މިލާނުން ނަތީޖާ ނެރެ އެއް ވަނަ ދަމަަހައްޓައިފި، އިންޓަ ފަހަތަށް!

Mar 20, 2022, 3:48 AM
ލަނޑު ޖެހުމަށް ފަހު މިލާންގެ ބެނަސެއާ (ކ) އެ ޓީމުގެ ކެސިއޭއާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު މިލާންގެ ބެނަސެއާ (ކ) އެ ޓީމުގެ ކެސިއޭއާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިލާން (މާޗް 20) - އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނުން 1-0 އިން ކަލިއަރީ ބަލިކޮށް އެއް ވަނަ މަގާމު ދެމެހެއްޓިއިރު، އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން ކުޅުނު މެޗުގައި ފިއޮރެންޓީނާއާ 1-1 އިން އެއްވަރުވެ، ލީގުގެ ރޭހުގައި ފަހަތަށް ދިއުމުގެ ޕްރެޝަރު ބޮޑުވެއްޖެ އެވެ.

މިލާން އެއް ވަނައިގައި އޮތީ 30 މެޗުން 66 ޕޮއިންޓާ އެކު އެވެ. ދެ ވަނައިިގައި އޮތީ ރޭ 2-1 އިން އުދިނޭޒީ ބަލިކުރި ނަޕޯލީ އެވެ. ނަޕޯލީ އަށް 30 މެޗުން ވަނީ 63 ޕޮއިންޓް ލިބިފަ އެވެ. އިންޓަ ތިން ވަނައިގައި އޮތީ 29 މެޗުން 63 ޕޮއިންޓާ އެކު އެވެ.

ރޭ ކަލިއަރީ ދަނޑުގައި މިލާން ކުުޅުނު މި މެޗުގައި މިލާންގެ ހަމައެކަނި ގޯލު ޖެހީ 59 ވަނަ މިނިޓްގައި އަލްޖީރިއާގެ މިޑްފީލްޑަރު އިސްމާއިލް ބެނަސެއާ އެވެ. މިލާންގެ ޑަވިޑޭ ކަލަބްރިއާ އަށް އެ ޓީމުގެ ލީޑުފުޅާކޮށްދޭން ރަނގަޅު ފުރުސަތެއް ލިބުނުއިރު، ކަލިއަރީގެ ލެއޮނާޑޯ ޕަވެލޮޓީ ވަނީ ގޯލެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ.

ލީގުގައި މިލާނުން ބަލިނުވެ، އަށް މެޗު ހަމަކުރިއިރު، ރޭގެ މޮޅަކީ ޖެހިޖެހިގެން ލީގުގައި މޮޅުވި ތިން ވަނަ މެޗެވެ. މިލާނުން މަސައްކަތްކުރަމުން އަންނަނީ 2011 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިޓާލިއަން ލީގު ކާމިޔާބު ކުރުމަށެވެ.

ރޭގެ މެޗުގައި މިލާންގެ އިނގިރޭސި ޑިފެންޑަރު ފިކާޔޯ ޓޮމޯރީއާ ކަލިއަރީގެ ސަޕޯޓަރުން ނަސްލީ ގޮތުން ދިމާކޮށްލި މައްސަލައެއް ރެފްރީ ރިޕޯޓްގައި ހިމަނާފައިވާއިރު، އެ މައްސަލަ ބަލާނެ އެވެ.

އިންޓަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފިއޮރެންޓީނާ އިން ވަނީ މެޗުގެ 50 ވަނަ މިނިޓްގައި ލޫކަސް ޓޮރޭރާ ޖެހި ގޯލުން ލީޑުނަގައިފަ އެވެ. އޭގެ ފަސް މިނިޓް ފަހުން އިންޓަގެ ޑެންޒެލް ޑަމްފްރީސް ގޯލެއް ޖަހައި، އެއްވަރުކުރި އެވެ. މިއީ އިވާން ޕެރިސިޗް ދިން ބޯޅައަކުން ޖެހި ގޯލެކެވެ. އިންޓަ އިން މި މެޗުން މޮޅުވާން ކުރި މަސައްކަތް ނާކާމިޔާބުވިއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން އިންޓަ މޮޅުވީ އެންމެ މެޗަކުންނެވެ.

ނަޕޯލީ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޖެރާޑް ޑެލޮފޭއުގެ ގޯލުން އުދިނޭޒީ ފުރަތަމަ ހާފުގައި ލީޑުނެގި އެވެ. އެކަމަކު، ދެ ވަނަ ހާފުގައި ނަޕޯލީން ވަނީ ވިކްޓަ އޮސީމޭންގެ ދެ ގޯލުން ނަތީޖާ އަނބުރާލައިފަ އެވެ. އުދިނޭޒީން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އުދިނޭޒީގެ ފަހަަތަށް ކުޅޭ ޕަބްލޯ މަރީ އަށް ރަތް ކާޑެއް ދެއްކުމުންނެވެ.

ނަޕޯލީން ވެސް މި ފަހަރުގެ ލީގަށް ވާދަކުރަމުން އަންނައިރު، އެ ޓީމުން މަސައްކަތް ކުރަމުން އަންނަނީ 1990 އަށް ފަހު ފުރަތަމަ ފަހަރަށް އެ ކާމިޔާބީ ހާސިލްކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox