އިންޝުއަރެންސް ވިޔަފާރި ބޭރު ކުންފުނިތަކަށް ހުޅުވާލަން އެދިއްޖެ

އެސްއޯއީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި އެއާލައިން ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ މަންދޫބުން: މި ބައްދަލުވުމުގައި ބައިވެރިވީ އެމްއޭސީއެލް އާއި ޓީއެމްއޭ އާއި ވިލާ އެއާ އާއި އައިލެންޑް އޭވިއޭޝަނުން. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެސްއޯއީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި އެއާލައިން ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ މަންދޫބުން: މި ބައްދަލުވުމުގައި ބައިވެރިވީ އެމްއޭސީއެލް އާއި ޓީއެމްއޭ އާއި ވިލާ އެއާ އާއި އައިލެންޑް އޭވިއޭޝަނުން. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހަމައެކަނި ދިވެހި ކުންފުނިތަކުން އިންޝުއަރެންސް ޕޮލިސީތައް ނެގެން އޮންނާތީ ހުރަސްތައް ކުރިމަތިވާ ކަމަށް ބުނެ އިންޝުއަރެންސް ހިދުމަތުގެ ވިޔަފާރި ބޭރު ކުންފުނިތަކަށް ހުޅުވާލަން އެމްއޭސީއެލް އާއި އައިލެންޑް އޭވިއޭޝަނުން އެދިއްޖެ އެވެ.

މިހާރު އަމަލުކުރަމުން އަންނަ އިންޝުއަރެންސް އިންޑަސްޓްރީ ރެގިއުލޭޝަނާއި އެސްއޯއީ ކޮމިޓީން ދިރާސާކުރަމުންދާ އިންޝުއަރެންސާ ބެހޭ ބިލުގައި ވެސް، މަރުކަޒީ ބޭންކު އެމްއެމްއޭގެ ލައިސަންސެއް ނެތް އިންޝުއަރެންސް ވިޔަފާރިތަކާއި ބްރޯކަރުންނާއި ރީއިންޝުއަރެންސް ވިޔަފާރިތަކުން ހިދުމަތް ހޯދުމަކީ މަނާ ކަމަކެވެ.

އެހެންކަމުން ދިވެހި ވިޔަފާރިތަކުން ނޫނީ އެމްއެމްއޭން ލައިސެންސް ލިބިފައިވާ ބޭރު ވިޔަފާރިތަކުން މެނުވީ އިންޝުއަރެންސް ހިދުމަތް ހޯދުމުގެ ފުރުސަތު ރާއްޖޭގައި ނޯވެ އެވެ.

Advertisement

އެސްއޯއީ ކޮމިޓީން އެއާލައިން އިންޑަސްޓްރީ އާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި އެމްއޭސީއެލް އާއި އައިލެންޑް އޭވިއޭޝަނުން ވެސް ބުނީ އޭގެ ސަބަބުން އެއާޕޯޓާއި އެއާލައިންތަކުގެ އެއާކްރާފްޓުތައް އިންޝުއަރެންސް ކުރަން ހުރަސްތައް ކުރިމަތިވާ ކަމަށެވެ.

ދެ ކުންފުނީގެ ވެސް މައިގަނޑު ކަންބޮޑުވުމަކަށްވީ ގިނަ ދިވެހި ކުންފުނިތަކުގައި އެ ކެޕޭސިޓި ނެތުމެވެ.

އެގޮތުން، އެމްއޭސީއެލްގެ މަންދޫބު ވިދާޅުވީ އެއާޕޯޓުން ގެންގުޅޭ އިންޝުއަރެންސް ޕޮލިސީތައް ދޭން ގިނަ ފަހަރު ކުރިމަތިލަނީ މަދު ކުންފުނިތަކަކުން ކަމަށެވެ. މި ކުންފުނިތަކުން ވެސް ބޭރު ކުންފުނިތަކުން ރީއިންޝުއަރަންސް ހިދުމަތް ހޯދަން ޖެހޭ އިރު، ބައެއް ފަހަރު އެކަން ނުވެގެން ދެވަނަ ފުރުސަތެއް ވެސް ދޭން ޖެހިފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ރިސްކުތައް ކަވާކުރަން ނަގަން ޖެހޭ ޕޮލިސީ، މިސާލަކަށް އޭވިއޭޝަން ޕޮލިސީ. އޭވިއޭޝަން ޕޮލިސީއަކީ ވަރަށް ސްޕެސިފިކަލީ އޭވިއޭޝަނަށް އިންނަ ޕޮލިސީއެއް. ނެގުމުގައި އެ ޕޮލިސީއަށް ބޭނުންވާ ރީއިންޝުއަރަންސް ހޯދުމަށް ބައެއް ލޯކަލް ޕާޓީސްތަކަށް ވަރަށް އުނދަގޫވާކަން (ފާހަގަވޭ)"

އޭގެ އިތުރުން އެއާޕޯޓްސް ކުންފުނީގައި 15 ބިލިއަން ރުފިޔާގެ އަގުހުރި އެސެޓު ހުރި އިރު، ދިވެހި އިންޝުއަރެންސް މާކެޓުގައި އެ އެސެޓުތަކަށް ބޭނުންވާ އިންޝުއަރެންސް ކަވަރޭޖު ދެވޭ ވަރުގެ ކެޕޭސިޓީއެއް އެބަހުރިތޯ އޭނާ ސުވާލު އުފެއްދި އެވެ.

"އަޅުގަނޑުމެންގެ އިންޝުއަރެންސް މާކެޓުގައި ކެޕޭސިޓީ އެބަހުރިބާއޭ އެމްއޭސީއެލް ކަހަލަ ވީއައިއޭ ކަހަލަ މޭޖާ ރިސްކުތައް ކަވާ [ކުރެވޭ] ވަރުގެ،"

އެމްއޭސީއެލްއިން ފާހަގަކުރި ގޮތަށް އައިލެންޑް އޭވިއޭޝަނުގެ މަންދޫބު ވެސް ވިދާޅުވީ ދިވެހި ކުންފުނިތަކަށް ލިމިޓުވެފައި އޮތުމަކީ "ޗެލެންޖެއް" ކަމަށެވެ. އަދި، މިހެން ދިމާވަނި ކަވާ ކުރަން ޖެހޭ އަދަދު ބޮޑުކަމުން ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

"އައިލެންޑް އޭވިއޭޝަނަށް ވެސް މިވަގުތު ޗެލެންޖަކަށް މިދިމާވަނީ އޭވިއޭޝަން ލަޔަބިލިިޓީ. އެ ބުނުއްވިހެން ކަވާކުރަން ޖެހޭ ވެލިއުތައް ބޮޑުވުމުގެ ސަބަބުން މިކޮޅުގެ ލޯކަލް އެޖެންޓުންނަށް ކަވާ ދިނުމުގައި ދަތިތަކެއް ހުރޭ"

މި ކަންބޮޑުވުންތަކާއި ގުޅިގެން ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ވިދާޅުވީ ކަމާގުޅޭ އިންޑަސްޓްރީގެ ބައިވެރިން ކޮމިޓީއަށް ހާޒިރުކޮށް މަޝްވަރާކުރުމުގެ ބޭނުމަކީ އެކަންކަމަށް ރިއާޔަތްކުރެވިގެން ބިލުގެ މަސައްކަތް ނިންމުން ކަމަށެވެ. އެހެންކަމުން، މި ބިލު ތަޅުމަށް ހުށަހެޅިގެން ދާއިރު ހުރި ކަންބޮޑުވުންތަކަށް ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމުގައި ހައްލަކަށް ކޮމިޓީގައި މަޝްވަރާ ކުރެވުނީ ބިލުގައި އިސްތިސްނާ ހާލަތްތަކެއް ހިމެނުމަށެވެ.

މިހާރު ޑްރާފްޓުކޮށްފައިވާ ގާނޫނުގައި ވެސް އެމްއެމްއޭން ލައިސަންސް ނުނަގާ އިންޝުއަރެންސް ހިދުމަތް ހޯދޭނެ ފަރާތްތަކާއި ވިޔަފާރިތައް، ގަވާއިދަކުން ކަނޑައެޅުމުގެ ބާރު އެ އޮތޯރިޓީއަށް ލިބެ އެވެ.

މި ބައްދަލުވުމުގައި ބައިވެރިވި އަނެއް ދެ ކުންފުނި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި ވިލާ އެއާ އިން މި މައްސަލައިގައި މާބޮޑު ކަންބޮޑުވުންތަކެއް ފާޅުކޮށްފައެއް ނުވެ އެވެ. އެކަމަކު ވިލާ އެއާގެ މަންދޫބުން ވަނީ ސީދާ ބޭރުން ޕޮލިސީ ގަނެވޭ ގޮތަށް ވުމަކި ފަސޭހައަކަށް ވެގެން ދާނެ ކަމަށް ބުނެ އެކަމަށް ތާއީދުކޮށްފަ އެވެ.

އިންޝުއަރެންސާ ބެހޭ ބިލަކީ މިހާރު އަމަލުކުރަމުންދާ އިންޝުއަރެންސް އިންޑަސްޓްރީ ރެގިއުލޭޝަނަށް ބެލެނިވެރިކަން ދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކޮށް، އިންޝުއަރެންސް ވިޔަަފާރި ރެގިއުލޭޓު ކުރުމުގެ މަގުސަދުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލެކެވެ.

މި ބިލަކީ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރަށް ހުށަހެޅި ބިލެކެވެ. މިހާރު ކޮމިޓީގައި މި ބިލު އޮންނަތާ ދޮޅު އަހަރާ ގާތްވަނީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox