ފުރަތަމަ ބުރުގައި ޓީރެކްސް އަށް ފުރިހަމަ ރެކޯޑެއް، ކިންގްސް ވިއްދާފައި

Jan 29, 2024, 6:46 AM
ޓީރެކްސް އާއި ރެޑްވިންގްސް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ސިޑިބަރި / ބާސްކެޓު

ޓީރެކްސް އާއި ރެޑްވިންގްސް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ސިޑިބަރި / ބާސްކެޓު

މިހާރު ކުރިއަށްދާ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ބުރުގައި ޓީރެކްސް ބާސްކެޓްބޯލް ކްލަބުން ކުޅުނު ފަހު މެޗުން ވެސް މޮޅުވެ، ފުރިހަމަ ރެކޯޑަކާ އެކު މި ބުރު ނިންމާލާފައިވާއިރު، ދެ ވަނައިގައި އޮތް ކިންގްސް ބާސްކެޓްބޯލް ކްލަބުން ވެސް މޮޅަކާ އެކު މި ބުރު ނިންމާލައިފި އެވެ.

ޓީރެކްސް އިން ފަހު މެޗުގައި ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބާ ދެކޮޅަށް ކުޅެ މޮޅުވީ، 86-66 އިންނެވެ. ކިންގްސް އިން ރޭ ސްޓިންގާސް ބާސްކެޓްބޯލް ކްލަބާ ކުޅެ މޮޅުވީ 134-23 އިންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ކުއާޓަރުގައި ލީޑުނެގީ، ރެޑްވިންގްސް އިންނެވެ. އެ ޓީމުން މި ކުއާޓަރު ނިންމާލިއިރު، އޮތީ 16-17 އިން ކުރީގަ އެވެ. އެކަމަކު، ދެ ވަނަ ކުއާޓަރު ނިމެންވާއިރަށް ޓީރެކްސް އިން ނަތީޖާ އަނބުރާލައި، މެޗުގެ ކޮންޓްރޯލް ހޯދި އެވެ. ދެން، ކުޅުނު ދެ ކުއާޓަރުގައި ވެސް އެ ރޫހު ދައްކައި، ޓީރެކްސް އިން މި މެޗުން މޮޅުވީ އެވެ.

މެޗުގައި ޓީރެކްސް އަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ، 27 ޕޮއިންޓް އެއްކުރި އަހުމަދު ފިރާޝް އެވެ. އެ ޓީމުގެ ކެޕްޓަން، އިސްމާއިލް ވިލްދާން ވަނީ 18 ޕޮއިންޓް ސްކޯކޮށްފަ އެވެ. މި މެޗުގައި ރެޑްވިންގްސްގެ މުހައްމަދު ރިޝްވާން ވަނީ 19 ޕޮއިންޓް އެއްކޮށްފަ އެވެ.

ކިންގްސް އިން ރޭ ކުޅުނު މެޗުގެ ފުރަތަމަ ކުއާޓަރުން ފެށިގެން އެ ޓީމުން ވަނީ ކޮންޓްރޯލް ނަގައިފަ އެވެ. ކިންގްސް އަށް ރޭގެ މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކައިިދިނީ، 25 ޕޮއިންޓް ސްކޯކުރި ޓީމުގެ ކެޕްޓަން، އަބްދުﷲ އަމްޒަރު މުހައްމަދު އާއި 20 ޕޮއިންޓް އެއްކުރި، އިބްރާހިމް ނަސީމް އެވެ.

ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު، ޓީރެކްސް އެއް ވަނައިގައި އޮތްއިރު ކިންގްސް އޮތީ ދެ ވަނައިގަ އެވެ. މިހާރު މި އޮތް ގޮތުން، ލީގު ޗެމްޕިއަން ކަނޑައެޅިގެންދާނީ ދެ ވަނަ ބުރުގައި ކިންގްސް އާއި ޓީރެކްސްގެ ކުރިމަތިލުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox