ގައުމީ ބާސްކެޓްބޯޅަ ލީގު: އެއްވެސް މެޗަކުން ބަލިނުވެ ކިންގްސް އިން ގައުމީ ލީގު ދިފާއުކޮށްފި

ކިންގްސްގެ ކުޅުންތެރިންނާއި އިސް އޮފިޝަލުން ގައުމީ ލީގުގެ ތަށްޓާ އެކު.-- ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން

ކިންގްސްގެ ކުޅުންތެރިންނާއި އިސް އޮފިޝަލުން ގައުމީ ލީގުގެ ތަށްޓާ އެކު.-- ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން

ލީގުގެ ފަހު މެޗުގައި މިރޭ ޓީރެކްސް 88-85 ޕޮއިންޓުން ބަލިކޮށް ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 100 ޕަސެންޓް ރެކޯޑަކާ އެކު ގައުމީ ބާސްކެޓްބޯޅަ ލީގުގެ ތަށި ކިންގްސް ބާސްކެޓްބޯލް ކްލަބުން ދިފާއުކޮށްފި އެވެ.

މިއީ 2017 ވަނަ އަހަރު ވުޖޫދުވި ކިންގްސް އިން ގައުމީ ލީގުގެ ތަށި ހޯދި ތިން ވަނަ ފަހަރެވެ. އެންމެ ފަހުން 2020 ގައި އޮތް ގައުމީ ލީގު ކިންގްސް ހޯދީވެސް ޓީރެކްސް ފަހަތަށް ޖައްސާލައިގެންނެވެ. އެ ފަހަރު ލީގުގެ ފަހު މެޗުގައި ކިންގްސް ބަލިވި ނަމަވެސް ސްކޯގެ ފަރަގަށް ބަލައި ޗެމްޕިއަންކަން ލިބުނީ ކިންގްސް އަށެވެ.

ޒުވާނުންގެ މަރުކަޒު އެތެެރެ ކޯޓުގައި މިރޭ ކުޅުނު ލީގުގެ ފަހު މެޗަށް ނުކުތްއިރު ޓީރެކްސް އަށް ތަށި ލިބެން އޮތީ ހަތަރު ޕޮއިންޓްގެ ތަފާތުން ކިންގްސް ބަލިކޮށްގެންނެވެ. މެޗު ފަށައިގެން ރަނގަޅަށް ކުޅެ، ކިންގްސް އިން ބޮޑު ލީޑެއް ނެގި އެވެ. ބިދޭސީ ކުޅުންތެރިޔާ އާލަންޑޯ "ބެންޑޯ" ކުކް އާއި ޑެކޯރޭ ޖޯންސްގެ މޮޅު ކުޅުމާ އެކު އެޓީމުން ދެ ކުއާޓާ ނިންމާލިއިރު އޮތީ 18 ޕޮއިންޓްގެ ބޮޑު ލީޑެއްގަ އެވެ.

ޓީރެކްސް އިން ތިން ވަނަ ކުއާޓާގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. މި ކުއާޓާގައި ޓީރެކްސްގެ ބިދޭސީ ކުޅުންތެރިޔާ ފިލިޕް ވުކޮސަޔެވިޗް އާއި އިސްމާއިލް ވިލްދާން އަދި އަހުމަދު ޒަބީރު (ޒަބީ)ގެ ކުޅުން ފާހަގަކޮށްލެވުނެވެ. ކުއާޓާ ނިމުނު އިރު ކިންގްސް އިން ނަގާފައި އޮތް ބޮޑު ލީޑު ޓީރެކްސް އިން އެންމެ ޕޮއިންޓަކަށް ކުޑަކުރި އެވެ. އެއް ޕޮއިންޓްގެ ފަރަގަކާ އެކު ހަތަރު ވަނަ ކުއާޓާ ފެށިއިރު، ޓީރެކްސް އިން ދިޔައީ ރަނގަޅު ޓެމްޕޯ އެއްގައި ކުޅެމުންނެވެ. ނަތީޖާ އަކަށްވީ އެ ޓީމުން ގާތް ގާތުގައި ޕޮއިންޓްތަކެއް އެއްކޮށް، މި ކުއާޓާގެ ފުރަތަމަ ފަސް މިނިޓް ނިމުނުއިރު އަށް ޕޮއިންޓްގެ ލީޑެއް ނެގުމެވެ.

ޓީރެކްސްގެ މުހިންމު ކުޅުންތެރިން ވަރުބަލިވެ ބަދަލުކުރަން ޖެހުނު ދަނޑިވަޅުގައި ކިންގްސް އިން އާ ހިތްވަރެއް ދައްކައި، ފަހަތުން އަރާ ނަތީޖާ އަނބުރާލި އެވެ. ކިންގްސް އިން މި ފަހަރު ލީޑު ނެގުމުގައި ބެންޑޯ އާއި އިބްރާހިމް ރަޝްވާން (ޗިކު) ދެއްކި ކުޅުން ފާހަގަކޮށްލެވުނެވެ. ޓީރެކްސް އަށް ތަފާތު ބޮޑު ކުރަން ލިބުނު ދަނޑިވަޅުތަކުގަޔާއި އެއްވަރުކުރަން ލިބުނު ގިނަ ފުރުސަތުތައް ނަގާލެވުނީ އަމިއްލަ އަށް ހެނދުނު ގޯސްތައް ގިނަވެގެންނެވެ.

އެންމެ ފަހު ވަގުތާ ހަމައަށް ވެސް ޔަގީންކަން އޮތް: ޒިލާ

ޗެމްޕިއަންކަން ހޯދި ކިންގްސްގެ އެސިސްޓަންޓް ކޯޗު މުހައްމަދު ޒިލާލް (ޒިލާ) ބުނީ މި ނިމުނީ ފޯރިގަދަ ބަލާ ހިތްވާކަހަލަ ވަރުގަދަ މެޗެއް ކަމަށެވެ. މެޗުން މޮޅުވުމުގައި ހުރިހާ ކުޅުންތެރިން ދެއްކި ކުޅުމާއި ކުރި ހިތްވަރަށް އޭނާ ތައުރީފު ކުރި އެވެ.

"ޓީރެކްސް އިން ބޮޑު ލީޑެއް ނެގީ ވަރަށް ނުބައި ގަޑިއެއްގައި. އެކަމަކުވެސް ޔަގީންކަން އޮތް ޓީމަށް އެޑްޖަސްޓްމަންޓްތައް ގެނެސްގެން މޮޅުވެވޭނެ ކަމަށް. ހުރިހާ ކުޅުންތެރިން ވެސް ނިކުތީ ވަރަށް ތައްޔާރުވެގެން އެ ކޮންފިޑެންސާ އެކު އެއީ ހަގީގަތުގައި ތަފާތަކަށްވި ކަމަކީ،" ޒިލާ ބުންޏެވެ.

ކިންގްސްގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން

ޒިލާ ބުނީ ކުރިއަށް އޮތީ ގައުމީ މުބާރާތް ކަމަށާއި ކިންގްސްގެ އެންމެ ވަރުގަދަ ރޫހުގައި ގައުމީ މުބާރާތަށް ނުކުންނާނީ އިތުބާރާ އެކު ކަމަށެވެ.

"އިންޖަރީން ރަނގަޅުވެ ފިރާ ގައުމީ މުބާރާތުގެ ސެމީގައި ކުޅޭނެ. އުމްރާ އަށް ފަހު އަންޓެ ފައިނަލުގައި ކުޅޭނެ. އެހެންވީމަ ކިންގްސް ވަރުގަދަކޮށް ގައުމީ މުބާރާތަށް ނުކުންނާނެ،" ޖެހިޖެހިގެން ތިން ފަހަރު ކިންގްސް އަށް ގައުމީ ތަށި ހޯދައިިދިނުމުގެ އަޒުމުގައި ހުރި ޒިލާ ބުންޏެވެ.

ފެށުން ދިޔައީ ގޯސްކޮށް: ޓީރެކްސް ކޯޗު ފަޒްލީ

ޓީރެކްސްގެ ކޯޗު އަލީ ފަޒްލީ (އޮލިމްޕިކް) ބުނީ ފުރަތަމަ ކުއާާޓާގައި ކިންގްސް އަށް ބޮޑު ލީޑެއް ލިބުނު ހިސާބުން މެޗުން މޮޅުވާން އިތުރު ހިތްވަރަކާ އެކު މަސައްކަތް ކުރަން ޖެހުނު ކަމަށެވެ. އަދި މީގެ އިތުރުން މެޗަށް ނުކުތްއިރު ވެސް ހަތަރު ޕޮއިންޓުން މޮޅުވާން ޖެހުމަކީ ވެސް ކުޅުންތެރިން އިތުރަށް ވިސްނަން ޖެހުނު ކަމެއް ކަމަށް އޮލިމްޕިކް ފާހަގަކުރި އެވެ.

"އަސްލު ފުރަތަމަ ކުއާޓާގައި އަހަރުމެންނަށް ތިބެވުނީ ތަންކޮޅެއް ނިދި މަޑުކޮށް. އެތަންކޮޅުން ބޮޑު ލީޑެއް ކިންގްސް އަށް އޮތީމަ އޭތި އަތުލަން ޖެހުނީމަ އެންމެ ބޮޑަށް އުނދަގޫވީ. ދެން ކުޅުންތެރިން ބޮލުގަ އިން ހަތަރު ޕޮއިންޓުން މޮޅުވާން ޖެހޭކަން ވެސް ހަމައެކަނި މޮޅުވާން ޖެހޭ ނަމަ އެތެރެއިން ކުޅެގެން ގެނެވުނީސް. ބޭރުން ކުޅެގެން ޕޮއިންޓްތަކެއް ނަގަން ޖެހުނީމަ މީގަ އުނދަގޫތައް ދިމާވީ،" އޮލިމްޕިކް ބުންޏެވެ.

އޮލިމްޕިކް ބުނީ އަނިޔާ އަދި ފިޓްނަސް މައްސަލަތަކުގެ ސަބަބުން މެޗުގެ މުހިންމު ދަނޑިވަޅުތަކުގައި ޓީމަށް ބޮޑެތި އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ.

"ލީގު ފަށައިގެން މިހާ ހިސާބަށް އައިއިރު ބޮޑެތި ގޮންޖެހުންތަކެއް ދިމާވެއްޖެ ޓީމަށް، އެންމެ ބޮޑަށް ޓީމްގެ އެންމެ ކީ ޕްލޭޔަރު އަދި ކެޕްޓަން ޗިކަނޭ އަށް އަނިޔާވެގެން ސީޒަންގައި ނުކުޅެވުން. މެންޓަލީ ވެސް ވަރަށް އަސަރުކުރި ކަމެއް އެއީ. ޗިކަނޭ ނެތްތަން ފޫ ބައްދަން މުޅި ޓީމް އެއްކޮށް މަސައްކަތް ކުރަން ޖެހުނީ. އެތަން ވަރަށް ބޮޑަށް ދެއްކި،" އޮލިމްޕިކް ބުންޏެވެ.

މިރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ޓީރެކްސްގެ ފިލިޕް އަށެވެ. ލީގުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ކިންގްސްގެ ބެންޑޯ، ޑެކޯރޭ، ރެޕްޓާސްގެ ޖެފްރީ ކޯބީގެ އިތުރުން ބައުސްގެ ޖޭމްސް ސްޓެން ބެކް އަދި ރެޑްވިންގްސްގެ ތޯމަސް މަލިކް ގެރަލްޑް އެވެ.

ގައުމީ ލީގުގެ ފުރަތަމަ ޑިވިޝަންގެ މެޗުތަކަށް ފަހު ދެން އޮތީ ގައުމީ މުބާރާތެވެ. ގައުމީ މުބާރާތުގެ ކުޅުން އަންނަ ހޮނިހިރު ދުވަހު ފަށާއިރު، ފުރަތަމަ ސެމީ ފައިނަލްގައި ވާދަކުރާނީ ވެސް ކިންގްސް އާއި ޓީރެކްސް އެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭއިރު، ބަލިވާ ޓީމެއް ތިން ވަނަ ސެމީގައި ނުކުންނާނީ ދެ ވަނަ ސެމީ ފައިނަލްގައި ބައުސް އާއި ރެޑްވިންގްސް ބީސީ ވާދަކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox