މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް: އެންމެ މޮޅު އެތުލީޓުންނަކީ ސާއިދު އާއި ނަބާހާ

Mar 17, 2022, 10:17 PM
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް: އެންމެ މޮޅު އެތުލީޓުންނަކީ ސާއިދު އާއި ނަބާހާ

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އަހަރުގެ ކުޅިވަރު ސަހުސިއްޔަތުގެ އެވޯޑް ރާއްޖޭގެ އެންމެ ބާރު ދުވުންވެރިޔާ ހަސަން ސާއިދު އާއި ކާމިޔާބު ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަށް ދީފި އެވެ.

މިއީ މިދިޔަ 2019، 2020 އަދި 2021 ވަނަ އަހަރު އެއްކޮށްލައިގެން ބޭއްވި މުބާރާތްތަކާއި ކާމިޔާބީ އަށް ބަލާފައި ދިން އެވޯޑެކެވެ.

ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި މިރޭ ބޭއްވި އެވޯޑްސް ހަފްލާގައި ސާއިދު ވަނީ ސްޕޯޓްސްމަން އޮފް ދި އިޔާ އެވޯޑް ލިބިފަ އެވެ. ސާއިދު މި ވަގުތު ސާބިއާގެ ބެލްގްރޭޑްގައި ވޯލްޑް އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރަން ގޮސް ހުރުމުން އޭނާގެ އެވޯޑްތަކާ ހަވާލުވީ އެތުލެޓިކްސް ކޯޗު ހުސައިން ހަލީމް އެވެ. ސާއިދާއި ވާދަކުރީ ބެޑްމިންޓަން ތަރި ޒަޔާން ޒަކީ އާއި ވޮލީ ކުޅުންތެރިޔާ އާދަމް ނަސީމް (އެޑަމް) އެވެ.

ނަބާހާ އަށް ލިބިފައިވަނީ ސްޕޯޓްސް ވުމަން އޮފް ދަ އިޔާ އެވޯޑް އެވެ. އޭނާއާ ވާދަކުރީ އައިމިނަތު ނަބީހާ އާއި ޓީޓީ ތަރި ފާތިމަތު ދީމާ އަލީ އެވެ. މި އެވޯޑްސްގެ އެންމެ އުއްމީދީ އަންހެން އެތުލީޓްގެ އެވޯޑް ލިބުނީ ދީމާ އަށެވެ. އަދި އެންމެ އުންމީދީ ފިރިހެން އެތުލީޓުގެ އެވޯޑް ހޯދީ ބެޑްމިންޓަންގައި ފިޔަޖަހަމުން އަންނަ ނިބާލް އަހްމަދު އެވެ.

ސްޕެޝިއަލް އޮލިމްޕިކްސްގެ ހަރަކާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށްދާއިރު، ސްޕެޝިއަލީ އޭބަލްޑް އެންމެ މޮޅު އަންހެން އެތުލީޓަކީ ބެޑްމިންޓަނުގެ ހައްވާ އީޝަލް ރިޔާޒު އެވެ. އަދި މި ބައިން އެންމެ މޮޅު ފިރިހެން އެތުލީޓަކީ ދުވުންތެރިޔާ މުހައްމަދު މާޒިން އެވެ.

ނެޓްބޯޅައިގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ ހޮވިއިރު، އެ މަގާމު ހޯދީ އާމިނަތު ރަބާބް އިބްރާހިމް އެވެ. ރާއްޖޭގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިއަކީ އާދަމް ނާސިފް އުމަރު (އާދަޅޭ) އެވެ. އެންމެ މޮޅު ސާފަރަކީ ހުސެއިން އަރީފް (އިބޫ) އެވެ. އެންމެ މޮޅު ބޮޑީބޯޑަރަކީ އަލީ ހުޝްރުވާން އަހުމަދު (ކުޑައައްޔަ) އެވެ. ބޮޑީބިލްޑިން އިން އެއް ވަނަ ހޯދާފައިނީ ދުނިޔޭގެ މުބާރާތްތަކާއި އޭޝިއާ މުބާާރާތްތަކުގައި ރަން ވަނަ ތަކެއް ހޯދި މުހައްމަދު މޫސާ އެވެ.

ކުޅިވަރުގެ އެކިއެކި ދާއިރާތަކުން ހާއްސަ މައްސަކަތް ކުރި ފަރާތްތަކުގެ އަގުވަޒަންކޮށްފައިވާއިރު، ސްޕޯޓްސް މެޑިކް އެވޯޑް، ހާސިލު ކުރީ ގައުމީ ފުޓްބޯޅަ ޓީމުގެ ޑޮކްޓަރު ކަމުގެ އިތުރުން ރާއްޖެ ހިމެނޭ ގޭމްސްތަކުގައި މުހިންމު މަސައްކަތެއް ކުރި ޑރ. އަބްދުﷲ ރާފިއު (ރާއްޕެ) އެވެ. އެންމެ މެޅު ޓެކްނިކަލް އޮފިޝަލް އެވޯޑް ހާސިލު ކުރީ ހައްވާ އަބްދުލް މަޖީދު އާއި ބެޑްމިންޓަން އަމްޕަޔަރު، އަހްމަދު ޝިހާމް (ޕުޗޫ) އެވެ.

ހުރިހާ ކުޅިވަރެއް އެއްކޮށްލައިގެން މޮޅު ކޯޗުގެ މަގާމު ހޯވިއިރު، އެންމެ މޮޅު އަންހެން ކޯޗަކީ ނެޓްބޯޅަ ކޯޗު ނީޝާ ހަލީމް އެވެ. ދެ ވަނަ އަށް ދިޔައީ އެތުލެޓިކްސް ކޯޗް ޔަޒްނީ ނަޝީދާ (ޔަޒޫ) އެވެ. އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާމު ހޯދީ ރާއްޖެ އަށް ރަން ވަނަތަކެއް ހޯދައިދޭން އެހީވި ކޯޗު އަހްމަދު ފާއިލް އެވެ. ދެ ވަނަ އަށް ދިޔައީ ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗުގެ މަގާމު އެކި ފަހަރު މަތިން އަދާކުރި މުހައްމަދު ސާޖިދު (ބޮޑުކާއްޓޭ) އެވެ. ފިރިހެން ތިން ވަނަ ކޯޗުގެ މަގާމު ލިބިފައިވަނީ ކްލަބް ވެެލެންސިއާ އަށް މިދިޔަ ސީޒަނުގައި އިރުޝާދު ދިން މިހާރު ކްލަބް އޭދަފުށީގެ ކޯޗަކަށް ހުރި މުހައްމަދު އާތިފް (އާތީ) އެވެ.

އެވޯޑްސް ހަފްލާގައި ހޮވި އެންމެ މޮޅު އެސޯސިއޭޝަނުގެ މަގާމު ލިބިފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީ) އެވެ. އޮންލައިން މީޑިއާގެ އެވޯޑް ލިބިފައިވަނީ "މިހާރު" އަށެވެ. ބްރޮޑްކާސްޓިން މީޑިއާގެ އެވޯޑް ލިބިފައިވަނީ ޕީއެސްއެމް އަށެވެ. ކުޅިވަރު ނޫސްވެރިޔާގެ އެވޯޑް ލިބުނީ ހުސައިން ފަރިޔާޒު އަށެވެ. އެންމެ މޮޅު ކުޅިވަރު ފޮޓޯގްރާފަރަކަށް އެވޯޑް ދިނީ މުހައްމަދު ޝަރުހާން އަށެވެ.

ވަކިވަކި ކުޅިވަރުތަކުގެ އެވޯޑަށް ބަލާއިރު، އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެެރިންނަކީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އައިމިނަތު ލީޒާ އެވެ. އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިންނަކީ އާދަމް ނަސީމް (އެޑަމް) އާއި ހައްވާ ރާޝިދާ އެވެ. އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިންނަކީ އަބްދުﷲ އަމްޒަރު އާއި ފާތިމަތު ރިޝްމާ އެވެ.

މޮޅު ބެޑްމިންޓަން ކުޅުންތެރިއާގެ އެވޯޑް ލިބުނީ ނަބާހާ އާއި ޒަޔާން އަށެވެ. އެންމެ މޮޅު ފެތުންތެރިންނަކީ އައިޝަތު ސައުޝަން އާއި އަލީ އިމްއާން އެވެ. އެންމެ މޮޅު ހޭންޑްބޯޅަ ކުޅުންތެރިންނަކީ ނަޝްފާ އާމިރާ އާއި މުހައްމަދު ފިރުނާޝް އަބްދުﷲ އެވެ.

އެންމެ މޮޅު ބިލިއާޑް ކުޅުންތެރިންނަކީ އައިމިނަތު ފަތުހީ އާއި ހަސަން ޝާޒް މުހައްމަދު އެވެ. އެންމެ މޮޅު ޓެނިސް ކުޅުންތެރިންނަކީ ނަބާ ނިޝާން އާއި އަބްދުﷲ ފާއިހް ފަޒީލް އެވެ. އެންމެ މޮޅު ކެރަމް ކުޅުންތެރިއަކީ އައިމިނަތު ވިދާދު އާއި އިސްމާއިލް އަޒްމީން އެވެ. އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިންނަކީ ދީމާ އާއި މޫސާ މުންސިފް އެވެ.

އެންމެ މޮޅު ޗެސް ކުޅުންތެރިއަކީ ނިހާ މުހައްމަދާއި މުހައްމަދު ޝުއާއު އެވެ. އެންމެ މޮޅު ޝޫޓަރުންނަކީ އާސިފާ ޖައުފަރާއި އޮލިމްޕިކް ސްކޮލަޝިޕް ލިބުނު ޒިޔާން ޒިޔާއު އެވެ. އެންމެ މޮޅު އެތުލީޓުންނަކީ އެންމެ ފަހުން ބޭއްވި ގައުމީ މުބާރާތުގައި އެ މަގާމު ލިބުނު އައިޝަތު ހިމްނާ ހަސަން އާއި ސާއިދު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox