ފުލުސް މީހާ ދެއްކި އާދަޔާ ހިލާފު ހިތްވަރަށް ތައުރީފު

ސިނަމާލެ ބުރިޖު ސަރަހައްދުގައި ޓްރެފިކް ފުލުހަކު ހަރަކާތްތެރިވަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސިނަމާލެ ބުރިޖު ސަރަހައްދުގައި ޓްރެފިކް ފުލުހަކު ހަރަކާތްތެރިވަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެކްޝަން ފިލްމު ތަކުން މޭމަތި އުޑަށް ދިއްކޮށްގެން އަވި އައިނު ހޫރަމުން، ކުރިމައްޗަށް ވެއްޓޭ ހޮޅި، ދަގަނޑު މަތިން "އުނދުހެމުން" ރޭސް ޖަހާފައި ގޮސް ކުށްވެރިޔާ ހިފައި ހައްޔަރުކުރާ ޔުނިފޯމު އެޅި ފުލުހުން ދެކެމެވެ. އެހީ ހިޔާލީ ދުނިޔެއިން ޕްރޮޑިއުސަރުން ނެރެ ދައްކާ ހަގީގަތެއް ނެތް މަންޒަރެއްކަން ވެސް އެނގެ އެވެ. އެކަމަކު އަސްލު ދިރިއުޅުމުގައި ވެސް އެކަހަލަ "ހީރޯ" ފުލުހުން އުޅޭނަމައޭ އަބަދު ހިތަށް އަރައެވެ.

ސުވާލަކީ، އެފަދަ މަންޒަރެއްގައި ދައްކާ އިސްޓައިލުގައި ދިވެހި ޔުނިފޯމު އެޅި ފުލުހަކު ހަގީގަތަށް ފެނިއްޖެ ނަމަ ވަކިކުރަން އެނގޭނެ ހެއްޔެވެ؟ ނުވަތަ ވަކި ކުރާނީ ކިހިނެއް ހެއްޔެވެ؟

މިއަދަކީ މި ސުވާލެއްގެ ޖަވާބު ހޯދަން ހަމަ އެންމެ މުނާސަބު ދުވަހެކެވެ. އިހަށް ތުން އޫ ކޮށްފައި މި ހަބަރު "ލައްޕާލު"މުގެ ކުރިން، މި ދަމާ ހާސަރެއްގެ ހަގީގީ މަންޒަރު މިއަށްވުރެ ވެސް ތިލަކޮށް ދޭނަމެވެ.

Advertisement

މިއަދު މެންދުރެއް ހާއިރު ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއެކެވެ. ފެންނަނީ، ދިވެހި ޔުނިފޯމުގައި ހުރި މެދު އުމުރުގެ ފިރިހެނެކެވެ. ސްޕީޑު ބާރުކުރަމުން ލައިގަންނަ މީހުންގެ ކިބައިން ރެކެމުން އޭނާ ދުވަނީ، އެއަށްވުރެ ބާރު ސްޕީޑުގައި ކުރިމަތީގައި ހުރެ ދުވަމުން ދިޔަ އިސްކޮޅުން ދިގު، ހިކި، ޒުވާން ފިރިހެނެއްގެ ފަހަތުންނެވެ. އޭނާ އަތުލައިގަނެ ހައްޔަރުކުރުމަށެވެ. އެ ދާ ގޮތަށް ދެމީހުން ވަންނަނީ އުސްކޮށް އިމާރާތްކޮށްފައި ހުރި މާލޭގެ ގެއެއްގެ ތެރެއަށެވެ.

މިހައި ހިސާބުން ވެސް މި ރޭސް "މޯޅިއެއް" ނުވެ އެވެ. ފަހަރަކު ސިޑިއެއް ފަހަތަށް ލަމުން މާނޭވާ ލަމުން، އިރުކޮޅަކާ މަޑު ވެސް ޖެހެމުން ގޮސް، ސިޑީގެ ވަކި ހިސާބަކަށް އެރުނު ތަނާ، ފުލުސް މީހާއަށް އޭނާގެ "ކުށްވެރިޔާ" އަތުލައިގަނެވެ އެވެ. އެއާއެކު، އަނެއްކާ ވެސް ވެފައި ހުރި ވަރުބެއްޔެއް "ފޮޅާލާފައި" ނިކަން ހުށިޔާރުކަމާ އެކު ހިފައިގަނެފައި "ކުށްވެރިޔާ" ގެ ދެއަތް ފުރަގަހަށް ލައި ބިޑި އަޅުވައިގެން ގެންދެ އެވެ.

މި ވީޑިއޯ ދައުރުވާން ފެށުމުން އެއް ބަޔަކަށް ހީވީ އެއީ ކުޅެފައިވާ "ފޭކު" މަންޒަރެކޭ އެވެ. އަނެއް ބަޔަކު، ވަކި ގޮތެއް ނުނިންމައި (ހަގީގަތް ގަބޫލުކުރަން ދަތިވެފައި) ތިބެ ކޮށްލީ ކޮންމެވެސް މަޖާ ކޮމެންޓެކެވެ. ގިނަ ބަޔަކު ކުރީ އެންމެން ވެސް ޖަވާބު އެނގެން ބޭނުންވި ސުވާލެވެ.

މިއީ އަސްލު މަންޒަރެއް ހެއްޔެވެ؟

މި ޖަވާބެއް ހޯދަން ދިވެހި ފުލުހުންނަށް ގުޅުމުން ކަން ވީގޮތް ކިޔައިދިނެވެ.

ދައުރުވަމުން ދާ ވީޑިއޯގައި ފެންނަނީ އިއްޔެ ހިނގި ކަމެއްގެ ކަން ހިނގައިދިޔަ "އަސްލު" މަންޒަރެވެ. ވީގޮތަކީ، އިއްޔެ މެންދުރު 12:30 ހާއިރު ފުލުހުން ޗާންދަނީ މަގުގައި ޕެޓްރޯލް ކުރަމުން ދިޔައިރު، ވަގަށް ނަގާފައިވާ ކަމަށް ޝައްކުކުރެވޭ ފޮށިގަނޑެއް ހިފައިގެން އުޅުނު ދިވެހި ފިރިހެނަކު ފެނިގެން އޭނަ ގާތުގައި މަޑުކުރަން ބުނުމުން، މަޑު ނުކޮށް ދުއްވައިގަތުމުން އޭނާ ހިފަހައްޓަން ދިވެހި ފުލުހަކު މަސައްކަތް ކުރީ އެވެ. އަދި އަތުލައިގަނެގެން އެމީހާ ގެންގޮސް މިހާރު އެ މައްސަލަ ތަހުގީގުކުރަން ވެސް ފަށައިފި އެވެ.

ކޮންމެއަކަސް، ވީޑިއޯ އިން ފެންނަ ފުލުހުންގެ މީހާ ދެއްކި ހުށިޔާރު ކަމަކީ އޭނާގެ އަސްލު ހިތްވަރެވެ. ތައުރީފު ހައްގު ހިތްވަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox