މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ޓީޓީގެ ރެކޯޑް ތަރި ޒޯރާން ބައިވެރިވާނެ

Mar 10, 2022, 7:58 PM
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ޓީޓީގެ ރެކޯޑް ތަރި ޒޯރާން ބައިވެރިވާނެ

މި މަހު 17 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022" އަށް ޓޭބަލް ޓެނިސްގެ ރެކޯޑް ތަރިއެއް ކަމަށްވާ ކްރޮއޭޝިއާގެ ޒޯރާން ޕްރިމޯރަކް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑު، މާލެ ސިންތެޓިކް ޓްރެކްގައި ބާއްވާ އެވޯޑް ހަފްލާގައި ޒޯރާންގެ އިތުރުން ދުނިޔޭގެ ލެވަލްގެ މަޝްހޫރު ގިނަ ކުޅިވަރު ސަހުސިއްޔަތުން ބައިވެރިވާނެ އެވެ. ރާއްޖޭގެ ކުޅިވަރާބެހޭ މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ މި ހަފްލާ އަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އެވޯޑް ހަފްލާއަށް ވެގެންދާނެ ކަމަށެވެ.

ރާއްޖެ އަންނަ ގޮތަށް ހަަމަޖެހުނު ޒޯރާން، 52، އަކީ ޓީޓީ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ކުޅުންތެރިއެކެވެ. އެއީ 1993 އާއި 1997 ވަނަ އަހަރު އެވެ. ޒޯރާން އަކީ ހަތް އޮލިމްޕިކްސް އިވެންޓްގައި ވާދަކުރި މަދު އެތުލީޓުންގެ ތެރެއިން އެކަކެވެ. އޭނާ ވަނީ 1998 ވަނަ އަހަރު ޓޭބަލް ޓެނިސްގެ ދުނިޔޭގެ ރޭންކިންގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. ކާމިޔާބު ކެރިއަރުގައި 25 އަށް ވުރެ ގިނަ މެޑަލް ހޯދި ޒޯރާން އަކީ ޓީޓީގެ ލެޖެންޑެކެވެ.

ކެރިއަރު ނިންމާލުމަށް ފަހު ވެސް ޓީޓީ އަށް އެކި ހިދުމަތްތައް ކޮށްދެމުން އަންނަ ޒޯރާން ވަނީ 2018 ވަނަ އަހަރު އިންޓަނޭޝަނަލް ޓީޓީ ފެޑެރޭޝަންގެ އެތުލީޓްސް ކޮމިޝަންގެ ޗެއާ އަކަށް އިންތިހާބުވެފަ އެވެ.

މިނިސްޓަރު މަހުލޫފް އިއުލާނުކުރައްވާފައިވާ ގޮތުން، ޒޯރާން އާއި ސްރީލަންކާގެ ކްރިކެޓް ލެޖެންޑް ސަނަތު ޖަޔަސޫރިޔާގެ އިތުރުން ޕޫލް ބިލިއާޑްގެ ދުނިޔޭގެ ޗެމްޕިއަނެއް އޮސްޓްރިއާގެ އަލްބިން އޮސްކަން، ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް، ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ)، ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް، ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ، އިނގިރޭސިވިލާތަށް އުފަން، ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ އަދި ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް ސްޕޯޓްސް އެވޯޑަށް ރާއްޖެ އަންނާނެ އެވެ.

މީގެ އިތުރުން އެވޯޑް ހަފްލާގައި ބައިވެރިވެވަޑައި ގެންނެވުމަށް ސްރީ ލަންކާގެ ކުޅިވަރާބެހޭ ވަޒީރު ނަމާލް ރާޖަޕަކްސަ އާއި ބަންގްލަދޭޝްގެ ކުޅިވަރު މިނިސްޓަރު ޒާހިދު އަހްސަން ރަސަލް އަދި ސައުދީ އަރަބިއްޔާގެ ކުޅިވަރުގެ ވައިސް މިނިސްޓަރު ބަދޭރް އަލްހާދީ ރާއްޖެ ވަޑައިގަންނަވާނެ އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި 550 އަށް ވުރެ ގިނަ މީހުން ބައިވެރިވާއިރު، މި ހަފްލާ ބާއްވަން ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގެ ސިންތެޓިކް ސަރަހައްދުގައި ހަދާ ސްޓޭޖާއި އެހެނިހެން ތައްޔާރީތަކަށް މިއަދުން ފެށިގެން މި މަހު 19 އަށް އެ ޓްރެކް ބަންދުވާނެ އެވެ. މިނިސްޓަރު މަހުލޫފް ވިދާޅުވީ ސިންތެޓިކް ޓްރެކް ބަންދުކުރަނީ އެކަން ކުރެވޭނެ އެންމެ ކުޑަ މުއްދަތަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox