ޓީރެކްސް އާއި ކިންގްސް މޮޅަކުން ދެ ވަނަ ބުރު ފަށައިފި

Jan 31, 2024, 4:57 AM
މި ފަހަރުގެ ގައުމީ ބާސްކެޓްބޯޅަ ލީގުގެ މެޗެއްގެ ތެރެއިން ޓީރެކްސްގެ ކެޕްޓަން ވިލްދާން: އޭނާ އަކީ މުބާރާތުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔާ.--- ފޮޓޯ؛ ސިޑިބަރި / ބާސްކެޓްބޯލް އެސޯސިއޭޝަން

މި ފަހަރުގެ ގައުމީ ބާސްކެޓްބޯޅަ ލީގުގެ މެޗެއްގެ ތެރެއިން ޓީރެކްސްގެ ކެޕްޓަން ވިލްދާން: އޭނާ އަކީ މުބާރާތުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔާ.--- ފޮޓޯ؛ ސިޑިބަރި / ބާސްކެޓްބޯލް އެސޯސިއޭޝަން

މިހާރު ކުރިއަށްދާ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ދެ ވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުތަކުން ޓީރެކްސް ބާސްކެޓްބޯލް ކްލަބާއި ކިންގްސް ބާސްކެޓްބޯލް ކްލަބް މޮޅުވެއްޖެ އެވެ.

ލީގު ބުރުގެ ފުރަތަމަ ބުރުގައި ޓީރެކްސް އިން ވަނީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. އަނެއްކޮޅުން، ކިންގްސް ހަމައެކަނި ބަލިވި މެޗަކީ ޓީރެކްސްއާ ދެކޮޅަށް ކުޅުނު މެެޗެެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ޓީރެކްސް އިން ނުކުތީ، ސްޓިންގާސް ބާސްކެޓްބޯލް ކްލަބާ ދެކޮޅަށެވެ. މި މެޗުން ޓީރެކްސް މޮޅުވީ، 88-48 އިންނެވެ. މެޗުގެ ފުރަތަމަ ކުއާޓަރުން ފެށިގެން ޓީރެކްސް އިން ކޮންޓްރޯލް ކުރި މި މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ ތިން ކުއާޓަރުގައި އެވްރެޖްކޮށް، 20 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. ފަހު ކުއާޓަރުގައި އެ ވަރަށް ސްކޯ ނުުރެވުނު ކަމުގައި ވިޔަސް، ހަމަޖެހިލައިގެން ރަނގަޅު ލީޑެއްގައި އޮވެ މެޗު ނިންމާލި އެވެ.

Advertisement

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޓީރެކްސްގެ ކެޕްޓަން، އިސްމާއިލް ވިލްދާން ވަނީ 16 ޕޮއިންޓް އެއްކޮށްފަ އެވެ.

ރޭ ކުޅުނު ދެ ވަނަ މެޗުގައި ކިންގްސް އިން ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބް އަތުން މޮޅުވީ، 112-80 އިންނެވެ. ކިންގްސް އިން ފުރަތަމަ ކުއާޓަރުގައި ލީޑެއް ނެގިއިރު، ދެން ކުޅުނު ދެ ކުއާޓަރުގައި ރެޑްވިންގްސް އިން ކުޅުން ރަނގަޅުކޮށް ފަރަގު ކުޑަކުރި އެވެ. އެކަމަކު، މުޅި މެޗަށް ބަލާއިރު، ކިންގްސް އިން ހިފަހައްޓަމުންދިޔަ ޕާފޯމަންސް ލެވަލް ދަމަހައްޓައި، އެ ޓީމުން މެޗު ކާމިޔާބުކުރީ އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު، ކިންގްސްގެ އަބްދުﷲ އަމްޒަރު ވަނީ 17 ޕޮއިންޓް ހޯދައިފަ އެވެ. އެ ޓީމުގެ އިބްރާހިމް ނަސީމް ވަނީ 19 ޕޮއިންޠް ސްކޯކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox