ހުލާސާކޮށް އިއްޔެ: ކައުންސިލްތަކަށް ކޯޓުތަކުގައި ވަކާލާތުކުރެވޭނެ ކަމަށް ނިންމުން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިޝާން. ކޯޓުގައި ތަމްސީލް ވާން ޖެހޭނީ ކައުންސިލްތައް އަމިއްލަ އަށް ކަމަށް އެ ކޯޓުން ވަނީ ނިންމާފައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިޝާން. ކޯޓުގައި ތަމްސީލް ވާން ޖެހޭނީ ކައުންސިލްތައް އަމިއްލަ އަށް ކަމަށް އެ ކޯޓުން ވަނީ ނިންމާފައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރަށްރަށުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ވެސް ދައުލަތް ތަމްސީލު ކުރަން ޖެހޭނީ ލޯކަލް ކައުންސިލްތަކުގެ ބަދަލުގައި ބަންޑާރަ ނައިބުގެ އޮފީހުން ކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކުރީ އިއްޔެ އެވެ.

ހައިކޯޓުން އެ ގޮތަށް ނިންމީ އދ. ފެންފުށީ ބަންޑާރަ ބިމަކާ ގުޅޭ ގޮތުން އައްބާސް އަލީކަލޭގެފާނު ކިޔާ މީހަކު 1987 ވަނަ އަހަރު, ހުށަހެޅި ޝަކުވާއަކާ ގުޅޭ މައްސަލައެއްގަ އެވެ.

މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ދައުވާ ރައްދުވާ ފަރާތެއްގެ ގޮތުގައި ދިވެހި ދައުލަތް ހިމަނައިގެންނެވެ. ނަމަވެސް, ދައުވާ ލިބިގަތުމުގެ ގާނޫނީ ބާރު ލިބޭ މުއައްސަސާތަކުން ކޯޓުގައި ތަމްސީލުކުރަނީ ސީދާ އެ މުއައްސަސާއަކުން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮތުމުން އދ. ފެންފުށީ ކައުންސިލަށް ޖަވާބުދާރީވާން އެންގި އެވެ.

އެކަމަކު, އެ ކައުންސިލުން ބުނީ މައްސަލާގައި ޖަވާބުދާރީވާނީ ދިވެހި ދައުލަތުގެ ހައިސިއްޔަތުން ބަންޑާރަ ނައިބު ކަމެވެ. އަދި, އެ ކައުންސިލަށް ހައިކޯޓުގައި ޖަވާބުދާރީވުމުގެ ފަންނީ އަދި ގާބިލްކަން ލިބިފައިނުވާ ކަމަށެވެ. ގާނޫނީ ވަކީލެއް, ލީގަލް އޮފިސަރެއް ވެސް ނެތެވެ.

އެހެންވެ, ހައިކޯޓުން ބަންޑާރަ ނައިބުގެ އޮފީހަށް އެކަން އެންގުމުން އެ އޮފީހުން ހައިކޯޓުގައި ފެންފުށީ ކައުންސިލް ތަމްސީލުކޮށް ބަންޑާރަ ނައިބަށް ވަކާލާތު ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށެވެ.

ނަމަވެސް, ހައިކޯޓުގެ އެ ގާނޫނީ މާނަކުރުން ރާއްޖެ, ލާމަރުކަޒު އުސޫލުން ހިންގުމުގެ ނިޒާމާ ހިލާފު ކަމަށް ބުނެ ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ.

މައްސަލާގެ އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުން ހައިކޯޓުގެ މާނަކުރުން ގޯސްކަމަށް ވަކާލާތުކުރިއިރު ފެންފުށީ ކައުންސިލުން ސުޕްރީމް ކޯޓުގައި ވަކާލާތުކޮށްފައެއް ނުވެ އެވެ. އެ ކައުންސިލުން ބުނަމުން ދިޔައީ ސުޕްރީމް ކޯޓުގައި ގާނޫނީ ގޮތުން ވާހަކަ ދެއްކުމުގެ ވަސީލަތެއް އެ ކައުންސިލްގައި ނެތް ކަމަށެވެ.

މައްސަލާގައި ސުޕްރީމް ކޯޓުގައި އެއް އަޑުއެހުން ބޭއްވުމަށްފަހު, އިއްޔެ ވަނީ ހުކުމް އިއްވާފަ އެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސްނުއްސުއޫދު އިއްވެވި ހުކުމްގައިވާ ގޮތުން, ލޯކަލް ކައުންސިލްތަކަކީ ސަރުކާރާ ވަކިން ދައުލަތުގެ ތެރޭގައި ހިންގާ މިނިވަން, މުސްތަގިއްލު މުއައްސަސާތަކެވެ. އެއީ, ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާ އެކު އަމިއްލަ ސިއްކައަކާއެކު ހިންގާ ތަންތަނެވެ.

އެހެންކަމުން, ކައުންސިލްތަކުން ކުރާ ދައުވާތަކާއި ކައުންސިލްތަކަށް ރައްދުވާ ދައުވާތަކާ ގުޅިގެން ވަކީލެއްގެ އެހީތެރިކަމާއެކު ނުވަތަ އެހީއާ ނުލާ ނަމަވެސް, ކޯޓުގައި ތަމްސީލް ވާން ޖެހޭނީ އެ ކައުންސިލެއް އަމިއްލައަށް ކަމަށެވެ. އެހެން ނޫންނަމަ, ކައުންސިލްތަކުގެ މިނިވަންކަމަށް ހުރަސްއެޅިގެން ދާނެ ކަމަށް ފަނޑިޔާރު އިއްޔެ ވިދާޅުވި އެވެ.

"ބަންޑާރަ ނައިބަކީ ސަރުކާރުގެ އިސް ގާނޫނީ ވަކީލު ކަމުގައިވާތީވެ ކޯޓުތަކުގައި ކައުންސިލްތައް ބަންޑާރަ ނައިބު ތަމްސީލް ކުރުމަކީ ކައުންސިލްތަކުގެ މިނިވަންކަމަށް ހުރަސްއެޅި އަދި ބައެއް ފަހަރު ދެ ފަރާތުގެ މަސްލަހަތު ވެސް ފުށުއަރައިފާނެ ކަމެއް," އިއްޔެ ނެރުނު ހުކުމްގައިވެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ސަރުކާރުގެ އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރާ މިންވަރުގެ ތަފާސްހިސާބުގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާ އަށް ވެސް އަރުވަންޖެހޭ ގޮތަށް ގަވާއިދަށް އިސްލާހު ގެނައީ އިއްޔެ އެވެ.
  • މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ އިންތިހާބު ހިމެނޭހެން އެޕްރީލް 16، ގައި ބާއްވަން ތާވަލްކޮށްފައިވާ އިންތިހާބުތައް މެއި 14، ގައި ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރީ އިއްޔެ އެވެ.
  • ފިނޭންސް މިނިސްޓްރީއިން އެންމެފަހުން ނެރުނު މާލީއްޔަތާއި ބެހޭ ސާކިއުލާއާ އެއްގޮތަށް، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ހަރުމުދަލުގެ ދަފްތަރު ބެލެހެއްޓުމަށް އޮޑިޓާ ޖެނެރަލް އޮފީހުން ލަފާދިނީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބްގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ:

"އަންހެނުންނަކީ އަޅުގަނޑުމެންގެ އާބާދީގެ ދެބައިކުޅަ އެއްބައި. މުޖުތަމައެއްގެ ވިސްނުމާއި، ހިޔާލުތަކާއި، ހައްލުތަކާއި، ތަޖުރިބާތަކުގެ ދެބައިކުޅަ އެއްބައި ހިއްސާކުރާ ފަރާތްތައް. އެހެންކަމުން، ދެމެހެއްޓެނިވި މާދަމާއެއް ނުވަތަ މުސްތަގުބަލެއް ބިނާކުރަން އަޅުގަނޑުމެން މަސައްކަތްކުރާއިރު، އެ މަސައްކަތްތަކުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ އޮންނަން ޖެހޭ،"

ދުވަހުގެ ފޮޓޯ

އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު މަވޯޓާ ޝަރީފް ވާހަކަ ދައްކަވަނީ. އިންތިހާބު ތާރީހު ބަދަލުކުރުމަށް ބޭއްވި ޖަލްސާގައި ބޮޑު ޒުވާބެއް ހިނގި. އިންތިހާބު އެޕްރީލް 16 އިން މެއި 14 އަށް ލަސްކުރަން ވަނީ ފާސްކޮށްފައި. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު މަވޯޓާ ޝަރީފް ވާހަކަ ދައްކަވަނީ. އިންތިހާބު ތާރީހު ބަދަލުކުރުމަށް ބޭއްވި ޖަލްސާގައި ބޮޑު ޒުވާބެއް ހިނގި. އިންތިހާބު އެޕްރީލް 16 އިން މެއި 14 އަށް ލަސްކުރަން ވަނީ ފާސްކޮށްފައި. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު މަވޯޓާ ޝަރީފް ވާހަކަ ދައްކަވަނީ. އިންތިހާބު ތާރީހު ބަދަލުކުރުމަށް ބޭއްވި ޖަލްސާގައި ބޮޑު ޒުވާބެއް ހިނގި. އިންތިހާބު އެޕްރީލް 16 އިން މެއި 14 އަށް ލަސްކުރަން ވަނީ ފާސްކޮށްފައި. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ރިފްލެކްޓިން 15 އިޔާސް. ދަ ރައިޓްސް ސައިޑް އޮފް ލައިފް 2020"

މިއީ ޔޫއެންޑީޕީން ރާއްޖޭގެ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އާ ގުޅިގެން ކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ވަނީ ރާއްޖޭގައި ހުރި އެކިއެކި އިންސާނީ ހައްގުތަކަށް އުނިކަން ލިބޭ ކަންކަމަށް އަލިއަޅުވާލައި އެކަންކަން ހައްލުކުރަން ގޮތްތަކެއް ހުށަހަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox