މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް: ގީބާ، ފަޑީގާ، ރީޑް އަދި ތަރިޖިނީ އަށް ވެސް ހޫނު މަރުހަބާ އެއް

Mar 15, 2022, 7:49 AM
ވޮލީބޯޅައިން އޮލިމްޕިކްސް ރަން މެޑަލް ހޯދާފައިވާ ޗެމްޕިއަން ގީބާ އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ވޮލީ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވޮލީބޯޅައިން އޮލިމްޕިކްސް ރަން މެޑަލް ހޯދާފައިވާ ޗެމްޕިއަން ގީބާ އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ވޮލީ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމަށް ބްރެޒިލްގެ ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ)، ސެނެގާލްގެ ކުރިގެ ފުޓްބޯޅަ ތަރި ހަލީލޫ ފަޑީގާ، ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ގޯޑަން ރީޑް އަދި ސްރީ ލަންކާގެ ނެޓްބޯޅަ ލެޖެންޑް ތަރްޖިނީ ސިވަލިންގަމް ރާއްޖެ އަތުވެއްޖެ އެވެ.

ރާއްޖޭގެ ކުޅިވަރު އެތުލީޓުންނާއި ކުޅިވަރުގެ އެކި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ ހަފްލާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ މާލޭ ކުޅިވަރު އެކުވެނީގަ އެވެ. މި އެވޯޑަށް ދުނިޔޭގެ ކުޅިވަރުގެ މަގުބޫލު ސަހުސިއްޔަތުންނާއި ރާއްޖޭގެ ކުޅިވަރާ ގާތްގުޅުމެއް ބަހައްޓަވައި، ދިވެހި ކުޅިވަރަށް ފުރުސަތުތައް ފަހިކޮށްދެއްވުމަށް އެހީތެރިވެދޭ ބައެއް ގައުމުތަކުގެ ކުޅިވަރު ވުޒާރާގެ ވެރިން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ސެނެގާލްގެ ކުރިގެ ފުޓްބޯޅަ ތަރި ހަލީލޫ ފަޑީގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރެ ސެލްފީއެއް ނަގަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މި ގޮތުން ހަފްލާގައި ބައިވެރިވުމަށް ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް، ޕޫލް ބިލިއާޑްގެ ދުނިޔޭގެ ޗެމްޕިއަން އޮސްޓްރިއާގެ އަލްބިން އޫޝާން އަދި ކުރީގެ ދުނިޔޭގެ އެންމެ މޮޅު ރެފްރީ ޖަރުމަނުގެ މާކަސް މާކް އިއްޔެ ވަނީ ރާއްޖެ އަތުވެފަ އެވެ.

މިއަދު ހެނދުނު ރާއްޖެ އައި ތަރިންނަކީ ބްރެޒިލްގެ ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ)، ސެނެގާލްގެ ކުރިގެ ފުޓްބޯޅަ ތަރި ހަލީލޫ ފަޑީގާ، ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް އަދި ސްރީ ލަންކާގެ ނެޓްބޯޅަ ލެޖެންޑް ތަރްޖިނީ ސިވަލިންގަމް އެވެ.

މި ތަރިންގެ ތެރެއިން ވޮލީބޯޅައިން އޮލިމްޕިކްސް ރަން މެޑަލް ހޯދާފައިވާ ޗެމްޕިއަން ގީބާ ވަނީ ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވުމަށް މި ދަތުރުގައި އޭނާގެ އެހީތެރިކަން ދެއްވާނެ ކަމަށް ބުނެފަ އެވެ. ގީބާ އަކީ ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީގެ އެތުލީޓްސް ކޮމިޝަންގެ ސެކްރެޓަރީ އެވެ.

މިއަދު ހެނދުނު ގީބާ މީޑިއާ އަށް އިންޓަވިއު ދެނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގީބާ ބުނީ މި ފުރުސަތަކީ ރާއްޖޭގެ ކުޅިވަރާއި ވަކިން ހާއްސަކޮށް ވޮލީބޯޅަ ކުޅުންތެރިންނަށް އޭނާގެ ހިޔާލާއި ހުނަރު ހިއްސާކޮށްލަން ލިބޭ ރަނގަޅު ފުރުސަތެއްކަމަށެވެ.

ސެނެގާލްގެ ކުރީގެ ފުޓްބޯޅަ ތަރި ފަޑީގާ ވަނީ އަލަށް ރާއްޖެ އާދެވުމުން އެކަމާއި ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ. އައި މިނިސްޓަރު މަހުލޫފުގެ އިސްނެންގެވުމާ އެކު މި ބާއްވާ އެވޯޑުގެ ސަބަބުން ރާއްޖޭގެ ކުޅިވަރަށް ކުރިއެރުން އަންނާނެކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި މީގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ ލެޖެންޑުން މި ހަފްލާގައި ބައިވެރިވުމަކީ ކުޅިވަރު އެތުލީޓުންނަށް ލިބޭނެ ހިތްވަރެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ސްރީ ލަންކާގެ ނެޓްބޯޅަ ލެޖެންޑް ތަރްޖިނީ އަކީ ރާއްޖޭގެ ނެޓްބޯޅައާ ގުޅުން ބޮޑު މޫނެކެވެ. އޭނާ ވަނީ މީގެ ކުރިން ރާއްޖޭގެ ބައެއް މުބާރާތްތަކުގައި ކުޅެފަ އެވެ. އެހެން ކަމުން އޭނާ އަކީ ދިވެހިންނަށް ފަރިތަ މޫނަކަށްވާނެ އެވެ.

ވީލް ޗެއާ ޓެނިސް ޗެމްޕިއަން ގޯޑަން ރީޑް ބުނީ ދިވެހިރާއްޖޭގެ ކުޅުންތެރިންނަށް ކުޅިވަރުގައި ކުރިއަށްދިޔުމަށް ހިތްވަރުދޭން ތައްޔާރަށް ހުރި ކަމަށެވެ، ކުޅިވަރުގައި އެކި މަރުހަލާތައް އޭނާ ކަޑައްތުކުރި ގޮތް ހިއްސާކޮށްލަން ކެތްމަދުވެފައި ހުރިކަމަށް ވެސް ބުނެފައިވެ އެވެ.

ވީލް ޗެއާ އެތުލީޓް ރީޑް އަށް މަރުހަބާ ކިޔަން ކުޑަކުއްޖަކު މާބޮނޑިއެއް ހަވާލުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޮންނަ ރަސްމިއްޔާތުގެ ކުރިން އިތުރު ކުޅިވަރު ލެޖެންޑުނެއް ރާއްޖެ އަންނާނެ އެވެ. އޭގެ ތެރޭގައި އޭގެ ތެރޭގައި ޓީޓީ ތަރި ޒޯރާން ޕްރިމޯރަކް އާއި ސްރީލަންކާގެ ކްރިކެޓް ލެޖެންޑް ސަނަތު ޖަޔަސޫރިޔާ އާއި އިންޑިއާގެ ކްރިކެޓް ލެޖެންޑް ސުރޭޝް ރައިނާގެ އިތުރުން ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް، ނެދަލެންޑްގެސް ކުރީގެ ފުޓްބޯޅަ ތަރި އެޑްގާ ޑާވިޑްސް އަދި ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯގެ އިތުރުން އިނގިރޭސިވިލާތަށް އުފަން، ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ ހިމެނެ އެވެ.

މީގެ އިތުރުން މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި ބައިވެރިވެވަޑައި ގެންނެވުމަށް ސްރީ ލަންކާގެ ކުޅިވަރާބެހޭ ވަޒީރު ނަމާލް ރާޖަޕަކްސަ އާއި ބަންގްލަދޭޝްގެ ކުޅިވަރު މިނިސްޓަރު ޒާހިދު އަހްސަން ރަސަލް އަދި ސައުދީ އަރަބިއްޔާގެ ކުޅިވަރުގެ ވައިސް މިނިސްޓަރު ބަދޭރް އަލްހާދީ އާއި އިންޑިއާގެ ޔޫތު މިނިސްޓަރު އަނުރާގް ތާކުރް ވެސް ރާއްޖެ ވަޑައިގަންނަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox