ގައުމީ ބާސްކެޓްބޯޅަ ލީގު: ބޮޑު މެޗަށް ނުކުންނައިރު ޗެމްޕިއަން ކުއީންސް އުނދަގޫ ހާލަތެއްގައި

ގައުމީ ބާސްކެޓްބޯޅަ ލީގުގައި ކުއީންސް ކުޅުނު މެޗެއްގެ ތެރެއިން ތަޖުރިބާކާރު ކުޅުންތެރިޔާ ޝިއުރާ ބޯޅަ ހިފައިގެން.-- ފޮޓޯ: ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީއޭ)

ގައުމީ ބާސްކެޓްބޯޅަ ލީގުގައި ކުއީންސް ކުޅުނު މެޗެއްގެ ތެރެއިން ތަޖުރިބާކާރު ކުޅުންތެރިޔާ ޝިއުރާ ބޯޅަ ހިފައިގެން.-- ފޮޓޯ: ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީއޭ)

ގައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ފަހު މެޗަށް މިރޭ ނުކުންނައިރު، އެންމެ ފަހުގެ ޗެމްޕިއަން ކުއީންސް ބާސްކެޓްބޯލް ކްލަބްގެ މުހިންމު ކުޅުންތެރިންނަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފަ އެވެ.

ގައުމީ ލީގުގެ ފަހު މެޗުގައި ޗެމްޕިއަން ކުއީންސް ނުކުންނާނީ ސައިކްލޯންއާ ދެކޮޅަށެވެ. މި ދެ ޓީމު، ދެ ވަނަ ބުރުގައި ކުޅުނު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 64-62 ޕޮއިންޓުން ކާމިޔާބުކުރީ ސައިކްލޯން ބީސީ އެވެ.

ފަހު މެޗަށް ނުކުންނައިރު ކުއީންސްގެ އެންމެ މުހިންމު ދެ ކުޅުންތެރިންކަމަށްވާ އާމިނަތު ޝިއުރާ އަބްދުލްބާރީ އާއި ހައުމާ އުބެއިދުﷲ (ހައު) ހުރީ އަނިޔާގަ އެވެ. ހައު އަށް މި މެޗުގައި ކުޅެވުމުގެ ފުރުސަތު އޮތް ނަމަވެސް ޝިއުރާ އަށް މި މެޗުގައި ނުކުޅެވޭނެ އެވެ. ޝިއުރާ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ އަށް ގައުމީ ލީގަށް ފަހު ފަށާ ގައުމީ މުބާރާތުގައި ވެސް ކުޅެވުމުގެ ފުރުސަތު ކުޑަ އެވެ.

މި ދެ ކުޅުންތެރިންނާ އެކު އެންމެ ފަހުން ކުޅުނު ތިން މެޗަށް ބަލާއިރު ވެސް ކުއީންސް މެޗުތަކުން މޮޅުވެފައިވަނީ ހަނި ފަރަގަކުންނެވެ.

ޓީމުގެ އެންމެ މުހިންމު ދެ ކުޅުންތެރިންނަށް މި މެޗުގައި ނުކުޅެވޭއިރު ދެން އެ ޓީމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ ރައިފާ އިބްރާހިމް، އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސް ހުރުމާ އެކު އޭނާ މި މެޗުގައި ނުފެންނާނެ އެވެ. ރައިފާ އެނބުރި ޓީމާއި ގުޅޭނެކަމަށް ބެލެވެނީ ގައުމީ މުބާރާތުގަ އެވެ.

ފަހު މެޗަށް ނުކުންނައިރު ސައިކްލޯން އޮތީ ރަނގަޅު ފޯމެއްގަ އެވެ. އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، އަނާ ބޮރޮންޔަކް މުޅި މުބާރާތުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ޝައިލާން އަފްޒަލް އާއި މަރިޔަމް ސޮފްވާ ހަސަން ވެސް އަންނަނީ ޓީމުގައި މުހިންމު ދައުރެއް އަދާ ކުރަމުންނެވެ.

މީގެ އިތުރުން ތަޖުރިބާކާރު ކުޅުންތެރިޔާ ހުސްނާ މުހައްމަދު (ހުސީ)ގެ ކުޅުން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

މިހާތަނަށް އަންހެން ޑިވިޝަންގައި ކުޅުނު މެޗުތަކަށް ބަލާއިރު، ސައިކްލޯން ބީސީ އަށް އެންމެ ރަނގަޅު ފައިޓެއް ދިން ޓީމަކީ ކުއީންސް އެވެ. ކުއީންސް އަށް ދިމާވެފައިވާ މައްސަލަތަކާ އެކު އެ ޓީމަށް ގައުމީ ލީގު ދިފާއުކުރުމަކީ ބޮޑު ޗެލެންޖަކަށް ވާނެ އެވެ. ޒުވާނުންގެ މަރުކަޒު އެތެެރެ ކޯޓުގައި މިރޭ ކުޅޭ މެޗު ފަށާނީ 21:30ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox