ހުލާސާކޮށް އިއްޔެ: އޭސީސީގެ މެމްބަރު ކަމަށް އައްޔަނުކުރުމަށް ރުހުން ދޭން ފެށުން

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: މަޖިލިސް އިދާރާ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އައްޔަން ކުރައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުށަހެޅުއްވި ބޭފުޅުންނަށް, ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރުހުން ދޭން ފެށީ އިއްޔެ އެވެ.

އޭސީސީއަށް އައްޔަންކުރަން ރައީސް ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ އިންޓަވިއު ކުރީ އޭސީސީގައި އިންވެސްޓިގޭޝަން ހެޑެއްގެ ގޮތުގައި މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ށ. ނަރުދޫ ހަވާ، އަބްދުއް ސަލާމްއާ އެވެ.

އެންމެ ފަހުން އޭސީސީގައި ތިއްބެވި ހަތަރު މެމްބަރުން އިސްތިއުފާ ދެއްވި އިރު ވެސް އޭސީސީގައި މަސައްކަތް ކުރެއްވި ބޭފުޅަކަށް ވާތީ ބައެއް މެމްބަރުން، އަބްދުއް ސަލާމްއާ އިއްޔެ ވަރަށް އުނދަގޫ ސުވާލުތައް ވެސް ކުރިމަތިކުރެއްވި އެވެ. އޭނާއަށް ރުހުންދޭން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކުރީ އެ ސުވާލުތަކަށް ވެސް ޖަވާބު ދެއްވުމަށް ފަހުގަ އެވެ.

އޭނާއަށް ރުހުން ދޭން އެދި ތަޅުމަށް ފޮނުވަން އިއްޔެގެ ކޮމިޓީ ބައްދަލުވުމުގައި ނެގި ވޯޓްގައި ބައިވެރިވެރި ވެވަޑައިގެންނެވި 11 މެމްބަރުންގެ ތެރެއިން އެކަމަށް ތާއީދުކުރައްވައި ވޯޓްދެއްވީ އަށް މެމްބަރެކެވެ.

އޭގެ އިތުރުން ވެސް ރައީސް ފޮނުއްވި ބޭފުޅުންނާ އިއްޔެ އިންޓަވިއު ކޮށްފައިވެ އެވެ.

އޭސީސީއަށް އައްޔަނުކުރަން ފޮނުވި ނަންތައް

އޭސީސީއަށް އައްޔަން ކުރަން ރައީސް ފޮނުއްވި ފަސް ނަމުގެ ތެރެއިން އެންމެ ކުރީގައި އޮތީ އެނގިފައިވާ ގޮތުގައި ތިރީގައި މިވާ ފަސް ބޭފުޅުންގެ ނަމެވެ.

  1. ޝާމިލް އާދަމް/ ރަތްވިލާގެ، ތ. ވިލުފުށި
  2. އަބްދުއް ސަލާމް/ހަވާ، ށ. ނަރުދޫ
  3. ތޯހާ މުހައްމަދު/ ކަޅިހާރުގެ, އދ. މާމިނގިލި
  4. ޝަޒްނާ އާދަމް/ރިހިވިލު، ހދ. ނޮޅިވަރަންފަރު
  5. ޝިޔާމާ މުހައްމަދު/ ނާރެސް، ރ. ހުޅުދުއްފާރު

މި ލިސްޓްގެ އެންމެ ކުރީގައިވާ ޝާމިލް އަކީ އޭސީސީގައި އިންވެެސްޓިގޭޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. ދެވަނަ އަށް އޮތް އަބްދުއް ސަލާމަކީ އޭސީސީގެ އިންވެސްޓިގޭޝަން ހެޑްގެ މަގާމުގައި މިހާރުވެސް ހުންނެވި ބޭފުޅެކެވެ.

ތޯހާއަކީ ގާނޫނީ ވަކީލެއް އަދި ރައީސް އުފެއްދެވި ފްލެޓް ކޮމިޓީގެ މެންބަރެކެވެ. ލިސްޓްގެ ފަސް ވަނައިގައިވާ ޝިޔާމާ މުހައްމަދަކީ އިލެކްޝަންސް ކޮމިޝަނުގެ ލީގަލް ޑިޕާޓްމަންޓްގެ ހެޑެވެ.

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތަހުގީގުތައް ދިގުލައިގެންދާ ކަމުގެ ޝަކުވާއާއެކު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެ ކޮމިޝަނުގެ ހުރިހާ މެމްބަރުން ވެސް އިސްތިއުފާ ދެއްވީ މެމްބަރުން ވަކިކުރަން މަޖިލީހުން މަސައްކަތް ކުރަމުންދަނިކޮށެވެ.

އޭސީސީގެ މެމްބަރުންގެ ތެރެއިން އަލީ އަޝްރަފް އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލުގައި މެމްބަރަކު އައްޔަނު ކުރުމަށް ގާނޫނުން ދީފައި އޮތް 60 ދުވަހުގެ މުއްދަތު މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.

އޭސީސީގެ ގާނޫނުގެ 11 ވަނަ މާއްދާގެ ށ. ގައި ބުނެފައި އޮތީ އެ ކޮމިޝަނުގެ މެމްބަރަކު މަގާމުން އިސްތިއުފާ ދީފި ނަމަ އެ މަގާމަށް 60 ދުވަހުގެ ތެރޭގައި އަލުން މީހަކު އައްޔަނުކުރަންޖެހޭނެ ކަމަށެވެ.

ބައެއް މުހިންމު ހަބަރުތައް

  • ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)އަށް ލިބެންޖެހޭ ފައިސާ ނުލިބި، އަހަރުން އަހަރަށް ގެއްލުންވަމުންދާތީ، އެ ކުންފުނީގެ މާލީ މުސްތަގުބަލާމެދު އޮޑިޓު އޮފީހުން ސުވާލު އުފެއްދީ އިއްޔެ އެވެ.
  • ޓެކްސީއަކަށް އެެރި އަންހެނަކު ހުޅުމާލޭގެ ފޭސް ދެއަކަށް ގެންގޮސް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެ ޓެކްސީ ދުއްވަން އިން ޑްރައިވަރު ހައްޔަރުކުރީ އިއްޔެ އެވެ.
  • މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންްޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް އިންތިހާބުވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އޭސީސީން އިސްތިއުފާ ދެއްވި މެމްބަރުންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރެއްވުމަށް ހުރަހެއް އެޅުނުކަމަށް ގަބޫލުކުރައްވަންތޯ ނުވަތަ ނޫންތޯ ސުވާލުކުރުމުން އޭސީސީގައި އިންވެސްޓިގޭޝަން ހެޑު އަބްދުއް ސަލާމް ވިދާޅުވީ:

"އަަޅުގަނޑުމެން އެންމެން ވެސް ދަންނަން ޖެހޭ ކަމަކީ ކޮރަޕްޝަނުގެ މައްސަލަތަކުގައި ވަގުތު ނަގާނެކަން،"

ދުވަހުގެ ފޮޓޯ

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގައި ގދ. ތިނަދޫ އަތުން 3-0 އިން މޮޅުވެ، ފުރިހަމަ ރެކޯޑަކާ އެކު ވާދޫ އިން އަތޮޅު ޗެމްޕިއަންކަން ގދ. ވާދޫން ހޯދުން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގައި ގދ. ތިނަދޫ އަތުން 3-0 އިން މޮޅުވެ، ފުރިހަމަ ރެކޯޑަކާ އެކު ވާދޫ އިން އަތޮޅު ޗެމްޕިއަންކަން ގދ. ވާދޫން ހޯދުން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގައި ގދ. ތިނަދޫ އަތުން 3-0 އިން މޮޅުވެ، ފުރިހަމަ ރެކޯޑަކާ އެކު ވާދޫ އިން އަތޮޅު ޗެމްޕިއަންކަން ގދ. ވާދޫން ހޯދުން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ޑިވެލޮޕިން ސްކިލްސް އިން ޔޫތު ޓު ސަކްސީޑް އިން ދަ އިވޯލްވިން ސައުތު އޭޝިއަން އިކޮނޮމީ"

މިއީ އޮކްޓޯބަރު 2019، ގައި ޔުނިސެފުން ޝާއިއުކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ވަނީ ޒުވާނުންގެ މެދުގައި ތައުލީމު އުނގެނުމަށާއި ވަޒީފާގެ ފުރުސަތުތައް ހޯދުމުގައި ހުރި ފަރަގުތައް ބަޔާންކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox