މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް: ޕެރަލިމްޕިކް ތަރި ލޫސީ ވެސް ބައިވެރިވާނެ

Mar 8, 2022, 9:54 AM
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް: ޕެރަލިމްޕިކް ތަރި ލޫސީ ވެސް ބައިވެރިވާނެ

މި މަހު 17 ވަނަ ދުވަހު ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ އަށް އިނގިރޭސިވިލާތަށް އުފަން، ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑް ހަފްލާގައި ދުނިޔޭގެ ލެވަލްގެ މަޝްހޫރު ގިނަ އެތުލީޓުންނެއް ބައިވެރިވާނެ އެވެ. މިހާތަނަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އިއުލާނުކުރައްވާފައިވާ ގޮތުން، ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް އާއި ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ) އަދި ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް، ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ، އަދި ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް ސްޕޯޓްސް އެވޯޑަށް ރާއްޖެ އަންނާނެ އެވެ.

އުމުރުން 41 އަހަރުގެ ލޫސީ ޕްރޮފެޝަނަލްކޮށް ޕެރަލިމްޕިކް ޓެނިހުގައި ވާދަކުރަން ފެށީ 2002 ވަނަ އަހަރު އެވެ. އޭނާ ވަނީ ޕެރަލިމްޕިކް ޓެނިސް އިވެންޓްގައި އެއް ރިހި މެޑަލާއި ދެ ލޯ މެޑަލް ހޯދައިފަ އެވެ. މިއީ އެންމެ ފަހުން ބޭއްވި ޓޯކިޔޯ، ރިޔޯ އަދި ލަންޑަން އޮލިމްޕިކްސްގައި އޭނާ ހާސިލްކޮށްފައިވާ ކާމިޔާބީތަކެކެވެ.

ލޫސީގެ އެހެން ކާމިޔާބީތަކަށް ބަލާއިރު، ކެރިއަރުގައި މިހާތަނަށް 100 އަށް ވުރެ ގިނަ ތަށި ހޯދާފައިވާއިރު، އޭނާ ވަނީ މީގެ ކުރިން ދުނިޔޭގެ ރޭންކިންގައި ސިންގަލްސް ބައިން ފަސް ވަނަ އަށް އަދި ޑަބަލްސް ބައިން ތިން ވަނަ އަށް އަރައިފަ އެވެ. ލޫސީ އަކީ ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތްތަކުގައި ވެސް ވިދުންގަދަ ތަރިއެކެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ރާއްޖެ އަންނަ މަޝްހޫރު ފަރާތްތައް ރާއްޖޭގައި ތިބޭނީ އެވޯޑްސްގެ ހޮސްޕިޓާލިޓީ ޕާޓްނަރު، ކްރޮސްރޯޑްސްގަ އެވެ. މި އެވޯޑްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "އަދަދު" އެވެ. ސްޕޯޓްސް އެވޯޑް ހަފްލާ ބާއްވަން ނިންމާފައިވަނީ ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި ކަމަށްވާތީ މި މަހު 11-19 އަށް އެ ތަން އާންމުންނަށް ބަންދުވާނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox