ޓީރެކްސް އިން ގައުމީ ބާސްކެޓްބޯލް ލީގު ކާމިޔާބުކޮށްފި

Feb 13, 2024, 7:55 AM
ޓީރެކްސް އިން ގައުމީ ބާސްކެޓްބޯޅަ ލީގުގެ ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: ބާސްކެޓު/ ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ޓީރެކްސް އިން ގައުމީ ބާސްކެޓްބޯޅަ ލީގުގެ ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: ބާސްކެޓު/ ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ފަހު މެޗުގައި ކިންގްސް ބާސްކެޓްބޯލް ކްލަބް އަތުން ބަލިވި ނަމަވެސް ޓީރެކްސް އިން ގައުމީ ބާސްކެޓްބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އެންމެ ފަހުން ދެ ފަހަރުގެ ގައުމީ ލީގުގެ ޗެމްޕިއަން ކިންގްސް އިން ރޭގެ މެޗުން ޓީރެކްސް ކައިރިން ކުރިހޯދީ 47-48 އިންނެވެ. މި މެޗާ ހަމައަށް އައިއިރު، ޓީރެކްސް ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ. ކިންގްސް އަތުން ފުރަތަމަ ބުރުގައި ޓީރެކްސް މޮޅުވި އެވެ. އެކަމަކު، ފަހު މެޗުގައި ކިންގްސް އަތުން ބަލިވި ނަމަވެސް ލީގުގެ ޖުމްލަ ރޭންކިން އަށް ބަލާއިރު، ޓީރެކްސް އަށް ކުރި ލިބުނީ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު ލީގުގެ ފަހު މެޗުގައި، ފުރަތަމަ ކުއާޓަރު ނިމުނުއިރު، ކިންްގސް އޮތީ ފަހަތުގަ އެވެ. ޓީރެކްސް ލީޑުގައި އޮތީ، 17-14 އިންނެވެ.

އެކަމަކު، ދެ ވަނަ ކުއާޓަރުގައި ކިންގްސް އިން ކުޅުން ރަނގަޅުކޮށް ލީޑެއް ނެގި އެވެ. މިއީ، މެޗުގެ ނަތީޖާ ކިންގްސް ކޮޅަށް އެނބުގައި މުހިންމު ވި ކުއާޓަރެކެވެ. އެއީ، ދެން ކުޅުނު ކުއާޓަރުގައި ވެސް ޓީރެކްސް އަށް ނަތީޖާ އަނބުރާލެވޭ ގޮތެއްނުވި އެވެ. އަދި ހަތަރު ވަނަ ކުއާޓަރުގައި ދެ ޓީމަށް ވެސް ޕޮއިންޓް ސްކޯ ކުރެވުނީ އެއްވަރަށެވެ.

ކިންގްސް އަށް މި މެޗު ކާމިޔާބު ކޮށްދިނުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިންނަށް ބަލާއިރު، ކެޕްޓަން، އަބްދުﷲ އަމްޒަރު، އިބްރާހިމް ނަސީމް، އަހުމަދު އަލީ މުސްތަފާ (ބޮމްބެ) އަދި އަލްދާން އައިކް ރަމީޒް ހިމެނެ އެވެ. ނަސީމް އާއި އަލްދާން ކޮންމެ ކުޅުންތެރިއަކު ނުވަ ޕޮއިންޓް ސްކޯކުރިއިރު، ބޮމްބެ އާއި އަމްޒަރު، ކޮންމެ ކުޅުންތެރިއަކު އަށް ޕޮއިންޓް އެއްކުރި އެވެ.

ޓީރެކްސް އަށް މި މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކައިިދިނީ، 10 ޕޮއިންޓް އެއްކުރި، ތަޖުރިބާކާރު ކުޅުންތެރިޔާ، މުހައްމަދު ހުވައިލިދު އަލީ (ހުވޭ) އެވެ.

ގައުމީ ލީގަށް ފަހު ދެން އޮންނާނީ ގައުމީ ބާސްކެޓްބޯޅަ މުބާރާތެވެ. އެ މުބާރާތުގައި ވާދަކުރާނީ ކޮންމެ ޑިވިޝަނަކުން (އަންހެން އަދި ފިރިހެން ޑިވިޝަނުން) ވެސް ގަދަ ހަތަރެކެވެ.

އެންމެ ފަހުގެ ގައުމީ ޗެމްޕިއަނުންނަކީ އަންހެން ޑިވިޝަނުގައި ސައިކްލޯން ބާސްކެޓްބޯލް ކްލަބް އެވެ. އަދި ފިރިހެން ޑިވިޝަން ކާމިޔާބުކުރީ ކިންގްސް އިންނެވެ. އެންމެ ފަހުން، ބޭއްވި ތިން ފަހަރު ވެސް ގައުމީ ތަށި ހޯދީ ކިންގްސް އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox