ލޮކްޑައުންގައި ހާލުގައި ޖެހުނު ފަރާތްތަކަށް ކޮއްތު ދޭން ހޭދަކުރުމުގައި ގިނަ އިހުމާލުތަކެއް

ކޮވިޑާ ގުޅިގެން މާލެ ލޮކްޑައުންކުރުމުން ހާލުގައި ޖެހުނު އާއިލާތަކަށް އެހީވާން މާލޭގައި ގާއިމުކުރި ވަގުތީ ހިޔާއެއް. -ފޮޓޯ: ޕީއެސްއެމް

ކޮވިޑާ ގުޅިގެން މާލެ ލޮކްޑައުންކުރުމުން ހާލުގައި ޖެހުނު އާއިލާތަކަށް އެހީވާން މާލޭގައި ގާއިމުކުރި ވަގުތީ ހިޔާއެއް. -ފޮޓޯ: ޕީއެސްއެމް

ކޮވިޑުގެ ބަލިމަޑުކަން އެންމެ ގޯސްވެ، މުޅި މާލެ ސަރަހައްދު ލޮކްޑައުންކުރުމާ ގުޅިގެން ހާލުގައި ޖެހުނު އާއިލާތަކަށް ކެއިން ބުއިމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ޖެންޑާ މިނިސްޓްރީން އަމަލުކޮށްފައިވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް އޮޑިޓު އޮފީހުން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީގެ 2020 ވަނަ އަހަރުގެ ކޮމްޕަލަޔަންސް އޮޑިޓު ރިޕޯޓުގައި ބުނީ ދައުލަތުގެ އިދާރާތަކުން ހިދުމަތާއި މުދާ ހޯދުމަށްޓަކައި ހުޅުވާލައި ފުރުސަތުތަކުގައި ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ފެންވަރާއި ހުށަހަޅާފައިވާ އަގުގެ މައްޗަށް ބަލައި، އެންމެ ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހުށަހެޅުމެއް ހޮވުމުގައި މިދެބައިގެ ބުރަދަނަށް ބަލަން މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ކޮވިޑާ ގުޅިގެން މާލެ ލޮކްޑައުން ކުރުމުން ހާލުގައި ޖެހުނު އާއިލާތަކަށް، 24 އޭޕްރީލް 2020އިން ފެށިގެން ކެއިން ބުއިމުގެ ކަންތައް ހަމަޖެއްސުމަށް ހަތަރު ފަރާތަކުން ހުށަހަޅާފައިވާ ކޯޓޭޝަން އިވެލުއޭޓްކޮށްފައިވަނީ ދައުލަތަށް އެންމެ ފައިދާ ހުރިގޮތަށް ނޫންކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

މިގޮތުން، އެކަށީގެންވާ މެނޫއެއް ތައްޔާރުކޮށް އެ މެނޫއަށް ބިނާކޮށް އަގު ހޯދުމުގެ ބަދަލުގައި، ޕްރޮޕޯސަލް ހުށަހަޅި ފަރާތްތަކުން އަމިއްލައަށް އިހުތިޔާރުކުރާ މެނޫއަކަށް އަގު ހުށަހަޅަން ފުރުސަތު ހުޅުވާލުމުން އެކި ފަރާތްތަކުން އެކި ފެންވަރުގެ މެނޫތަކަށް އަގު ހުށަހަޅާފައިވާކަމަށް ބުނެފައި ވެއެވެ.

އަދި ޕްރޮޕޯސަލްތަކަށް ޕޮއިންޓް ދިނުމުގައި ކުޑަ އަގަށް ބޮޑު ބުރަދަނެއް ދިނުމުގެ ބަދަލުގައި މެނޫގައި ހިމަނާފައިވާ ބާވަތްތަކުގެ އަދަދަށް 60 ޕޮއިންޓް އަދި އަގަށް 40 ޕޮއިންޓްގެ ބުރަދަނެއް ދީފައިވާ ކަމަށް އޮޑިޓު އޮފީހުން ބުންޏެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނީ އެގޮތަށް ބިޑް އިވެލުއޭޓް ކުރުމުގެ ސަބަބުން އެންމެ މަތިން މާކްސް ލިބިގެން ހިދުމަށް ދިނުމަށް ހަވާލުކޮށްފައިވާ ފަރާތުން ހުށަހަޅާފައިވާ މީހަކަށް ދުވާލަކަށް 152ރ. އަގާއި ދެވަނައަށް އެންމެ މަތިން މާކްސް ލިބުނު ފަރާތުން ހުށަހެޅި 117ރ. އަގާ ވަރަށް ބޮޑު ފަރަގެއް ހުރި ކަމަށެވެ.

އަދި ބިޑުތަކަށް މާކްސް ދިނުމުގައި މަސައްކަތުގެ ތަޖުރިބާއާއި ގާބިލިއްޔަތުކަން ހުރި މިންވަރު އެއްވެސްވަރަކަށް ވަޒަންކޮށްފައިނުވުމުން، މަސައްކަތް ހަވާލުވި ފަރާތުގެ ހިދުމަތުގެ ފެންވަރާމެދު ގިނަ ކަންބޮޑުވުންތަކެއް ހުރުމުން، 28 އޭޕްރީލު 2020 އިން ފެށިގެން އެ މަސައްކަތް ދެވަނައަށް އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތާ ހަވާލުކުރަންޖެހުނުކަން އޮޑިޓު އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން، ކޮވިޑާ ގުޅިގެން ހާލުގައި ޖެހުނު އާއިލާތަކަށް ކެއިން ބުއިމުގެ ކަންތައް ހަމަޖެއްސުމަށް ހެދި އެއްބަސްވުމުގައި މިނިސްޓްރީން ކޮންމެ ދުވަހަކު ތަކެތި ބޭނުންވާ އަދަދު، އީމެއިލް މެދުވެރިކޮށް ނުވަތައެއްވެސް ރަސްމީ ލިޔުމަކުން އަންގާނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެގޮތަށް އަމަލުކޮށްފައިވާނުވާކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

އަދި މިނިސްޓްރީން ދީފައިވާ އޯޑަރުތަކުގެ އަދަދުތަކާއި ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ބިލުތަކުގައި ހުރި އަދަދުތައް ދިމާނުވާއިރު، ލޮކްޑައުންގެ ތެރޭގައި މިނިސްޓްރީން ބެލެހެއްޓި ޝެލްޓާތަކުގައި އެކި ދުވަހު ތިބި މީހުންގެ އަދަދު ވަކިން އެނގޭނެގޮތަށް ހަރުދަނާ ގޮތެއްގައި ލިޔެކިޔުން ބަލަހައްޓާފައިނުވާކަންވެސް އޮޑިޓުގައި ފާހަގަކޮށްފައި ވެއެވެ.

"މިހެންވުމުގެ ސަބަބުން ކެއިން ބުއިމުގެ ހިދުމަތް ދިނުމަށް ހަރަދުކޮށްފައިވާ 2،420،386 ރުފިޔާ އަކީ އެމުއްދަތުގައި އެ ޝެލްޓަރުތަކުގައި ބޭތިއްބި މީހުންގެ ކެއުމަށް ހިނގި ހަރަދުކަން ކަށަވަރުކުރެވިފައިނުވާކަން ފާހަގަކުރަމެވެ،" އެ ރިޕޯޓުގައި ބުންޏެވެ.

މީގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ކުޑަކުދިންގެ ހިޔާގެ މާލީ ހިސާބުތައް ބެލެހެއްޓުމުގައި ގިނަ އިހުމާލުތަކެއް ވެފައިވާކަން އޮޑިޓު އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

މިގޮތުން، ހިޔާއަށް އަމިއްލަ ޖަމިއްޔާއަކުން ދިން ފައިސާގެ އެހީއެއް މުވައްޒަފެއްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް ހަރަދުކުރުމުގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި އެކުދިން ތިބޭ މަރުކަޒުތަކަށް ހަދިޔާދިނުމާއި ބަލައިގަތުމާބެހޭ އުސޫލުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް ފައިސާ ބަލައިގަނެފައިވާކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.

އެ އިިހުމާލުތަކާ ގުޅިގެން އޮޑިޓު އޮފީހުން ވަނީ މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީއަށް ހުށަހެޅުމުގެ އިތުރުން މިކަމުގައި އިހުމާލުވި މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީގެ ކަމާގުޅޭ ކޮމިޓީއަށް ހުށަހެޅުމަށްވެސް ލަފާދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox