލް

Mar 24, 2022, 6:52 AM
ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ރާއްޖޭގައި ގިނަ އަދަދަކަށް ބަންގްލަދޭޝް ސަޕޯޓަރުން އެބަތިބި ކަމަށާއި އެ މީހުންގެ އެހީއާ އެކު މިރޭ ކުޅޭ މެޗުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އަތުން ބަންގްލަދޭޝަށް މޮޅުވެވިދާނެ ކަމަށް އެ ޓީމުގެ ކެޕްޓަން ޖަމާލް ބުޔާން ބުނެފި އެވެ.

ބަންގްލަދޭޝާއި ރާއްޖެ ވަނީ މިދިޔަ އަހަރު ދެ ފަހަރު ބައްދަލުކޮށްފަ އެވެ. އޮކްޓޫބަރު މަހު މާލޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގެ މެޗުން ރާއްޖެ 2-0 އިން މޮޅުވި ނަމަވެސް އޭގެ އެއް މަސް ފަހުން ބަންގްލަދޭޝް އިން ވަނީ ސްރީ ލަންކާގައި ކުޅުނު ފޯ ނޭޝަންސް ކަޕްގައި ރާއްޖެ 2-1 އިން ބަލިކޮށްފަ އެެވެ. މިހާތަނަށް މާލޭގައި ބަންގްލަދޭޝް އަށް ރާއްޖެ ބަލިކުރެވިފައިނުވާއިރު، ޖަމާލް ބުނީ މިރޭގެ މެޗުގައި އެކަން ކުރަން ބަންގްލަދޭޝް ސަޕޯޓަރުންގެ އެހީ ބޭނުންވާނެ ކަމަށެވެ.

"ރާއްޖޭގައި ވެސް އަހަރެމެންނަށް މޮޅުވެވިދާނެ. އަހަރެމެން އެންމެނަށް އެނގޭ މިތަނުގައި (ރާއްޖޭގައި) ގިނަ ބަންގްލަދޭޝް މީހުން އުޅޭކަން އެ މީހުންގެ އެހީގައި މޮޅުވެވިދާނެ،" ބަންގްލަދޭޝްގެ ޓީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ޖަމާލް ބުންޏެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭން 2016 ވަނަ އަހަރު ސެޕްޓެމްބަރު މަހު މާލޭގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ރާއްޖޭގެ ސަޕޯޓަރުންނާއި ބަންގްލަދޭޝް ސަޕޯޓަރުންނަށް ވަކިން ޓިކެޓް ވިއްކާ އުސޫލެއް ތަންފީޒުވާގޮތަށް ހަމަޖެހިފައި ނެތްއިރު، އެ މެޗުގައި ދަނޑުފުރާލީ ބަންގްލަދޭޝް ސަޕޯޓަރުން ވަދެ އެވެ. އޭގެ ފަހުން، މިދިޔަ އޮކްޓޫބަރު މަހު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝާއި ރާއްޖެ ކުޅުނު މެޗުގައި ޓިކެޓް ވިއްކީ މުބާރާތުގެ ގަވާއިދުގައިވާ އުސޫލަށް ބަލައި، ބަންގްލަދޭޝް ސަޕޯޓަރުންނަށް 200 ޓިކެޓެވެ. އެ ފަހަރު ޓިކެޓްގެ މައްސަލަ ހޫނުވެ، ފަހުން ސޯޝަލް ސެންޓަރުގައި ވެސް ވަނީ ޓިކެޓް ވިއްކައިފަ އެވެ. އެކަމަކު، އެފްއޭއެމުން މިހާރު ނިންމާފައިވަނީ ބަންގްލަދޭޝްގެ އެދުމާ އެކީގައި މި ފަހަރު ވިއްކަން ހަމަޖެހިފައިވާ 5000 ޓިކެޓްގެ ތެރެއިން 500 ޓިކެޓް ބަންގްލަދޭޝް ސަޕޯޓަރުންނަށް ވިއްކުމަށެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަމާލް ވަނީ އެފްއޭއެމްގެ ފަރާތުން އިލްތިމާސެއްކޮށް، ބަންގްލަދޭޝް ސަޕޯޓަރުންނަށް ވެސް ފުރުސަތު ދޭން އެދޭ ކަމަށް ބުނެފަ އެވެ.

"ތެދަށް ބުނަންޏާ އަހަރެން އުންމީދުކުރަނީ ބަންގްލަދޭޝް މީހުންނަށް ވެސް ރާއްޖޭގެ ފެޑެރޭޝަނުން (އެފްއޭއެމް އިން) ފުރުސަތު ދޭނެ ކަމަށް މެޗަށް ވަންނަން. ކުރިން ފަހަރު ހެން މި ފަހަރު ނުވާނެ ކަމަށް މި ބަލަނީ. ޔަގީނުން ވެސް މިއީ ރާއްޖޭގެ ހޯމް ދަނޑު. އަހަރެމެން އެންމެނަށް ވެސް އެނގޭ ވަރަށް ގިނަ ބަންގްލަދޭޝް މީހުން ރާއްޖޭގައި އުޅޭކަން. އެ މީހުން މެޗު ބަލަން ވެސް ބޭނުންވާނެ. އެންމެ ފަހުން އަހަރެމެން ރާއްޖޭގައި ކުޅުނުއިރު ވަރަށް ގިނަ މީހުން ޝަކުވާކުރި އެ މީހުން ޓިކެޓް ގަނެފައި ވެސް މެޗު ބަލަން ނުވަދެވުނު ކަމަށް. އެއީ ރަނގަޅު ގޮތެއް ނޫން،" ކުރިން ސައިފް ސްޕޯޓިން ކްލަބާ އެކު އޭއެފްސީ ކަޕްގައި ރާއްޖެ އައި ޖަމާލް ބުންޏެވެ.

މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕްގައި ގަވާއިދު ހެދީ ރާއްޖޭގެ ސަޕޯޓަރުންނަށް ހާއްސަ ފަޅިން ބަންގްލަދޭޝް މީހުން ޓިކެޓް ގަތް ނަމަވެސް މެޗު ބަލަން ނުވައްދާގޮތަށެެވެ. އެއީ ސަލާމަތީ ސަބަބުތަކަށް ބެލުމަށް ފަހު އެވެ.

ބަންގްލަދޭޝް އިން އެންމެ ފަހުން ރާއްޖެއާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ނުކުތީ ތަފާތު ދެ ކޯޗުންނާ އެކު އެވެ. ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް ކޯޗަަކަށް ހުރީ ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކުރިން އިރުޝާދުދިން ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން އެވެ. ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް އިން ރާއްޖެ ބަލިކުރިއިރު، ކޯޗަކީ ޕޯޗުގީސް ކޯޗު މާރިއޯ ލެމޯސް އެވެ. މި ފަހަރު ބަންގްލަދޭޝް އަށް ކޯޗުކޮށްދޭނީ މިދިިޔަ ޖެނުއަރީ މަހު ހަވާލުވި ސްޕެއިނުގެ ހަވިއޭ ކަބްރޭރާ އެވެ.

ޖަމާލް ބުނީ ތަފާތު ތިން ކޯޗުންނާ އެކު ކުރު މުއްދަތެއްގައި މަސައްކަތްކުރަން ޖެހުނު ކަމުގައި ވިޔަސް ކުޅުންތެރިންނަށް މީގެ މާ ބޮޑެތި އުނދަގޫތަކެއް ހުންނާނެ ކަމަށް ނުދެކޭ ކަމަށެވެ. އަދި ކަބްރޭރާއާ އެކު މިދިޔަ ތިން ހަތަރު ދުވަހު ކުރި ޓްރެއިނިންތަކާއި ބޭއްވި ޓެކްޓިކަލް ސެޝަންތަކުގައި ދަސްވި ކަންތައްތަކަށް ބަލާއިރު މިރޭގެ މެޗުގައި ވެސް ރަނގަޅަށް ކުޅެވޭނެ ކަަމަށް ޖަމާލް ވަނީ ބުނެފަ އެެވެ.

މި މަހުގެ އިންޓަނޭޝަނަލް ބްރޭކުގައި ރާއްޖެ އާއި މޮންގޯލިއާ ދެކޮޅަށް ކުޅޭ މެޗަށް ބަންގްލަދޭޝް އިން ނެގި ސްކޮޑުގައި މުހިންމު ބައެއް ކުޅުންތެރިން ނެތްއިރު، އާ ކުޅުންތެރިންތަކަށް ވަނީ ފުރުސަތު ދީފަ އެވެ. ސްކޮޑުގައި ނެތް ކުޅުންތެރިންނަށް ބަލާއިރު، އަނިޔާގެ ސަަބަބުން ކުޅުމާ ދުުުރުގައި ހުރި އިތުބާރު ޑިފެންޑަރު ޓޯޕޫ ބަރްމަން އާއި މުހައްމަދު ރިދޯއިގެ އިތުރުން މި ވަގުތު ފޯމު ދަަށްވެފައިވާ ކަމަށް ބުނެ، ޓީމުން ބާކީ ކުރި ޔާސީން ހާން، ސާދުއްދީން އަދި މަހުބޫބް ރަހްމާން އަކީ މީގެ ކުރިން ގަވާއިދުން ޖާގަ ހޯދަމުން އައި ކުޅުންތެރިންނެވެ.

ގަލޮޅު ދަނޑުގައި ރާއްޖެ އާއި ބަންގްލަދޭޝް ވާދަކުރާ އެކުވެރިކަމުގެ މެޗު މާދަމާރޭ ފަށާނީ ރާއްޖެ ގަޑިން 21:00 ގައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox