މަޖިލިސް މެމްބަރުން އިންތިހާބުކުރާ ގޮތަށް ބޮޑު އިންގިލާބެއް ގެންނަން ނަޝީދު ގޮވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ރައީސް މުހައްމަދު ނަޝީދު. އެމަނިކުފާނު ވަނީ މަޖިލީޙަށް މެމްބަރުން އިންތިހާބު ކުރުމުގައި ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހުށަހަޅުއްވާފައި -- ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ރައީސް މުހައްމަދު ނަޝީދު. އެމަނިކުފާނު ވަނީ މަޖިލީޙަށް މެމްބަރުން އިންތިހާބު ކުރުމުގައި ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހުށަހަޅުއްވާފައި -- ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހަށް ވަކިވަކި އިދާރީ ދާއިރާތަކުން މެމްބަރުން އިންތިހާބު ކުރުމުގެ ބަދަލުގައި، ރެޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކަށް ގޮނޑިތަކެއް ކަނޑައަޅައި އެ ޕާޓީތަކުން އެ ގޮނޑިތަކަށް މެމްބަރުން ކަނޑައެޅުމުގެ ފުރުސަތު ދީ، ބޮޑު އިންގިލާބީ ބަދަލެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

އެމްޑީޕީގެ ކޮންގްރެސްއެއް ބާއްވައި ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމަށް ނަޝީދު ހުށަހެޅުއްވީ ފެބްރުއަރީ 10، ގައި އޮތް އެމްޑީޕީގެ ގައުމީ މަޖިލީހަށެވެ.

އެފަހަރު ގާނޫނުއަސާސީއަށް ގެންނަން އެމަނިކުފާނު ފެނިވަޑައިގަންނަވާ ބައެއް އިސްލާހުތައް ވެސް ހިއްސާ ކުރެއްވި އެވެ. ވަކިވަކިން ތަފްސީލު ދެއްވާފައެއް ނުވެ އެވެ.

ނަމަވެސް، އެމަނިކުފާނު މިއަދު ވަނީ ހުށަހަޅުއްވާ ބައެއް ބަދަލުތަކުގެ ތަފްސީލުތައް "މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރުން" ނަމުގައި ނެރުއްވި ބަޔާނެއް މެދުވެރިކޮށް އާންމުންނާ ހިއްސާ ކުރައްވާފަ އެވެ.

މަޖިލީހަށް ހުށަހެޅޭ ގިނަ ބިލްތަކާއި ގަރާރުތަކާއި އަދި މައްސަލަތައް ވެސް ހުށަހެޅެނީ މުޅި ރާއްޖެއަށް ނިސްބަތްކޮށް ކަމަށް މި ބަޔާނުގައި ނަޝީދު ވިދާޅުވި އެވެ. އަދި، އެއީ ވަކިވަކި ރަށްރަށުގެ ކަންކަމަށް ނިސްބަތްކޮށް ހުށަހަޅާ މައްސަލަތަކެއް ނޫން ކަމަށް ފާހަގަކުރެއްވި އެވެ.

"ވަކި ސަރަހައްދެއްގެ ވޯޓު އެ ސަރަހައްދެއް ތަމްސީލު ކުރުމަށް މަޖިލީހަށް އިންތިހާބުވާ މެމްބަރުންގެ އެންމެ އަސާސީ މަސައްކަތަކީ އެ މެމްބަރެއްގެ ސަރަހައްދުގެ ފަރާތުން ވަކާލާތު ކުރުމެވެ. ސަރަހައްދީ ވަކާލާތުގައި މެމްބަރުން ބަދެވުމުން، މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ މެމްބަރުން މަދުވެއެވެ،" ނަޝީދު ވިދާޅުވެފައިވެ އެވެ.

މަޖިލީހުގެ މެމްބަރުންނަށް، އެ ބޭފުޅުންގެ ރަށްތައް ތަމްސީލް ކުރުން ފިޔަވާ އެހެން ކަމެއް ކުރުމަކީ ދަތިކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މުޅި ރާއްޖެ ތަމްސީލު ކުރުމަށް މަޖިލީހުގައި މެމްބަރުން ތިއްބެވުން ބޭނުންތެރި އެވެ. އަދި އެ މެމްބަރުން އިންތިހާބު ކުރާނެ ގޮތެއް ކަނޑައަޅަން ޖެހެއެވެ،" ދާއިރާތަކުގެ ބަދަލުގައި ގައުމީ ލިސްޓަކުން މެމްބަރުން ހޮވުމަށް ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވި އެވެ.

ގިނަ ގައުމުތަކެއްގެ މަޖިލިސް އެކުލެވިގެންވަނީ ގައުމީ ލިސްޓެއްގައި މެމްބަރުން ހިމެނޭ ގޮތަށް ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ މަޖިލީހަށް ބަދަލުތައް ގެނައުމަށް ފެނިވަޑައިގަންނަވާ ގޮތް ހިއްސާކުރައްވާފަ އެވެ.

"ގިނަ ގައުމުތަކުގައި ގެންގުޅޭ އެއް ހަމައަކީ މެމްބަރުން ހަމަވެގެން ރަޖިސްޓަރީ ވެފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށް ގޮނޑިއެއް ދީ އަދި ސިޔާސީ ޕާޓީތަކުން ކާމިޔާބު ކުރާ ކޮންމެ މިތައް ގޮނޑިއަކަށް އެ ޕާޓީއަކުން މެމްބަރެއް ކަނޑައެޅުމުގެ ފުރުސަތު ދިނުމުގެ އުސޫލެވެ. މިފަދަ މެމްބަރުން ވަކާލާތު ކުރާނީ އެބޭފުޅުން އިންތިހާބު ވެފައިވާ ދާއިރާ، ޔައުނީ: އެ ބޭފުޅުންގެ ސިޔާސީ ޕާޓީތަކުގެ އުސޫލުތަކާއި ފަލްސަފާތަކުގެ ދިފާއުގައެވެ،" ނަޝީދުގެ ހުށަހެޅުއްވުން ތަފްސީލް ކޮށްދެއްވަމުން ވިދާޅުވި އެވެ.

މިފަދަ ބަދަލެއް ގެނެވިއްޖެނަމަ ދާއިރާތަކުގެ ބަދަލުގައި މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލް ވާނެ ކަމަށް ނަޝީދު ދެކެވަޑައިގަންނަވަ އެވެ. އަދި، މިހާރުގެ މަޖިލީހުގައި މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ މެމްބަރުން ނެތުމާއެކު މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރުން މިހާރު މަޖުބޫރުވެފައިވާ ކަމަށް ވެސް ނަޝީދުގެ ބަޔާނުގައި ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު މެމްބަރުން އިންތިހާބު ކުރަނީ 5000 މީހުންގެ މައްޗަށް އެކުލެވޭ އިދާރީ ދާއިރާތަކުންނެވެ. މިވަގުތު 87 މެމްބަރުން މަޖިލީހުގައި ތިއްބަވާއިރު އެ އަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެކަމަށް މި ބަދަލާއެކު ހައްލެއް ލިބިގެންދާނެ ކަމަށް ނަޝީދު ދެކެވަޑައިގަންނަވަ އެވެ.

"ކޮންމެ މެމްބަރަކުވެސް ތަމްސީލު ކުރައްވަނީ ވަކި ސަރަހައްދެކެވެ. ނުވަތަ ވަކި ރަށްތަކެކެވެ. މި އުސޫލުގައި ކުރިއަށް ދިއުމުން ކޮންމެ 5 އަހަރަކުން މަޖިލީހުގެ ގޮނޑީގެ އަދަދު އެބަ އިތުރުވެ އެވެ. މި ކަމަށް ހައްލެއް ގެނައުމަކީ ބޭނުން ތެރި ކަމެއްގެ ގޮތުގައި ފެނެއެވެ،" ނަޝީދުގެ ހިޔާލު ހިއްސާކުރައްވަމުން ވިދާޅުވެފައިވެ އެވެ.

ގައުމީ ލިސްޓަކުން މެމްބަރުން އިންތިހާބުކުރާ ގޮތަށް މަޖިލިސް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން އަންހެނުންނަށް ވަކި އަދަދަކަށް ގޮނޑި ކަނޑައެޅުމަށް ވެސް ނަޝީދު ވަނީ ހުށަހަޅުއްވާފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ވެސް އާންމު ގާނޫނަކުން ކަނޑައަޅާ ކަމެއް ކަމުން އެ ކޯޓުގައި ތިއްބަވާނެ ފަނޑިޔާރުންގެ އަދަދު ވެސް ގާނޫނުއަސާސީގައި ހިމެނުމަކީ ބުއްދިވެރިކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރުން، މިނިވަން މުއައްސަސާތަކާއި، ގާނޫނު ތަކުން އުފައްދާ މުއައްސަސާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް ވެސް އުފައްދާނެ ގޮތް ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހުތަކުގެ ތެރޭގައި ހިމެނުމަށް ނަޝީދު ތާއިދު ކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox