ދައުވަތު ދިން ތަރިންގެ ސަމާލުކަން މޯލްޑިވްސް ސްޕޯޯޓްސް އެވޯޑްސް އަށް

Mar 17, 2022, 1:01 PM
ސްޕޯޓްސް އެވޯޑްސް އަށް މިއަދު އައި ރޮބާޓޯ ކާލޯސް (ކ) އާއި މިކޭލް ސަލްގާޑޯ ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: އަދަދު

ސްޕޯޓްސް އެވޯޑްސް އަށް މިއަދު އައި ރޮބާޓޯ ކާލޯސް (ކ) އާއި މިކޭލް ސަލްގާޑޯ ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: އަދަދު

މިރޭ އޮންނަ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ކުލަގަދަ ހަފްލާއަކަށް ހެދުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އިސްވެ ހުންނަވައި ކުރައްވަމުން އަންނަ މަސައްކަތްތަށް އެވޯޑްސް އަށް ދައުވަތު ލިބުނު ކުޅިވަރު ސަހުސިއްޔަތުން ފާހަަގަކޮށްފި އެވެ.

ސްޕޯޓްސް އެވޯޑްސް އަށް ދައުވަތުދިން ހުރިހާ ފަރާތްތަކެއް މިއަދު ވަނީ ދިވެހިރާއްޖެއަށް އައިސްފަ އެވެ.

ދިވެހިރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނާއި އެސޯސިއޭޝަންތަކުގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން ދޭ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ މިރޭ އޮންނާނީ މާލޭ ކުޅިވަރު އެކުވެނީގަ އެވެ.

މި އެވޯޑްސް ހަފްލާގައި ބައިވެރިިވުމަށް ދުނިޔޭގެ ކުޅިވަރު ފާހަގަކޮށްލެވޭ މޫނުތަކެއް ވަނީ ރާއްޖެ އައިސްފަ އެވެ. އޭގެ ތެރޭގައި ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް، ނެދަލެންޑްގެސް ކުރީގެ ފުޓްބޯޅަ ތަރި އެޑްގާ ޑާވިޑްސް އަދި ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯގެ އިތުރުން އިނގިރޭސިވިލާތަށް އުފަން، ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ، ޓީޓީ ތަރި ޒޯރާން ޕްރިމޯރަކް އާއި ސްރީލަންކާގެ ކްރިކެޓް ލެޖެންޑް ސަނަތު ޖަޔަސޫރިޔާ އާއި އިންޑިއާގެ ކްރިކެޓް ލެޖެންޑް ސުރޭޝް ރައިނާ، ބްރެޒިލްގެ ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ)، ސެނެގާލްގެ ކުރިގެ ފުޓްބޯޅަ ތަރި ހަލީލޫ ފަޑީގާ، ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ގޯޑަން ރީޑް އަދި ސްރީ ލަންކާގެ ނެޓްބޯޅަ ލެޖެންޑް ތަރްޖިނީ ސިވަލިންގަމް، ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް، ޕޫލް ބިލިއާޑްގެ ދުނިޔޭގެ ޗެމްޕިއަން އޮސްޓްރިއާގެ އަލްބިން އޫޝާން އަދި ކުރީގެ ދުނިޔޭގެ އެންމެ މޮޅު ރެފްރީ ޖަރުމަނުގެ މާކަސް މާކް ހިމެނެ އެވެ. މީގެ އިތުރުން މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ވެސް ވަނީ މި ފަހަރުގެ އެވޯޑްސް އަށް ހާޒިރުވެފަ އެވެ.

އެވޯޑްސް ހަފްލާ އަށް ރާއްޖެ އައި އެޑްގާ ޑާވިޑްސް

މީގެ އިތުރުން މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވެވަޑައިގެންނެވުމަށް ސްރީ ލަންކާގެ ކުޅިވަރާބެހޭ ވަޒީރު ނަމާލް ރާޖަޕަކްސަ އާއި ބަންގްލަދޭޝްގެ ކުޅިވަރު މިނިސްޓަރު ޒާހިދު އަހްސަން ރަސަލް އަދި ސައުދީ އަރަބިއްޔާގެ ކުޅިވަރުގެ ވައިސް މިނިސްޓަރު ބަދޭރް އަލްހާދީ އާއި އިންޑިއާގެ ޔޫތު މިނިސްޓަރު އަނުރާގް ތާކުރް ވެސް ރާއްޖެ ވަޑައިގަންނަވާނެ އެވެ.

މި ހުރިހާ ފަރާތަކުން ވެސް ރާއްޖެ އައިސް ނޫސްވެރިންނާއި ބައްދަލުކޮށް ފުރަތަމަ ވެސް ފާހަަގަކޮށްފައިވަނީ މިކަހަލަ ބޮޑު އެވޯޑެއް ކުލަގަދަކޮށް ބޭއްވުމަށް މިނިސްޓަރ މަހުލޫފު ކުރެއްވި މަސައްކަތެވެ.

"މިނިސްޓަރު މަހުލޫފު އެ ކުރަނީ ވަރަށް ރަނގަޅު ފުރިހަމަ މަސައްކަތެއް. އަހަރެން ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުމަށް ކުރާ މަސައްކަތުގައި ވެސް މިނިސްޓަރު ބައިވެރިވޭ. މިފަހަރު މި އެވޯޑްސް ހަފްލާ ބާއްވާއި ކާލޯސް ކަހަލަ ވަރުގަދަ ތަރިން ގެނައުމުން މި ކުޅިވަރަށް އިތުރު ދިރުން ލިބޭ،" އެފްއޭއެމްއާ އެކު ރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ސަލްގާޑޯ ބުންޏެވެ.

"ދިވެހިރާއްޖެ އެންމެންނަށް އިނގޭ، ޓުއަރިޒަމްގެ ވަރުގަދަ ނަމެއް މިއީ. އެކަމަކު، މިފަހަރު މި އައީ ދިވެހި ކުޅިވަރުގެ އާއިލާއާ އެކު ވަގުތު ހޭދަކޮށްލަން. އަހަންނަށް ދައުވަތުދިނީތީ އުފާކުރަން،" ބްރެޒިލް އާއިއެކު ވޯލްޑްކަޕް ހޯދާފައިވާ ރޮބާޓޯ ކާލޯސް ބުންނެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ދައުވަތު ދިނުމަކީ އަހަންނަށް ލިބުނު ފަހުރެއް. މިއީ ރާއްޖޭގެ ކުޅިވަރުގެ ކުރިއެރުވުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް. މި ކަމުގެ ސަބަބުން ކުޅިވަރަށް ހެޔޮ ބަދަލު އަންނާނެ" އިންޑިޔާގެ ގައުމީ ކްރިކެޓް ޓީމްގެ ކުރީގެ ކުޅުންތެރިޔާ ސުރޭޝް ރައިނާ ބުންޏެވެ.

އެވޯޑުގައި އަހަރުގެ އެންމެ މޮޅު ކުޅިވަރު އެތުލީޓް (އަންހެން/ފިރިހެން)، ކޮންމެ ކުޅިވަރެއް ވަކިވަކިން އެންމެ މޮޅު ކުޅުންތެރިޔާ (އަންހެން/ފިރިހެން) ހޮވާނެ އެވެ.

އޭގެ އިތުރުން ސްޕެޝަލް އެބިލިޓީ އެތުލީޓް (އަންހެން/ފިރިހެން)، އެންމެ މޮޅު ކޯޗު (އަންހެން/ފިރިހެން)، އަހަރުގެ އެންމެ މޮޅު ޓެކްނިކަލް އޮފިޝަލް (އަންހެން/ފިރިހެން)، އެންމެ މޮޅު ސިއްހީ އެހީތެރިޔާ (އަންހެން/ފިރިހެން)، އެންމެ އުންމީދީ އެތުލީޓް (އަންހެން/ފިރިހެން)، އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާ، އެންމެ މޮޅު ކުޅިވަރު ފޮޓޯގްރާފަރު، އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ކުޅިވަރު އެސޯސިއޭޝަން، އެންމެ ފާހަގަކޮށްލެވޭ ސްޕޯޓްސް ބްރޯޑްކާސްޓަރު، އެންމެ ފާހަގަކޮށްލެވޭ ސްޕޯޓްސް އޮންލައިން މީޑިއާ އަދި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ދީނުމަށްވަނީ ހަމަޖެހިފަ އެވެ.

މި އެވޯޑްތަކަށް ނަންތައް ނޮމިނޭޓްކުރީ ކުޅިވަރު އެސޯސިއޭޝަން ތަކުންނެވެ. އެސޯސިއޭޝަންތަކުން ހުށަހަޅާ ނަންތަކުގެ ތެރެއިން އެވޯޑް ލިބޭ ފަރާތެއް ހޮވާނީ އެކަމަށް ކަނޑައަޅާފައިވާ ޖަޖުންގެ ޕެނަލަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox