މަހުގެ އުފެއްދުންތައް މާކެޓުކުރަން މިނިސްޓަރު އެމެރިކާއަށް

މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. އެ ދަތުރުފުޅުގައި މިނިސްޓަރު ހަސަން ވަނީ ސީފުޑް އެކްސްޕޯއެއްގައި ބައިވެރިވެވަޑައިގެންފަ. ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. އެ ދަތުރުފުޅުގައި މިނިސްޓަރު ހަސަން ވަނީ ސީފުޑް އެކްސްޕޯއެއްގައި ބައިވެރިވެވަޑައިގެންފަ. ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރުވައި ތަރައްގީކުރުމަށްޓަކައި ސީފުޑް އެކްސްޕޯއެއްގައި ބައިވެރިވެވަޑައިގަތުމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެމެރިކާއަށް ވަޑައިގެންފި އެވެ.

އެ ދަތުރުފުޅުގައި މިނިސްޓަރު ހަސަން އެމެރިކާގެ ބޮސްޓޮންގައި އޮންނަ ސީފުޑް އެކްސްޕޯއެއްގައި ބައިވެރިވެވަޑައިގެންނެވިއިރު، އެގައުމުގެ ކެލިފޯނިއާގެ ސެންޓަ ބާބަރާ ޔުނިވާސިޓީގެ ސައިންސްވެރިންނާއިވެސް މިނިސްޓަރު ހަސަން ބައްދަލުކުރައްވާނޭކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

މި ހިނގާ މާޗު މަހުގެ 13-15 އަށް ބޮސްޓޮންގައި އޮތް ސީފުޑް އެކްސްޕޯގައި މިނިސްޓަރު ހަސަން ބައިވެރިވެވަޑައިގަތްއިރު، ރާއްޖޭގެ މަސްވެރިކަމުގެ މާކެޓުގައި ބައިވެރިވާ ގިނަ ކުންފުނިތަކަކުން ވެސް އެ އެކްސްޕޯގައި ބައިވެރިވިކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

އެ އެކްސްޕޯގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް އިޝްތިހާރުކޮށް މާކެޓްކުރުމުގެ ފުރުސަތު ލިބިގެންދިޔަކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

އަދި ރާއްޖެއިން އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކަށް ބޭރުގެ މާކެޓްތަކުން އޮތް ފުރުސަތުތައް ދެނެގަނެވި އިތުރު މާކެޓްތައް ރާއްޖޭގެ އުފެއްދުންތަކަށް ހުޅުވިގެންދިޔަކަމަށް ވެސް މިނިސްޓްރީން އިތުރަށް ބުންޏެވެ.

އެ ދަތުރުފުޅުގައި އެމެރިކާގެ ޔުނިވާސިޓީ އޮފް ސެންޓަ ބާބަރާގެ ސައިންސްވެރިންނާއި މިނިސްޓަރު ހަސަން ބައްދަލުކުރައްވަން ހަމަޖެހިފައިވާއިރު، އެ ބައްދަލުވުމުގައި ހިމާޔަތްކުރެވިފައިވާ ތަންތަނާއި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ތަރައްގީކުރާނެ ގޮތްތަކާއި ގުޅޭ ގޮތުން މިނިސްޓަރު ހަސަން އެ ސައިންސްވެރިންނާ މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެ އެވެ.

ހަސަންގެ އެ ދަތުރުފުޅަކީ ރާއްޖޭގެ މަސްވެރިން ބާނާ މަހުގެ ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތް އިތުރަށް މަގުފަހިކުރުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox