އެއްބަސްވުންތަކާ ބެހޭ ގޮތުން ޔާމީން ދެއްކެވި ވާހަކަތަކަށް ނަޝީދުގެ ވަރުގަދަ ރައްދެއް

ެރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގެ ރިޔާސަަތު ބަލަހައްޓަވަނީ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނަޝީދު މިއަދު ވަރަށްބޮޑަށް ފާޑުވިދާޅުވި. ފޮޓޯ: މަޖިލީހުގެ އިދާރާ

ެރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގެ ރިޔާސަަތު ބަލަހައްޓަވަނީ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނަޝީދު މިއަދު ވަރަށްބޮޑަށް ފާޑުވިދާޅުވި. ފޮޓޯ: މަޖިލީހުގެ އިދާރާ

ރާއްޖޭން އިންޑިއާއާ އެކު ސޮއިކޮށްފައިވާ ދިފާއީ އެއްބަސްވުންތަކާ ބެހޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަރަށް ތަފްސީލީ ގޮތެއްގައި ރައްދު ދެއްވައި، އެ ވާހަކަފުޅުތައް ދޮގުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ނަޝީދު ވިދާޅުވީ ރާއްޖެއާ އިންޑިއާއިން ސޮއިކޮށްފައިވާ ދިފާއީ އެއްބަސްވުންތަކާ ބެހޭ ގޮތުން ޔާމީން ދެއްކެވި ވާހަކަފުޅުތަކަކީ ހަގީގަތާ ހިލާފު ވާހަކުފުޅުތަކެއް ކަަމަށް ވާތީ އެކަން މެމްބަރުންގެ ސަމާލުކަމަށް ގެންނެވީ ކަމަށެވެ.

ޔާމީން ދެއްކެވި ބައެއް ވާހަކަތައް ގެންނަވައި، އެ ވާހަކަތަކަށް ނަޝީދު ރައްދު ދެއްވީ ރައްޔިތުންގެ މަޖިލީހުން ކުރި މަސައްކަތްތަކުން އެއްކޮށްފައިވާ މައުލޫމާތުންނެވެ. އޭގެ އެއް ވާހަކައަކީ އުތުރު ތިލަފަަޅުގައި ޑޮކްޔާޑަކާ އެކު ބަނދަރެއް ހަދަން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުމާ ބެހޭ ގޮތުން ޔާމީން ދެެއްކެވި ވާހަކަ އެވެ.

"އުތުރު ތިލަފަޅު އެއްބަސްވުމާ ބެހޭ ގޮތުން، ދިވެހިރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، އެއްބަސްވުމުގެ މަގުސަދާއި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަމާ ގުޅޭ ގޮތުން އާއްމުންގެ ތެރޭގައި ހަގީގަތާ ހިލާފަށް ވާހަކަފުޅު ދައްކަވަމުން ގެންދަވާކަން އަޅުގަނޑަށް ހަމަ ކަށަވަރުން ވެސް ފާހަގަވޭ،" ނަޝީދު ވިދާޅުވި އެވެ.

"އިންޑިއާ އައުޓް" ކެމްޕޭނުގެ ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތުގައި މިދިޔަ ހުކުރުދުވަހު، އދ. މަހިބަދޫގައި ބޭއްވި އެއްވުމެއްގައި ޔާމީން ވިދާޅުވީ އުތުރު ތިލަފަޅަކީ އިންޑިއާގެ ސިފައިން ތިބޭ އެގައުމުގެ އަސްކަރީ ބޭސްއެއް ކަމަށެވެ. އުތުރު ތިލަފަޅުގައި އިންޑިއާގެ މަނަވަރުތައް ބަނދަރުކުރަން ދިވެހި ސަރުކާރުގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އިންޑިއާ ސިފައިން ބޭނުންވާ ކޮންމެ ހަތިޔާރެއް އެތެރެކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީންގެ އެވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ނަޝީދު މިއަދު ވިދާޅުވީ ރާއްޖޭން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުންތަކުން އެފަދަ ހުއްދަތަކެއް އިންޑިއާއަށް ނުދޭ ކަން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރި ދިރާސާތަކުން އެނގޭ ކަމަށެވެެ. އެ އެއްބަސްވުންތަކުގެ އަސްލު ކޮމިޓީގެ މެމްބަރުންނަށް ދައްކާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ހަމަ އެއާ އެކު ބޭރުގެ އުޅަނދުތަކުން ދިވެހިރާއްޖޭގެ ސަރަހައްދަށް ވަދެވޭނީ، ކަމާ ބެހޭ ގާނޫނާއި ގަވައިދުގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ އިދާރާތަކުގެ ހުއްދަ ލިބިގެންކަމާއި އުތުރުތިލަފަޅު ތަރައްގީކުުރުމުގެ އެއްބަސްވުމުގެ ދަށުން، އެފަދަ ހުއްދަ ހޯދުމަކާ ނުލައި އިންޑިއާގެ މަނަވަރަކަށް ދިވެހިރާއްޖޭގެ ސަރަހައްދަށް ވަދެވޭނެ ކަމަކަށް ބަޔާންކޮށްފައެއް ނުވޭ،" ނަޝީދު ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ބޭނުންވާ ކޮންމެ ހަތިޔާރެއް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ އުތުރުތިލަފަޅު އެއްބަސްވުމުްނ ދީފައިވާ ކަމަށް ޔާމީން ވިދާޅުވި ވާހަކަފުޅަކީ ވެސް ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަފުޅެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ދިވެހި ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން ވެފައިވާ، އަސްކަރީ ގުޅުން ގާއިމްކުރުމުގެ އެއްބަސްވުންތަކާ ބެހޭ ގޮތުން ހަގީގަތާ ހިލާފަށް ވާހަކަދައްކައި ފެތުރުމަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްްކާތެރިކަން ހުރި އަދި ދިވެހިރާއްޖެއާއި ދޭދޭ ގައުމުތަކާ ދެމެދުގައި އޮންނަ ހާރިޖީ ގުޅުންތަކަށް ހީނަރުކަން އަތުވެދާނެކަމަކަށް ވާތީވެ، އަޅުގަނޑު މަޖިލިސްގެ ރައީސްގެ ގޮތުގައި މިވާހަކަ ތިޔަ އިއްޒަތްތެރި މެމްބަރުންނަށް ދަންނަވަން ޖެހޭކަމަށް އަޅުގަނޑަށް ފެންނާތީވެ، އަޅުގަނޑު ތިޔަ އިއްޒަތްތެރި މެމްބަރުންގެ އަރިހުގައި ދެންނެވީ،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭން އިންޑިއާއާ އެކު ސޮއިކޮށް ފައިވާ އެއްބަސްވުންތަކާ ބެހޭ ގޮތުން ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ޑިފެންސް މިނިސްޓްރީން ވެސް ކުރިން ވަނީ ރައްދު ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox