މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް: ބިލިއާޑް ޗެމްޕިއަން އަލްބިން ރާއްޖެ އަށް

Mar 8, 2022, 12:25 PM
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް: ބިލިއާޑް ޗެމްޕިއަން އަލްބިން ރާއްޖެ އަށް

މި މަހު 17 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ޕޫލް ބިލިއާޑްގެ ދުނިޔޭގެ ޗެމްޕިއަނެއް އޮސްޓްރިއާގެ އަލްބިން އޮސްކަން ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑް ހަފްލާގައި ދުނިޔޭގެ ލެވަލްގެ މަޝްހޫރު ގިނަ އެތުލީޓުންނެއް ބައިވެރިވާނެ އެވެ. މިހާތަނަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އިއުލާނުކުރައްވާފައިވާ ގޮތުން، ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް އާއި ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ) އަދި ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް، ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ، އިނގިރޭސިވިލާތަށް އުފަން، ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ އަދި ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް ސްޕޯޓްސް އެވޯޑަށް ރާއްޖެ އަންނާނެ އެވެ.

މީގެ އިތުރުން ވެސް ގައުމީ ސްޕޯޓްސް އެވޯޑްސް ހަފުލާ އަށް ގިނަ މެހެމާނުންތަކެއް އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް އަލްބިން އަކީ 9 ބޯލްގެ 2016 އާއި 2021 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަނެވެ. އަދި ދެ ފަހަރެއްގެ މަތިން ޕޫލް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އުމުރުން 31 އަހަރުގެ އަލްބިން ވަނީ މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން ޗައިނާ އޯޕަން ކާމިޔާބުކޮށްފަ އެވެ.

ޕްރޮފެޝަނަލްކޮށް 2006 ވަނަ އަހަރު ބިލިއާޑް ކުޅެން ފެށި އަލްބިން އަކީ ޔޫރޯ ޓޫއާގައި ވެސް ކާމިޔާބު ކުޅުންތެރިއެކެވެ. އޭނާގެ ރެކޯޑާ ހަމަކުރެވޭނެ ތިބީ މަދު ކުޅުންތެރިންނެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ރާއްޖެ އަންނަ މަޝްހޫރު ފަރާތްތައް ރާއްޖޭގައި ތިބޭނީ އެވޯޑްސްގެ ހޮސްޕިޓާލިޓީ ޕާޓްނަރު، ކްރޮސްރޯޑްސްގަ އެވެ. މި އެވޯޑްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "އަދަދު" އެވެ. ސްޕޯޓްސް އެވޯޑް ހަފްލާ ބާއްވަން ނިންމާފައިވަނީ ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި ކަމަށްވާތީ މި މަހު 11-19 އަށް އެ ތަން އާންމުންނަށް ބަންދުވާނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox