ޕާޓީތަކުން ބުނަނީ މެމްބަރުން ހަމަކުރާނެ ކަމަށް، އުވިގެން ދިޔުމުގެ ބިރެއް ނެތް

(ކ-ވ) ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރު، އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އަދި އެމްޓީޑީގެ ލީޑަރު އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު،: ހުރިހާ ޕާޓީތަކުން ވެސް ބުނަނީ އިލެކްޝަންސްގެ އެންގުމާ އެއްގޮތަށް މެމްބަރުން ހަމަކުރާނެ ކަމަށް -- ފޮޓޯ: ފައިލް

(ކ-ވ) ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރު، އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އަދި އެމްޓީޑީގެ ލީޑަރު އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު،: ހުރިހާ ޕާޓީތަކުން ވެސް ބުނަނީ އިލެކްޝަންސްގެ އެންގުމާ އެއްގޮތަށް މެމްބަރުން ހަމަކުރާނެ ކަމަށް -- ފޮޓޯ: ފައިލް

މެމްބަރުން ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދީފައި އޮތް މުއްދަތުގެ ތެރޭގައި މަދުވެގެން 3000 މެމްބަރުން ހަމަކުރެވޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އުވާލާނެކަމުގެ އިންޒާރު ލިބުނު ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

އީސީން ވަނީ 3،000 މެމްބަރުން ހަމަނުވާ ހަތަރު ޕާޓީއަކަށް ނޯޓިސް ދިނުމަށް ނިންމައިފަ އެވެ. އެ ހަތަރު ޕާޓީއަކީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަދި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އެވެ. އެ ތިން މަސް ދުވަހުގެ ތެރޭގައި މެމްބަރުންގެ އަދަދު ފުރިހަމަނުކޮށްފިނަމަ، އެ ޕާޓީތައް އުވާލެވޭނެ އެވެ.

އީސީގެ ނޯޓިހާ ގުޅިގެން ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އަލީމް ވިދާޅުވީ މިހާރު ވެސް އެޕާޓީން ދަނީ 1،000 މެމްބަރުން އެޕާޓީއަށް އިތުރުކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި އީސީން ފޯމުތައް ޕްރޮސެސް ކުރުމުގަައި ލަސްތަކެއް ހުރުމުން އެ ޕާޓީގެ ގިނަ ފޯމުތައް ޕްރޮސެސް ނުވެ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އިއްޔެ ލިބުނީ ނޯޓިސް. ނޯޓިސް ދިނަސް ޕާޓީ އުވިދާނެކަމުގެ އެއްވެސް ބިރެއް ނެތް. އަޅުގަނޑުމެން މިދަނީ މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުން. ހަމަކުރެވޭނެކަމުގެ ޔަގީންކަން އެބަ އޮތް،" އަލީމް ވިދާޅުވި އެވެ.

އަލީމް ވިދާޅުވީ ޕާޓީގެ ދަފްތަރުގައި މީގެ ކުރިން 3،000 މެމްބަރުން ތިބޭނެ ކަމަށެވެ. ނަމަވެސް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމާއެކު އެމްއާރުއެމްގެ ވަރަށް ގިނަ މެމްބަރުން އެމްއެންޕީއަށް ސޮއިކުރިކަމަށް އީސީގައި އޮންނަ ޕާޓީ ދަފްތަރުން ދައްކާކަމަށް އޭނާ ވިދާޅުވި އެވެ.

"800 އެއްހާ މީހުން އުޅޭ އެހެން. އަޅުގަނޑުމެން ގުޅިން އެ މެމްބަރުންނަށް. އެމީހުންނަށް އެނގިގެން ވީ ކަމެއް ނޫން އެއީ. އެމީހުން ބުނި ސޮއި ނުކުރަމޭ. ދެން އޭގެ ދެބައިކުޅަ އެއްބައި މިހާރު ވެސް އަލުން އެމްއާރުއެމްއާ ގުޅެން ފޯމު ފުރާފަ ވަނީ،" އަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެމްބަރުން އެހެން ޕާޓީއަކަށް ގެންދިޔައީ ކިހިނެތް ކަމެއް އެމްއާރުއެމަށް ހޯދިފައިނުވާ ކަމަށެވެ. އަދި އީސީން އެފަދަ މައްސަލަ ބެލުމުގެ އުސޫލެއް ވެސް ނުގެންގުޅޭކަމުގެ މައުލޫމާތުދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އީސީގެ ނޯޓިހާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ވެސް ބުނީ އެ ޕާޓީންވެސް 1،000 ފޯމު އީސީއަށް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށެވެ. އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަޝްރަފު ވިދާޅުވީ އެމްޓީޑީއަށް މެމްބަރުންގެ އަދަދު ހަމަކުރެވޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"އެމްޓީޑީން މިހާރުވެސް އިތުރު ފޯމްތައް ހުށަހަޅަން މިދަނީ ތައްޔާރުވަމުން، މެމްބަރުންގެ އަދަދު ފުރިހަމަކޮށް ކުރިއަށް ދާނީ. އުވިއެއް ނުދާނެ މި ފިކުރެއް،" އަޝްރަފް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ އަދަދުތައް ދައްކައިދޭ ޗާޓެެއް. ފޮޓޯ: އަދަދު
ސިޔާސީ ޕާޓީތަކުގެ އަދަދުތައް ދައްކައިދޭ ޗާޓެެއް. ފޮޓޯ: އަދަދު

ސިޔާސީ ޕާޓީތަކުގެ އަދަދުތައް ދައްކައިދޭ ޗާޓެެއް. ފޮޓޯ: އަދަދު

ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ އީސީން އެ ނޯޓިސް ދިނީ ޑީއާރުޕީ އެއީ މާ ބޮޑު އަދި ވަރުގަދަ ޕާޓީއަކަށްވާތީ ކަމަށެވެ. އަދި ޑީއާރުޕީ އުވިގެން ނުދާނެކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

"މިހާރު އުޅޭނެ 2،800 ކޮންމެވެސް ވަރަކަށް މެމްބަރުން. ފޯމުތައް ލަމުން މިދަނީ. އިރުކޮޅަކުން ބުނާނެ މާ ގިނަ ވެއްޖެއޭ. އަދި 150 ވަރަކަށް ފޯމު ކަންނޭނގެ ލާން ޖެހޭނީ. އާ މެމްބަރުން ހޯދުމުގެ މަސައްކަތް މި ކުރަނީ" ޖާބިރު ވިދާޅުވި އެވެ.

ޑީއާރުޕީއަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފައްދަން ފެށިއިރު އެމްޑީޕީއާއެކު ދެން އެންމެ މެމްބަރުން ގިނަ ޕާޓީކަން ފާހަގަކުރެވެ އެވެ. އެޕާޓީ އެންމެ ފުރަތަމަ އުފައްދައިގެން އުޅުނު ދުވަސްވަރު އެޕާޓީގައި 30،000 މެމްބަރުން ތިއްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox