ނަޝީދު މިއަދު ދެއްވީ ދުޅަހެޔޮ ކަމުގެ ތަފްސީލް

Mar 15, 2022, 6:12 AM
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަނަވަނީ. އެމަނިކުފާނުގެ ސިއްހީ ތަފްސީލް މަޖިލީހަށް މިއަދު ދެއްވި. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަނަވަނީ. އެމަނިކުފާނުގެ ސިއްހީ ތަފްސީލް މަޖިލީހަށް މިއަދު ދެއްވި. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ސޯޝަލް ކްލަބާއި ޑަޔަބެޓިކްސް ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ހެލްތު ސްކްރީނިން ޕްރޮގްރާމެއް މަޖިލީހުގައި ކުރިއަށް ދާ ވާހަކަ އަކީ އަސްލުގައި މަޖިލީހުގެ ރިޔާސަތުން އިއުލާނު ނުކުރެއްވިޔަސް އަންގައިލެވޭ ކަހަލަ ކަމެކެވެ. އެހެން ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ވާހަކަ ހިމެނުއްވީ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި މުޅިން ހުޅުވާލާފައި އޮންނަ ހަމަ އެކަނި އައިޓަމް ކަމަށްވާ "ރިޔާސަތުން އަންގާ އެންގުން" މި ބައިގަ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މެމްބަރުން ހެލްތު ސްކްރީން ހެއްދެވުމަކީ އެމަނިކުފާނު "ވަރަށް ބޮޑަށް ލަފާ އަރުވާ ކަމެއް" ކަމަށެވެ. ހެނދުނު ހެނދުނާ ވަޑައިގެން އެމަނިކުފާނު ސްކްރީން ކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ހެލްތު ސްކްރީނިން ޕްރޮގްރާމްގައި ބަލާ ކަންތައްތަކުގެ ތަފްސީލު ވެސް ދެއްވި އެވެ.

"އަޅުގަނޑު ހިތުން މިމައުލޫމާތު ތިޔަ ބޭފުޅުން ކޮންމެހެނަކުން ބޭނުމެއް ނުވާނެ،" އަމިއްލަފުޅު ތަފްސީލްތައް ދެއްވަން ފެށްޓެވުމުގެ ކުރިން ނަޝީދު ވިދާޅުވި އެވެ.

Advertisement

ނަޝީދުގެ ތަފްސީލް

  • އުމުރު: 55
  • އިސްކޮޅު: 153 ސެންޓިމީޓަރު
  • ބަރުދަން: 63.1 ކިލޯ
  • ހަކުރު ބައްޔެއް ނެތް
  • ކެއުމުގެ ކުރިންނާއި ފަހުން ވެސް ހަކުުރުގެ މިންވަރު ރަނގަޅު
  • ބީއެމްއައި: ރަނގަޅުކުރަން ޖެހޭ (ބަރު)
  • ލޭގެ ޕްރެޝަރު: ރަނގަޅު
  • ސަރުބީގެ ނިސްބަތް: ރަނގަޅު

މަޖިލީހުގައި ކުރިއަށް ގެންދާ ހެލްތު ސްކްރީނިން ޕްރޮގްރާމްގައި ސްކްރީން ކުރުމަށް ފަހު މާހިރުންގެ ލަފާ ދިނުން ވެސް އޮވެ އެވެ. އެގޮތުން ނަޝީދަށް ދެއްވި ލަފާގެ ތަފްސީލް ވެސް އެމަނިކުފާނު ރަސްމީކޮށް މެމްބަެރުންނަށް ދެއްވި އެވެ. އެއް ލަފަޔަކީ ހަފްތާއަކު 150 މިނެޓް ކަސްރަތުކުރެއްވުމަށާއި އެ ގޮތުން ކުރައްވާ ކަސްރަތުގެ ތެރޭގައި އެރޯބިކް ކަސްރަތެއް ހިމެނުއްވުމެވެ. އަނެއް ލަފަޔަކީ ފަރިއްކުޅުއްވާއިރު ހަށިގަނޑަށް ބޭނުންވާ މުހިއްމު ބައިތައް ހިމެނުއްވުމެވެ.

މެމްބަރުންނަށް އެއީ އުނދަގޫ ކަމަށް ވާނެކަން ވެސް އެނގިވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް އެ މެމްބަރުންގެ ސިއްހީ ހަގީގަތްތައް އެނގިވަޑައިގެން ތިއްބެވުން ބޭނުންތެރިކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެއީ ސްކްރީނިން ގައި ބައިވެރިވެވަޑައިގެންނެވުމަށް ބާރު އެޅުއްވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox