މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް: ކުޅަދާނަ ރެފްރީ މާކަސް އާއި ފުޓްބޯޅަ ތަރި ޑާވިޑްސް ވެސް ބައިވެރިވާނެ

Mar 14, 2022, 5:37 AM
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް: ކުޅަދާނަ ރެފްރީ މާކަސް އާއި ފުޓްބޯޅަ ތަރި ޑާވިޑްސް ވެސް ބައިވެރިވާނެ

ބުރާސްފަތި ދުވަހުގެރޭ ކުޅިވަރު އެކުވެނި އެއް ނަމްބަރު ކްރިކެޓް ދަނޑުގައި ބާއްވާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022" ހަފްލާ އަށް ދުނިޔޭގެ އެންމެ މޮޅު ރެފްރީގެ މަގާމު ހޯދާފައިވާ ޖަރުމަނުގެ މާކަސް މާކް އާއި ނެދަލެންޑްސް ގައުމީ ޓީމަށް ކުރިން ކުޅުނު ލެޖެންޑަރީ މިޑްފީލްޑަރު އެޑްގާ ޑާވިޑްސް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވާގޮތުގައި ބުރާސްފަތި ދުވަހުގެރޭ ބާއްވާ ކުޅިވަރު އެވޯޑް ހަފްލާ އަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭނެ މި ފަދަ އެންމެ ބޮޑު އިވެންޓެވެ. މި އިވެންޓް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ދުނިޔޭގެ ކުޅިވަރުގެ މަގުބޫލު ސަހުސިއްޔަތުންނާއި ރާއްޖޭގެ ކުޅިވަރާ ގާތްގުޅުމެއް ބަހައްޓަވައި، ދިވެހި ކުޅިވަރަށް ފުރުސަތުތައް ފަހިކޮށްދެއްވުމަށް އެހީތެރިވެދޭ ބައެއް ގައުމުތަކުގެ ކުޅިވަރު ވުޒާރާގެ ވެރިން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ޖަރުމަނު ލީގުގައި އެންމެ ގިނަ މެޗު އިންސާފުކުރުމުގެ ރެކޯޑް އޮތް މާކަސް ވަނީ ފީފާގެ އެންމެ މޮޅު ރެފްރީގެ މަގާމު ތިން ފަހަރާއި ޖަރުމަނުގެ އެންމެ މޮޅު ރެފްރީގެ މަގާމު ހަ ފަހަރު ހޯދައިފަ އެވެ. މާކަސް ރެފްރީކަން ކޮށްފައިވާ ބޮޑެތި މެޗުތަކަށް ބަލާއިރު، 2004 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޕޯޗުގަލް އަތުން 1-0 އިން ގްރީސް މޮޅުވި މެޗާއި 2003 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ހިމެނެ އެވެ.

މާކަސް، އެވޯޑް ދޭން ހަމަޖެހިފައިވަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ޓެކްނިކަލް އޮފިޝަލްގެ މަގާމަށެވެ.

މި ފަހަރުގެ އެވޯޑް ހަފްލާ އަށް އައުމަށް ހަމަޖެހިފައިވާކަމަށް އިއްޔެ އިއުލާނުކުރި ޑާވިޑްސް އަކީ ދުނިޔޭގެ ފުޓްބޯޅައިގައި ސްޓައިލަށް ބަލާއިރު، ތަފާތެއް ގެނައި ކުޅުންތެރިއެކެވެ. ބޮލުގެ ހެއާސްޓައިލާއި އައިނު އަޅައިގެން ހުންނަ ގޮތުން ޑާވިޑްސް ވަނީ ފެޝަން ޓްރެންޑަކަށް ވެސް ވެފަ އެވެ. ޑާވިޑްސް ވަނީ އަޔަކްސް، ޔުވެންޓަސް، އިންޓަ މިލާން، ބާސެލޯނާ އަދި ޓޮޓެންހަމް ހޮޓްސްޕާސް އަށް ވެސް ކުޅެފަ އެވެ. ޑާވިޑްސްގެ ހާއްސަ ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ކަޕްގެ އިތުރުން އިޓާލިއަން ލީގު ތިން ފަހަރާއި ނެދަލެންޑްސްގެ ލީގު ޖުމްލަ ތިން ފަހަރު ހޯދި އެވެ.

ޑާވިޑްސް އަކީ ފީފާގެ ގަދަ 100 ސަހުސިއްޔަތުންގެ ތެރެއިން ހިމެނޭ ތަރިއެކެވެ. ޑާވިޑްސްގެ އިތުރުން ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮބާޓޯ ކާލޯސް ވެސް މި ހަފްލާގައި ބައިވެރިވާނެ އެވެ. އަދި މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ، އިޓަލީގެ ފަބްރީޒިއޯ ރޮމާނޯ ވެސް ރާއްޖެ އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެވޯޑްސްގައި ދެން ބައިވެރިވާ ތަރިންގެ ތެރޭގައި ޓީޓީގެ މަގުބޫލު ތަރި ޒޯރާން ޕްރިމޯރަކް އާއި ސްރީލަންކާގެ ކްރިކެޓް ލެޖެންޑް ސަނަތު ޖަޔަސޫރިޔާ އާއި އެ ގައުމުގެ ނެޓްބޯޅަ ކުޅުންތެރިޔާ ތަރްޖިނީގެ އިތުރުން ޕޫލް ބިލިއާޑްގެ ދުނިޔޭގެ ޗެމްޕިއަނެއް އޮސްޓްރިއާގެ އަލްބިން އޮސްކަން، ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް، ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ)، ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް، ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ، އިނގިރޭސިވިލާތަށް އުފަން، ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ އަދި ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް ސްޕޯޓްސް އެވޯޑަށް ރާއްޖެ އަންނާނެ އެވެ.

މީގެ އިތުރުން އެވޯޑް ހަފްލާގައި ބައިވެރިވެވަޑައި ގެންނެވުމަށް ސްރީ ލަންކާގެ ކުޅިވަރާބެހޭ ވަޒީރު ނަމާލް ރާޖަޕަކްސަ އާއި ބަންގްލަދޭޝްގެ ކުޅިވަރު މިނިސްޓަރު ޒާހިދު އަހްސަން ރަސަލް އަދި ސައުދީ އަރަބިއްޔާގެ ކުޅިވަރުގެ ވައިސް މިނިސްޓަރު ބަދޭރް އަލްހާދީ ރާއްޖެ ވަޑައިގަންނަވާނެ އެވެ. އަދި މިނިސްޓަރު މަހުލޫފް އިއްޔެ އިއުލާނުކުރައްވާފައިވާ ގޮތުން އިންޑިއާގެ ޔޫތު މިނިސްޓަރު އަނުރާގް ތާކުރް ވެސް ރާއްޖެ ވަޑައިގަންނަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox