ހުލާސާކޮށް އިއްޔެ: ކަނޑުދަތުރުގެ އަގުތައް މައްޗަށް

ގދ. ތިނަދޫ ބަނދަރުގައި ލޯންޗްތަކެއް އަޅާފައި. ކަނޑުދަތުރުގެ އަގުތައް އަންނަނީ އުފުލެމުން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ގދ. ތިނަދޫ ބަނދަރުގައި ލޯންޗްތަކެއް އަޅާފައި. ކަނޑުދަތުރުގެ އަގުތައް އަންނަނީ އުފުލެމުން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދުނިޔެ އާއި ރާއްޖޭގެ ވެސް ތެލުގެ ބާޒާރުގައި އަގުތަކަށް މިފަހުން އައި ބަދަލުތަކުގެ އަސަރު ރާއްޖޭގެ އެތެރޭގައި އޮޕަރޭޓްކުރަމުންދާ ލޯންޗު ފެރީތަކާއި ޕްރައިވެޓް ލޯންޗު ދަތުރުތަކުގެ އަގުތައް މައްޗަށް ދާ ކަމަށް "އަދަދު" އިން ރިޕޯޓްކުރީ އިއްޔެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ލޯންޗު އޮޕަރޭޓްކުރާ ގިނަ ކުންފުނިތަކަކުން ތެޔޮ އަގުބޮޑުވުމާއެކު ޓިކެޓް ވިއްކާ އަގުތަކަށް ވެސް ބަދަލުތަކެއް ގެނައުމަށް ވަނީ މަޖުބޫރުވެފަ އެވެ. ގިނަ ލޯންޗު ކުންފުނިތަކާއި ލޯންޗުތަކުން ވެސް އެވަރެޖްކޮށް 50-100ރ. ޓިކެޓް އަގުތަކަށް އިތުރުކޮށްފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ.

ބ. އަތޮޅުގެ އޮމަދޫ އަދި އޭދަފުށި ކަހަލަ ރަށްރަށަށް އޮޕަރޭޓްކުރާ ލޯންޗުތަކުގެ އަގުތައް މިހާރު އުޅެނީ 400-450ރ. އާ ދެމެދުގެ އަގެއްގަ އެވެ. އެއީ ކުރިން 350 އަށް ދަތުރުކުރަމުން އައި ރަށްރަށެވެ.

މާލެ އާއި ތ. އަތޮޅާ ދެމެދުގައި ދަތުރުކުރާ ލޯންޗެއްގެ އޮޕަރޭޓަރެއް ވެސް ބުނީ މިހާރު އެ ލޯންޗުން އާންމުކޮށް ދަތުރުކުރަނީ 800ރ. އަށް ކަމަށެވެ. ތިން ގަޑިއިރުގެ އެ ދަތުރު މީގެ ކުރިން ކުރަމުން އައީ 700-600 އަށް ކަމަށް އޭނާ އިއްޔެ ބުނި އެވެ.

ކުރަންޖެހޭ ދުރު ރާސްތާ ދަތުރުގެ ސަބަބުން ލ. އަތޮޅާއި މާލެއާ ދޭތެރޭ އޮޕަރޭޓްކުރާ މާ ގިނަ ލޯންޗުތަކެއް ނެތް ނަމަވެސް، އެ ސަރަހައްދުގައި ކުލީ ދަތުރު ނަގައިގެން އޮޕަރޭޓްކުރާ ލޯންޗުތައް ގިނަ އެވެ. އެގޮތަށް ކުއްޔަށް ނަގާ ލޯންޗުތަކުގެ އަގުތައް ހާހުގައި އުޅޭއިރު، ލ. އަތޮޅުން ލިބެން ހުންނަ ބައެއް ކަހަލަ ހިދުމަތްތައް ހޯދުމަށްޓަކައި ކައިރި އަތޮޅުތަކުން ގިނަ ބަޔަކު ލ. އަތޮޅަށް ދަތުރުކުރެ އެވެ.

އެފަދަ ދަތުރުތައް އާންމުކޮށް 5،000ރ. ގައި އުޅޭއިރު، އެ ދަތުރުތަކުގެ އަގުތައް ވެސް މިހާރު 5،500ރ. އަށް އިތުރުވެފައިވާ ކަމަށް ކުއްޔަށް ލޯންޗު ދަތުރުކުރާ ފަރާތެއް އިއްޔެ ބުންޏެވެ.

އދ. އަތޮޅަށް އޮޕަރޭޓްކުރާ ލޯންޗެއްގެ އިސްވެރިޔަކު އިއްޔެ ބުނީ އެ ލޯންޗުގެ އަގުތަކަށް އަދި ބަދަލެއް ނުގެންނަ ކަމަށެވެ. ނަމަވެސް ތެލަށް އައި ބަދަލުތަކާ ހެދި އަގުތަކަށް ބަދަލުގެނައުމުގެ މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ. އދ. ގެ ތިން ރަށަކަށް އޮޕަރޭޓްކުރާ އެ ލޯންޗުގެ އަގުތައް އުޅެނީ 300ރ. ގަ އެވެ.

ތެލުގެ އަގުތަކަށް ބަދަލު އައިސްފައިވާއިރު، މިހާރު މާލެ ސަރަހައްދުގައި ޓެކްސީ ކުރާ ފަރާތްތަކުން ވެސް ވަނީ ޓެކްސީ ދަތުރުތަކުގެ އަގުބޮޑުކުރަން ޓްރާންސްޕޯޓު މިނިސްޓްރީއަށް ހުށަހަޅާފަ އެވެ.

ތެލުގެ އަގަށް އައި ބަދަލު

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކުން ޑީސަލް ލީޓަރެއް ވިއްކަނީ 14.80ރ. އަށެވެ. ޑީސަލް ލީޓަރަކުން 2.36ރ. ވަނީ ބޮޑުކޮށްފަ އެވެ. ކުރިން ޑީސަލް ލީޓަރެއް ވިއްކީ 12.44 ރ. އަށެވެ.

އެންމެފަހުން އެސްޓީއޯ އިން ތެލުގެ އަގު ބޮޑުކުރީ މާޗް 5، ގަ އެވެ.

އެ ބަދަލު އެ ކުންފުނިން ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމުގެ ނެތި އުފުލެމުން ދަނިކޮށް، ފެބްރުއަރީ މަހު ފަހުކޮޅު ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ފެށި ހަނގުރާމަ އާ ގުޅިގެން ތެލުގެ އަގު މައްޗަށްދާ ނިސްބަތް ހަލުވި ވުމުންނެވެ.

އެސްޓީއޯގެ އިތުރުން ރާއްޖޭގައި ޑީސަލް ވިއްކާ މިފްކޯ އިން ވެސް ވަނީ ޑީސަލްގެ އަގު ބޮޑުކޮށްފަ އެވެ. އެ ކުންފުނިން އާންމުންނަށް ޑީސަލް ލީޓަރެއް ވިއްކަނީ 17.10ރ. އަށެވެ. ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއް އުޅެނީ 110 ޑޮލަރަށްވުރެ މަތީގަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ރިސޯޓެއްގައި ހިންގާ ޕްރޮޖެކްޓަކަށް ކަމަށް ބުނެ އޮޅުވާލައިގެން ކޯޓާ ހޯދި މައްސަލަ ފުލުހުންނަށް ހުށަހެޅީ އިމިގްރޭޝަނުން ނޫން ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އިކޮނޮމިކް މިނިސްޓްރީން ކަމަށް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ އިއްޔެ އެވެ.
  • ރަށްރަށުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ވެސް ދައުލަތް ތަމްސީލު ކުރަން ޖެހޭނީ ލޯކަލް ކައުންސިލްތަކުގެ ބަދަލުގައި ބަންޑާރަ ނައިބުގެ އޮފީހުން ކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކުރުމާ އެކު ބަންޑާރަ ނައިބުގެ އޮފީހުން އެފަދަ މައްސަލަތަކުން ބޭރުވީ އިއްޔެ އެވެ.
  • ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ސޯލިހުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގައި ހުކުމްކުރުން މި މަހުގެ 29 ވަނަ ދުވަހަށް ތާވަލްކުރީ އިއްޔެއެވެ.

ދުވަހުގެ ކޯޓޭޝަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން އެއްކައިރިކޮށް އެހެން އެމްޑީޕީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވަމުން އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި:

"ވަރަށް ސާފުކޮށް އަޅުގަނޑަށް މިއަދު އެނގޭ، ބޭނުންވެގެން މި އުޅެނީ ސަރުކާރު ޖަވާބުދާރީ ކުރުވާތީ ސަރުކާރުގެ ތެރޭގައި ނާޖާއިޒު ފައިދާ ނަގަން ތިބި މީހުން އެކުރާ ކަންކަން ހުއްޓުވަން ރައީސް ނަޝީދު މަސައްކަތްކުރާތީ، އެމްޑީޕީން އެއްކައިރިކޮށް އެހެން އެމްޑީޕީއެއް އުފެއްދުމުގެ މަސައްކަތް،"

ދުވަހުގެ ފޮޓޯ

ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ ލިޔެފައިވާ ފޮތް, "އެ ދުވަސް ގެނެވޭނެ". ރާދާ ބުކްޝޮޕުން ފޮތް ގަންނަން ލިބޭނެ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ ލިޔެފައިވާ ފޮތް, "އެ ދުވަސް ގެނެވޭނެ". ރާދާ ބުކްޝޮޕުން ފޮތް ގަންނަން ލިބޭނެ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ ލިޔެފައިވާ ފޮތް, "އެ ދުވަސް ގެނެވޭނެ". ރާދާ ބުކްޝޮޕުން ފޮތް ގަންނަން ލިބޭނެ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"މޯލްޑިވްސް: އޮވާކަމިން ދަ ޗެލެންޖަސް އޮފް އަ ސްމޯލް އައިލެންޑް ސްޓޭޓް"

މިއީ 2015 ވަނަ އަހަރު އޭޝިއާ ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ޝާއިއުކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ވަނީ ރާއްޖޭގެ އިގްތިސާދީ ކަންކަން އެނަލައިޒްކޮށް ޕްލޭން ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަންތައްތަކެއް ހުށަހަޅާފަ އެވެ. މިއީ ދިރާސާގައި ވަނީ ސަރުކާރުގެ މުއައްސަސާތަކާއި، މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކާއި ޕްރައިވެޓް ސެކްޓަރުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ކޮންސަލްޓަންސީ ހޯދާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox