އާ ޕީޕަލްސް ޗޮއިސްއާއެކު އެސްޓީއޯގެ ދޮރު އާއްމު ވިޔަފާރިތަކަށް ހުޅުވިއްޖެ: އަމްރު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުވަން މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން: އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް -- ފޮޓޯ: އަބްދުﷲ އިއާން/އަދަދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުވަން މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން: އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް -- ފޮޓޯ: އަބްދުﷲ އިއާން/އަދަދު

ސްޓޭޓް ޓްރޭޑިން އޮގަނަައިޒޭޝަން (އެސްޓީއޯ) އިން ރޭ ބޮޑެތި ބަދަލުތަކަކާއެކު ހުޅުވި އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއެކު އެ ކުންފުނީގެ ދޮރުތައް އާއްމު ވިޔަފާރިތަކަށް ހުޅުވާލެވިއްޖެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ރަޝާދު ވިދާޅުވެއްޖެ އެވެ.

ތަފާތު ކޮންސެޕްޓެއްގެ ދަށުން އެސްޓީއޯ ޕީޕަލްސް ޗޮއިސް ރޭ ވަނީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހުޅުވައިފަ އެވެ. އާ ކޮންސެޕްޓުގެ ދަށުން ޕީޕަލްސް ޗޮއިސް ހުޅުވީ އެތަނުގައި އަމިއްލަ ކުދި ވިޔަފާރިތަކަށް ވެސް ގާއިމުވެ، އެ ވިޔަފާރިތަކުގެ މުދާތައް ވިއްކޭ ގޮތަށެވެ.

ރާއްޖޭގައި ނައިބު ރައީސް ފައިސަލް ނަސީމް ޝަރަފްވެރިކޮށްދެއްވި އެ ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ އެސްޓީއޯގެ ޕީޕަލްސް ޗޮއިސް ހުޅުވުމުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކާއި ކުދި ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންގޮސް އިތުރު ފައިދާތަކެއް ލިއްބައިދިނުން ކަމަށެވެ.

"އަޅުގަނޑުމެންގެ އެސްޓީއޯގެ ދޮރުތައް މިހާރު މިވަނީ އާއްމު ވިޔަފާރިތަކަށް ހުޅުވާލެވިފަ. އަޅުގަނޑުގެ ދުއާއަކީ އަޅުގަނޑުމެންނާ އެކީ މި ބައިވެރިވާ ވިޔަފާރިތައް އަދި އިތުރު ހަރުފަތަކަށް ގެންދިޔުން، އަދި އިރާދަކުރެއްވިއްޔާ އިތުރު ފަައިދާތަކެއް އެ ކުންފުނިތަކަށް ވެގެންދިޔުން،" އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ސަރުކާރުން ކުރާ ވިޔަފާރިތައް މަދުކޮށް އާއްމު ޕްރައިވެޓް ވިޔަފާރިތައް ރާއްޖޭގައި ކުރިއެރުވުންކަމަށެވެ.

"ސަރުކާރުގެ ސިޔާސަތަކީ އާއްމު ވިޔަފާރިތަކަށް ދޮރުހުޅުވާލައި، އާއްމު ވިޔަފާރިތަކަށް ފުރުސަތުތައް ފޯރުކޮށްދިނުން. އަދި އޭގެ އިތުރުން ސަރުކާރުން ކުރާ ވިޔަފާރި މަދުކުރުން،" އަމްރު ވިދާޅުވި އެވެ.

ޕީޕަލްސް ޗޮއިސް ބަދަލުތަކަކާއެކު ހުޅުވާއިރު، ލިބިގެން ދިޔަ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަމިއްލަ ނުވަ ވިޔަފާރިއެއް އެސްޓީއޯގެ ފިހާރައިގައި ގާއިމުވެ، ޕާޓްނަރުންގެ ހައިސިއްޔަތުން މަސައްކަތްކުރުން ކަމަށް އަމްރު ވިދާޅުވި އެވެ.

"އެގޮތުން އަޅުގަނޑުމެން މިރޭ ޕީޕަލްސް ޗޮއިސް އަލަށް ހުޅުވިގެން އަނެއްކާދާއިރު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އާއްމު ވިޔަފާރިތަކެއް މިރޭ އަޅުގަނޑުމެންނާ އެކީގަ ބައިވެރިވާކަން،" އަމްރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޕީޕަލްސް ޗޮއިސް ހުޅުވުމުގެ މަސައްކަތްކުރަމުން ދިޔައިރު ވެސް ވަރަށް ގިނަ ވިޔަފާރިތަކުގެ ފަރާތުން ޕާޓްނަރުންގެ ގޮތުގައި މަސައްކަތްކުރަން އެދެމުން އައި ކަމަށެވެ. އޭނާ ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި މިއަށްވުރެން ވެސް ފުޅާކޮށް އަމިއްލަ ވިޔަފާރިތައް ކުރިއަރުވަން އެސްޓީއޯއިން މަސައްކަތްކުރާނެކަމަށެވެ.

އަމްރު ވިދާޅުވީ އެސްޓީއޯގެ ސުޕަމާޓް 1992 ވަނަ އަހަރު އެންމެ ފުރަތަމަ ހުޅުވިއިރު، އޭރު ފިހާރަތަކާއި ސުޕަމާޓުތަކުގެ ވިޔަފާރިތައް ރާއްޖޭގައި އެހާ ފުޅާވެފައިނުވާކަމަށެވެ. ނަމަވެސް މިހާރު ކުދި ވިޔަފާރިތަކުން ވެސް ކުރިއަރަމުން އައިސް ސުޕަމާޓުގެ ވިޔަފާރިތެރެއަށް ވަދެ ފައިހަމަކޮށްފައިވާކަން އަމްރު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ޕީޕަލްސް ޗޮއިސް އަލުން ހުޅުވަން ކުރި މަސައްކަތަކީ ވަރަށް ކުޑަ ދުވަސްކޮޅެއްތެރޭ ކުރެވުނު އާދަޔާހިލާފް މަސައްކަތެއް ކަމަށެވެ. އަދި އެކަމުގައި ކުރިމަތިވި ގޮންޖެހުންތަކާއެކުގައި ވެސް ކާމިޔާބު ހޯދީތީވެ އޭނާ ވަނީ އެސްޓީއޯގެ މުވައްޒަފުންނަށް ޝުކުރުއަދާކޮށް މަރުހަބާ ވިދާޅުވެފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެސްޓީއޯއިން ކުރާ މަސައްކަތަކީ ވިޔަފާރީގެ ބަދަލުގައި ރައްޔިތުންނަށް ކުރާ އާއްމު ހިދުމަތެއްގެ ގޮތުގައި ވިސްނުމަށް އެސްޓީއޯގެ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

"ހަގީގަތުގަ މި ދެވޭ ހިދުމަތްތަކަކީ ވެސް ވިޔަފާރީގެ އުސޫލަކުން ނޫން ބަލަނީ، ހިދުމަތެއްގެ ގޮތުގަ. އެހެންވީމަ އެކަން އިތުރަށް ހަރުދަނާކޮށް އެކަން އިތުރަށް ރަނގަޅުކުރުމަށް ކޮންމެ ބޭފުޅަކު ވެސް ވަރަށް ރަނގަޅަށް ކަސްޓަމަރުންނާ އަދި ރައްޔިތުންނާ ދޭތެރެ ކަންތައްތައް ބެހެއްޓެވުމަށް އަޅުގަނޑު ހަމަ ދަންނަވާލަން،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައިސް އެދިވަޑައިގަތީ ހުރިހާ ކަމެއްގައި ވެސް ރައްޔިތުން އިސްކުރުމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގަައި ނައިބު ރައީސް ވަނީ ކޮވިޑުގެ ހާލަތުގައި ވެސް އާސާސީ މުދާތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެސްޓީއޯގެ މުވައްޒަފުން ކުރި ބުރަ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި އެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

"ގަބޫލުކުރައްވަން އެބަ ޖެހޭ، އެންމެ ބޮޑަށް ބޭނުންވާ ކަންތައްތައްކަމުގައިވާ ބޭސް، ތެޔޮ ގޭސް އަދި ކާޑުގެ ބާވަތްތައް. ވަރަށް ބޮޑަށް އެކަންތައްތައް ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާނެ ގޮތަށް މަސައްކަތްތައް ކުރިކަން. އަޅުގަނޑު އެކަމަށްޓަކައި ވަރަށް ހާއްސަ ޝުކުރެއް އެސްޓީއޯގެ ހުރިހާ މުވައްޒަފުންނަށް އަދާކުރަން،" ނައިބު ރައިސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ގައުމެއްގެ އިގްތިސާދު ކުރިއަރައިދާ މައިގަނޑު އެއް ސަބަބަކީ އަމިއްލަ ވިޔަފާރިތައް ކުރިއަރައިދިޔުން ކަމަށެވެ. އަދި ތަފާތު ކޮންސެޕްޓެއްގެ ދަށުން މިރޭ އެސްޓީއޯއިން ޕީޕަލްސް ޗޮއިސް ހުޅުވުމާއެކު އެއީ ޕްރައިވެޓް ސެކްޓާ ވަރުގަދަވެގެން ދިޔުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ސިފަކުރެއްވި އެވެ.

އޭގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ކުރިއަށް އޮތީ ރޯދަ މަސްކަން ފާހަގަކުރައްވައި، އެ މަހާއި ދިމާކޮށް ތަކެތީގެ އަގުބޮޑުވިޔަ ނުދީ ހިފެހެއްޓުމަށާއި އަބަދު ވެސް ރައްޔިތުންނަށް ލުއިފަސޭހަވާނެހެން ކަންކަން ބައްޓަން ކުރުމަށް މިރޭ އެދިވަޑައިގަތެވެ. ރަސްމިއްޔާތަށްފަހު ނައިބު ރައީސް ވަނީ ޕީޕަލްސް ޗޮއިސް ބައްލަވާލައްވާފަ އެވެ.

އެސްޓީއޯގެ ޕީޕަލްސް ޗޮއިސްއަކީ އެސްޓީއޯއިން ވިއްކާ ގިނަ މުދާތަކެއް އެއް ތަނަކުން ލިބޭނެހެން ޒަމާނީ ޑިޒައިނަކަށް ފަރުމާކުރެވިފައިވާ ތަނެކެވެ. ކުރިން ވެސް ހުރި އިމާރާތުގައި ހުންނަ ޕީޕަލްސް ޗޮއިސްގައި އަމިއްލަ ކުދި ވިޔަފާރިތަކަށް އެ ވިޔަފާރިތަކުގެ މުދާ ވިއްކޭނެ އިންތިޒާމުތައް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި އަސްރަފީ ބުކްޝޮޕް އަދި ނޯޓު ކަހަލަ ބައެއް ވިޔަފާރިތައް ހިމެނޭކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއެސްޑީގެ ހިދުމަތްތަކަށް އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެދޭ

މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ (އެމްއެސްޑީ) އިން ދޭ ހިދުމަތްތަކަށް އެމްއެސްޑީގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އެޕޮއިންޓްމަންޓް ބުކްކުރެވޭނެ އައު އިންތިޒާމެއް ވަނީ ތައާރަފްކޮށްފައި. މި ބަދަލަށް އަހުލުވެރިވުމަށް ތިން މަސްދުވަހުގެ މުއްދަތެއް ދީފައިވާއިރު، އެ މުއްދަތު ހަމަވުމުން ހިދުމަތް ލިބޭނީ ހަމައެކަނި ކުރިން އެޕޮއިންޓްމަންޓް ހަދައިގެން

އެމްއައިބީން 9 މިލިއަން ރުފިޔާއަށް ކުދިމަގޫގެ ވިއްކާލަނީ

މާލޭގައި ހުންނަ 830 އަކަފޫޓުގެ މއ. ކުދިމަގޫގެ 9.6 މިލިއަން ރުފިޔާއަށް ނީލަމުގައި ވިއްކާލުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވަނީ އިއުލާންކޮށްފައެވެ. މި ނީލަމުގައި ބައިވެރިވުމަށް އެއް ލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭއިރު، ނީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 28 ސެޕްޓެމްބަރު 2026 އެވެ.

ގަވިންގެ "ވީކެންޑް ސޭލް" ހުޅުމާލޭގައި ފަށަނީ

ގަވިންގެ ހުޅުމާލެ ޝޯރޫމް ކުރިމަތީގައި ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު، ގޭތެރެއަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ލިބޭ "ވީކެންޑް ސޭލް" އެއް ފަށައިފިއެވެ. މި ސޭލްގައި ކާޕެޓާއި ބެޑްޝީޓް ފަދަ ތަކެތީގެ އިތުރުން، އަލަށް ނެރުނު "އޭވިން" ބްރޭންޑްގެ ދޮންނަ މެޝިނާއި ޝޯރޫމްގެ އެހެން މުދާތަކުން ވެސް ބޮޑެތި ޑިސްކައުންޓްތަކެއް ލިބެން ހުންނާނެއެވެ.

ސްޓާމެޑިކަލް އިން ދަރިމައިވުމާ ބެހޭ ސެޝަންއެއް ބާއްވަނީ

ދަރިމައިވުމުގެ ކުރިން ވިސްނަންޖެހޭ ކަންކަމަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލް އިން މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ހިލޭ ބާއްވާ ޚާއްސަ ސެޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ތަޖުރިބާކާރު ނަރުހުން މައުލޫމާތުދޭ މި ސެޝަންގައި ދުޅަހެޔޮކޮށް ބަލިވެއިނުމަށް ތައްޔާރުވާނެ ގޮތްތައް ކިޔައިދޭއިރު، ކްލިނިކްގެ ނަންބަރުތަކަށް ގުޅައިގެން މިހާރު ނަން ނޯޓުކުރެވޭނެއެވެ.

ޑޮލަރު ޓްރާންސްފާ އަންނަ ހަފުތާގައި ހަމައަކަށް އެޅޭނެ: ބީއެމްއެލް

ބީއެމްއެލްއިން ޓީޓީ ހެދުމުގައި ދިމާވެފައިވާ ލަސްތަކަށް އަންނަ ހަފުތާގައި ހައްލެއް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި. މި މައްސަލަ ހައްލުކުރުމަށްޓަކައި ބޭންކުން ވަނީ ޑޮލަރު ބޭރުވާ މިންވަރު ކޮންޓްރޯލްކޮށް، ޒަރޫރީ ބޭނުންތަކަށް އިސްކަންދޭން ފަށާފަ. ބޭންކުން ޔަގީންކޮށްދޭ ގޮތުގައި މިއީ ޑޮލަރު ސަޕްލައިއަށް ދިމާވި ވަގުތީ ދަތިކަމެއް.

50 މިލިއަން ޑޮލަރު ދައްކަން ފައިސާއެއް ނުދެން: ބީއެމްއެލް

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމަށް ބީއެމްއެލްގެ ފައިސާ ބޭނުންކުރި ކަމަށް ބުނާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި. ބޭންކުން ބުނީ އެ ދަރަނި އަދާކުރުމުގައި ކަސްޓަމަރުންގެ ޑިޕޮސިޓް ނުވަތަ ބޭންކުގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށާއި، ބޭންކުގެ މާލީ ހާލަތު ވަރުގަދަކޮށް އޮތް ކަމަށް.

ބީއެމްއެލްއިން ޑޮލަރު ސަޕޯޓު ނުލިބޭތާ ހަފުތާއެއް

ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކުން ފޮނުވާ ޓީޓީތަކަށް ޑޮލަރު ސަޕޯޓު ލިބުން ދަތިވެ، އެކައުންޓުގައި ފައިސާ ނެތް ނަމަ އިތުރު އެންގުމަކާ ނުލައި ޓީޓީ ބާތިލުވާނެކަން އެ ބޭންކުން އަންގައިފި.މި ބަދަލުގެ ސަބަބުން މުދާ ގެންނަ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، ޑޮލަރު ލިބޭ މިންވަރު މަދުވުމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުން.

Newsletter

Get the latest news delivered straight to your inbox