ހުލާސާކޮށް އިއްޔެ: ޓެެރަރިޒަމްގެ ދައުވާތަކަށް ނާޒިމް އިންކާރުކުރުން

ޓެރެރިޒަމްގެ ތުހުމަތުވާ ނާޒިމް ޝަރީއަތުގެ އަޑުއެހުމެއްގެ ތެރެއިން: އޭނާ އިއްޔެގެ އަޑުއެހުމަށް ހާޒިރުވީ ވަކީލަކާ ނުލާ -- ފޮޓޯ: ސްރީން ކެޕްޗާ

ޓެރެރިޒަމްގެ ތުހުމަތުވާ ނާޒިމް ޝަރީއަތުގެ އަޑުއެހުމެއްގެ ތެރެއިން: އޭނާ އިއްޔެގެ އަޑުއެހުމަށް ހާޒިރުވީ ވަކީލަކާ ނުލާ -- ފޮޓޯ: ސްރީން ކެޕްޗާ

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައިގެން ދިން ޓެރަރިޒަމް ހަމަލާއަށްފަހު، ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި މާލޭން ހައްޔަރު ކުރި އއ. މާޅޮސް، އަސަރީގެ މުހައްމަދު ނާޒިމްއަށް ކުރާ ޓެރެރިޒަމްގެ ދައުވާތަކަށް އިންކާރުކުރީ އިއްޔެ އެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު، ނަޝީދު ދިރިއުޅުއްވާ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ސައިކަލެއްގައި ހަރުކޮށްގެން ބޮމެއް ގޮއްވައިލި ހާދިސާއާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި ނާޒިމްއާއެކު ދެ މީހަކު ހައްޔަރު ކުރި އެވެ. އެއީ ދަފްތަރު ނަންބަރު 1326 ހަސަން ޔާސީން އަދި ހުޅުމާލެ ފްލެޓް 07-3-56 މުހައްމަދު ޒޫމާލް ޒަރީރު އެވެ.

އެއް ދައުވާ ފޯމަކުން މައްސަލަ ހުށަހަޅާފައިވާ މި ތިން މީހުންގެ މައްޗަށް ވެސް ދައުލަތުން ކުރަނީ ޓެރެރިސްޓް ޖަމާއަތަކަށް ތާއިދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ދައުވާ އެވެ. އެހެން ނަމަވެސް އިބްތިދާއީ މަރުހަލާގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ވަކިވަކިންނެވެ.

ކްރިމިނަލް ކޯޓުގައި އިއްޔެ ކުރިއަށް ދިޔަ ނާޒިމްގެ އަޑުއެހުމުގައި އޭނާގެ މައްޗަށް ކުރާ ދައުވާތައް ދައުލަތުން އިއްވި އެވެ. އޭނާއަށް ތުހުމަތު ކުރަނީ އިސްލާމީ ހަރުކަށި ފިކުރާއެކު ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ބިރުވެރި ހަމަލާއެއް ރޭވިކަމެވެ. ނަމަވެސް އެ ހަމަލާ ކާމިޔާބުނުވީ ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ދައުލަތުން ބުނެ އެވެ.

އެގޮތުން ހުޅުމާލޭގައި ދިރިއުޅެމުން އަންނަ ނާޒިމްގެ އެޕާޓްމެންޓް ބަލާފާސްކުރިއިރު، ޕެންޑްރައިވް އެއް ފެނުނު ކަމަށާއި، އޭގައި ޓެރެރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސްގެ ވީޑިއޯތަކާއި ލިޔުންތައް ފުލުހުންނަށް ފެނިފައިވާ ކަމަށް ދައުލަތުގެ ދައުވާގައި ފާހަގަކުރި އެވެ. އެހެންވެ ޓެރަރިޒަމް މަނާކުރާ ހާއްސަ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް އުފުލާފައި ވަނީ ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާކަން ދޭހަވާފަދަ ފޮޓޯއެއް، ނުވަތަ ލިޔުމެއް ނުވަތަ ކުރެހުމެއް ގެންގުޅުނު ކަމުގެ ދައުވާ އެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ، ކުށުގެ ބޮޑުކުޑަމިނަށް ބަލައި 1-3 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

"އަޅުގަނޑުގެ ޕެންޑްރައިވްއެއް އެބުނާ ތަނަކު ނޯންނާނެ،" ދައުވާއަށް އިންކާރު ކުރަމުން ނާޒިމް އިއްޔެ ބުންޏެވެ.

ވަކީލެއް އައްޔަން ކުރުމުގެ ފުރުސަތު ދިން ނަމަވެސް، ހަތަރު މަސް ދުވަސްފަހުން އިއްޔެ ބޭއްވި އަޑުއެހުމަށް ވެސް އޭނާ ހާޒިރުވީ ވަކީލަކާ ނުލަ އެވެ. އެހެންވެ އޭނާއަށް ކުރާ ދައުވާ އިއްވުމުގެ ބައި ކުރިއަށް ގެންދިއުމަށް ގާޒީ ހަސަން ސައީދު ނިންމެވީ ވަކީލެއް އައްޔަންކުރުމަށް އެކަށީގެންވާ ވަރަށް ވުރެ ދިގު މުއްދަތެއް ދެވިފައި ވާތީ އެވެ.

ނަމަވެސް ދައުވާއަށް ޖަވާބުދާރީވުމާއި، ހެކި ހާމަކުރުމުގެ ބައި އެހެން ދުވަހަަކަށް ފަސްކުރީ ވަކީލަކު އައްޔަން ކުރަން އިތުރު ތިން ދުވަހުގެ ފުރުސަތެއް ދެމުންނެވެ.

ގާޒީ އިއްޔެ ވިދާޅުވި ގޮތުގައި އެ މުއްދަތުގެ ތެރޭގައި ވަކީލެއް ނުލިބެއްޖެ ނަމަ، މެއި 22 ގައި އޮންނަ އަޑުއެހުން ވެސް ކުރިއަށް ގެންދާނީ ދިފާއީ ވަކީލެއްގެ އެހީއާ ނުލަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ހުޅުމާލޭގައި 2019 ވަނަ އަހަރުގެ ފަހުކޮޅު ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި ގާސިމް ހަސަން, 59, ގެ މަރުގެ މައްސަލަ އަވަހަށް ނިންމައިދިނުމަށް އެ މައްސަލައިގައި ދައުވާ ލިބޭ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު ޝަރީއަތުގައި އެދުނީ އިއްޔެ އެވެ.
  • ސީލައިފް ފްލެޓްތަކުގެ މައްސަލާގައި ހިޔާނާތްތެރިވިކަމުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ އިއްޔެ އެވެ.
  • ހަރުކަށި ފިކުރު ހުއްޓުވުމަށް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ދެނެގަތުމުގެ މަޝްވަރާތައް އެޓާނީ ޖެނެރަލްގެ އޮފީހުން ފެށީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ގދ. ތިނަދޫ އިން 1962 ވަނަ އަހަރު މީހުން ބޭލި މައްސަލައިގައި އިންތިގާލީ އިންސާފުގެ އޮފީހުން ކުރިއަށް ގެންދާ އަޑުއެހުންތަކަށް ބަޔާން ދެމުން އެ ރަށު ހަސަންދީދީ ބުނީ:

"މިކަމުގެ ސަބަބުން އުޅޭނެ ތަނެއް ނުލިބިގެން، އަމިއްލަ މުދަލާއި އަމިއްލަ ގެދޮރު ހުރި އަމިއްލަ ރަށުގައި ރެފިއުޖީންގެ ގޮތުގައި އުޅެ މަރުވެގެން ދިޔަ އެތައް ބަޔަކު އުޅުނު،"

ދުވަހުގެ ފޮޓޯ

ގދ. ތިނަދޫ ރަޝީދާ އިބްރާހީމް އެ ރަށުން 1962 ގައި މީހުން ބޭލުމުގެ ކުރިން ހުރި އޭނާގެ އާއިލާގެ ގެތަކުގެ ފޮޓޯ ދައްކައިލަނީ: އޭނާ ދިރިއުޅުނީ ތިނަދޫގައި އެންމެ ތަނަވަސްކޮށް ހަދާފައި ހުރި އެއް ގޯތީގައި. ރަށުން މީހުން ބޭލި އިރު ގެއްލުނު މުދަލުގެ ތަފްސީލު ބައެއް މީހުން އަތުގައި ލިޔެ ރައްކާކޮށްފައި އެބަހުރި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ގދ. ތިނަދޫ ރަޝީދާ އިބްރާހީމް އެ ރަށުން 1962 ގައި މީހުން ބޭލުމުގެ ކުރިން ހުރި އޭނާގެ އާއިލާގެ ގެތަކުގެ ފޮޓޯ ދައްކައިލަނީ: އޭނާ ދިރިއުޅުނީ ތިނަދޫގައި އެންމެ ތަނަވަސްކޮށް ހަދާފައި ހުރި އެއް ގޯތީގައި. ރަށުން މީހުން ބޭލި އިރު ގެއްލުނު މުދަލުގެ ތަފްސީލު ބައެއް މީހުން އަތުގައި ލިޔެ ރައްކާކޮށްފައި އެބަހުރި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ގދ. ތިނަދޫ ރަޝީދާ އިބްރާހީމް އެ ރަށުން 1962 ގައި މީހުން ބޭލުމުގެ ކުރިން ހުރި އޭނާގެ އާއިލާގެ ގެތަކުގެ ފޮޓޯ ދައްކައިލަނީ: އޭނާ ދިރިއުޅުނީ ތިނަދޫގައި އެންމެ ތަނަވަސްކޮށް ހަދާފައި ހުރި އެއް ގޯތީގައި. ރަށުން މީހުން ބޭލި އިރު ގެއްލުނު މުދަލުގެ ތަފްސީލު ބައެއް މީހުން އަތުގައި ލިޔެ ރައްކާކޮށްފައި އެބަހުރި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ނެޝަނަލް އިންކުއަރީ ރިޕޯޓް 2021"

މިއީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގެނުމުގެ ފުރުސަތުތައް ލިބިފައިވާ މިންވަރު ދެނެގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ކުރިއަށް ގެންގޮސްފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ވަނީ އެކި އިދާރާތަކުން މައުލޫމާތު އެއްކުރުމަށްފަހު އެފަދަ ކުދިންނަށް ތައުލީމުގެ ފުޅާ ފުރުސަތުތައް ހޯދައި ދިނުމަށް ގާނޫނާއި ގަވާއިދަށް ގެންނަން ޖެހޭ އިސްލާހުތައް ވެސް ދެނެގަނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox