އެތުލީޓުންނަށް ހިތްވަރުދީ އަގުވަޒަން ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: މަހްލޫފް

Mar 17, 2022, 5:30 PM
މިރޭގެ ސްޕޯޓްސް އެވޯޑްސް ހަފްލާގައި މަހްލޫފް ވާހަކަ ދައްކަވަނީ. ކުޅިވަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ސްޕީޗުގައި އަލިއަޅުވާލި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިރޭގެ ސްޕޯޓްސް އެވޯޑްސް ހަފްލާގައި މަހްލޫފް ވާހަކަ ދައްކަވަނީ. ކުޅިވަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ސްޕީޗުގައި އަލިއަޅުވާލި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެތުލީޓުންނާއި ކުޅިވަރު އާއިލާ ބަލައިގަނެ، ހިތްވަރުދީ، އަދި އަގުވަޒަންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މިރޭ ކުރިޔަށްދާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ވާހަކަ ދައްކަމުން މަހްލޫފް ވިދާޅުވީ ހުރިހާ މައިދާނަކުން މިންތީގެ ހަމަހަމަކަން ގާއިމުކުރަން ރާއްޖެ ކުރަމުންދާ ދަތުރުގެ ބައިވެރިން ކަމުގައި، ދިވެހި ކުޅިވަރު އާއިލާ ވެސް ވެފައިވާ ކަމަށެވެ.

"އަންހެން އެތުލީޓުންނަށް މީގެ ކުރިން ދެމުން އައީ ފިރިހެން އެތުލީޓުންނަށް ދިން އެލަވަންސްގެ ބައިކުޅަ ބައި. ނަމަވެސް މިރޭ މި ހަފްލާގައި ބައިވެރިވާ ކޮންމެ އަންހެން އަދި ކޮންމެ ފިރިހެން އެތުލީޓަކަށް ވެސް އެލަވަންސް ލިބެމުންދާނީ އެއްވަރަކަށް، އެއް ހަމަޔަކަށް," މިރޭ މަހްލޫފް ވިދާޅުވި އެވެ.

ސްޕޯޓްސް އެވޯޑްއަކީ ޖެނުއަރީ 2020، ގައި ޔޫތު މިނިސްޓްރީން ބޭއްވި "ރަން އަހަރު" ޖަލްސާގައި ލޯންޗުކުރި އެވޯޑެކެވެ. އެހެން ނަމަވެސް، ކޮވިޑާ ގުޅިގެން އެވޯޑް ފަސްވި އެވެ. އަދި މި އެވޯޑަށް ޖަޖުން ކަނޑައަޅައި އިއުލާނުކޮށްފައިވަނީ މިދިޔަ މަހުގަ އެވެ.

"ސްޕޯޓްސް އެވޯޑް ކޮވިޑާ ގުޅިގެން ފަސްވެގެންދިޔުމަށް ފަހު މިރޭ ދޭން ފެށިފައިވާ ކަމީ މިކަމުގެ ސަބަބުން އެތުލީޓުންނާ ކުޅިވަރުގެ އާއިލާ އަށް ބޮޑު އަދި ތަފާތު ބަދަލެއް ގެނުވާނެ ކަމެއް،" މިރޭ މަހްލޫފް ވިދާޅުވި އެވެ.

މިރޭގެ އެވޯޑް ހަފްލާގައި ބޭރު ގައުމުތަކުގެ މިނިސްޓަރުންނާއި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ސްޕޯޓްސް ލެޖެންޑުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ސްރީލަންކާ، ބަންގްލަދޭޝްގެ ސްޕޯޓްސް މިނިސްޓަރުން ހިމެނެ އެވެ.

"އެކުވެރި ބައެއް ގައުމުތަކުގެ ވަޒީރުންނާއި ދުނިޔޭގެ ވަރުގަދަ ލެޖެންޑުންނާ އެކު، އެހެން ބައެއް ގައުމުތަކެކޭ އެއްފަދައިން މިއަދު މިއަޅަނީ ކުޑަ ގައުމަކުން ކުރިއަށް އަޅާ ބޮޑު ފިޔަވަޅެއް،" އޭނާ މިރޭ ވިދާޅުވި އެވެ.

މިރޭގެ ސްޕޯޓްސް އެވޯޑްސް ހަފްލާ އާއެކު މުޅި ދުނިޔެ އަށް ރާއްޖެ އިޝްތިހާރު ވެގެންދާނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ. އަދި، މި ހަފްލާގައި ބައިވެރިވި އެއްވެސް ކުޅިވަރު ލެޖެންޑަކު އެޕިއަރެންސް ފީއެއް ނަގާފައި ނުވާ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

މިރޭގެ އެވޯޑްސްގައި ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް، ނެދަލެންޑްގެސް ކުރީގެ ފުޓްބޯޅަ ތަރި އެޑްގާ ޑާވިޑްސް އަދި ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯގެ އިތުރުން އިނގިރޭސިވިލާތަށް އުފަން، ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ، ޓީޓީ ތަރި ޒޯރާން ޕްރިމޯރަކް އާއި ސްރީލަންކާގެ ކްރިކެޓް ލެޖެންޑް ސަނަތު ޖަޔަސޫރިޔާ އާއި އިންޑިއާގެ ކްރިކެޓް ލެޖެންޑް ސުރޭޝް ރައިނާ، ބްރެޒިލްގެ ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ)، ސެނެގާލްގެ ކުރިގެ ފުޓްބޯޅަ ތަރި ހަލީލޫ ފަޑީގާ، ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ގޯޑަން ރީޑް އަދި ސްރީ ލަންކާގެ ނެޓްބޯޅަ ލެޖެންޑް ތަރްޖިނީ ސިވަލިންގަމް، ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް، ޕޫލް ބިލިއާޑްގެ ދުނިޔޭގެ ޗެމްޕިއަން އޮސްޓްރިއާގެ އަލްބިން އޫޝާން އަދި ކުރީގެ ދުނިޔޭގެ އެންމެ މޮޅު ރެފްރީ ޖަރުމަނުގެ މާކަސް މާކް ބައިވެރިވެ އެވެ. މީގެ އިތުރުން، މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ވެސް ބައިވެރިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox