ޓީޓީ ތަރި ޒޯރާންއާ އެކު ރާއްޖޭގެ ކުޅުންތެރިންނަށް ވަގުތުކޮޅެއް

ޓީޓީ ތަރި ޒޯރާންއާ އެކު ރާއްޖޭގެ ކުޅުންތެރިންނަށް ވަގުތުކޮޅެއް

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022" އަށް ރާއްޖެ އައި ޓޭބަލް ޓެނިސްގެ ކުރީގެ ދުނިޔޭގެ ޗެމްޕިއަން ކްރޮއޭޝިއާގެ ޒޯރާން ޕްރިމޯރަކް ރާއްޖޭގެ ޓޭބަލް ޓެނިސް ކުޅުންތެރިންނާ ބައްދަލުކޮށް، މުހިންމު ތަޖުރިބާތަކެއް ހިއްސާކޮށްދީފި އެވެ.

ސްޕޯޓްސް އެވޯޑްސް އައި ދުނިޔޭގެ ކުޅިވަރުގެ ތަރިންވަނީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށް ޒިޔާރަތްކޮށް ކުޅުންތެރިންނާއި ބައްދަލުކޮށް އެ ކުޅުންތެރިންނަށް ހިތްވަރު ދީފަ އެވެ. އެވޯޑަށް އައި ތަރިންގެ ތެރެއިން ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް، ދުނިޔޭގެ ބިލިއާޑް ޗެމްޕިއަން އަލްބިން އޫޝާން، ލަންކާގެ ގައުމީ ނެޓްބޯޅަ ޓީމްގެ ކުރީގެ ކެޕްޓަން ތަރިޖިނީ ސިވަލިންގަމް އަދި ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ)ވެސް ވަނީ ރާއްޖޭގެ އެތުލީޓުންނާ އެކު ވަގުތުކޮޅެއް ހޭދަކޮށް ތަޖުރިބާ ހިއްސާ ކޮށްފަ އެވެ.

ރާއްޖޭގެ ޓީޓީ ކުޅުންތެރިންނާއި، ދުނިޔޭގެ ޓީޓީ ތަރި ޒޯރާން ބައްދަލުކުރުން އޮތީ ހުޅުމާލޭ ޓީޓީ ހޯލުގަ އެވެ.

ޓީޓީ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޒޯރާން ވަނީ އޭނާގެ ކުޅުމުގެ ތަޖުރިބާ ރާއްޖޭގެ ކުޅުންތެރިންނާއި ހިއްސާކޮށް ކުޅުންތެރިންގެ ސުވާލުތަކަށް ވެސް ޖަވާބު ދީފަ އެވެ. މީގެ ތެރޭގައި ކެރިއަރުގައި ބޭނުންހިފޭނެ މުހިންމު ކަންތައްތަކާ ގުޅޭ ސުވާލުތަކަށް ވެސް ޒޯރާން ވަނީ ޖަވާބު ދީފަ އެވެ

މީގެ އިތުރުން ރާއްޖޭގެ ގައުމީ ޓީމްގެ ބައެއް ކުޅުންތެރިންނާ އެކު ކުރު ޓްރެއިނިން ސެޝަނެއް ވެސް ކުރިއަށް ގެންދިޔަ އެވެ.

މިސެޝަންގައި ގައުމީ ޓީމުގެ މުހިންމު ގިނަ ކުޅުންތެރިން ބައިވެރިވި އެވެ. އޭގެ ތެރޭގައި މިވަގުތު ރާއްޖެ އައިސްހުރި އަންހެން ޓީޓީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ، ޒުވާން ތަރި، ރަފާ ނާޒިމް، ފިރިހެން ޗެމްޕިއަން މޫސާ މުންސިފް އަދި ޝައްފާން އިސްމާއިލް ހިމެނެ އެވެ.

މި އިވެންޓަށް ފަހު ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އިސްވެރިންނާ އެކު މަޝްވަރާ ބައްދަލުވުމެއް ވެސް ބޭއްވި އެވެ.

ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް ވެސް ހިމެނި ވަޑައިގަންނަވާ ގޮތަށް މާގިރި ހޮޓަލްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރާއްޖޭގެ ޓީޓީގެ ކުރިއެރުމަށް ކުރެވޭނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.

ޒޯރާން، 52 އަކީ ހަތް އޮލިމްޕިކްސް އިވެންޓްގައި ވާދަކުރި މަދު އެތުލީޓުންގެ ތެރެއިން އެކަކެވެ. އޭނާ ވަނީ 1998 ވަނަ އަހަރު ޓޭބަލް ޓެނިސްގެ ދުނިޔޭގެ ރޭންކިންގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. ކާމިޔާބު ކެރިއަރުގައި 25 އަށް ވުރެ ގިނަ މެޑަލް ހޯދި ޒޯރާން އަކީ ޓީޓީގެ ލެޖެންޑެކެވެ.

ކެރިއަރު ނިންމާލުމަށް ފަހު ވެސް ޓީޓީ އަށް އެކި ހިދުމަތްތައް ކޮށްދެމުން އަންނަ ޒޯރާން ވަނީ 2018 ވަނަ އަހަރު އިންޓަނޭޝަނަލް ޓީޓީ ފެޑެރޭޝަންގެ އެތުލީޓްސް ކޮމިޝަންގެ ޗެއާ އަކަށް އިންތިހާބުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox