މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް: ރޮބާޓޯ ކާލޯސް، ރީޑް އަދި ގީބާ ރާއްޖެ އަށް

Mar 7, 2022, 10:48 AM
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް: ރޮބާޓޯ ކާލޯސް، ރީޑް އަދި ގީބާ ރާއްޖެ އަށް

މި މަހު 17 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް އާއި ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ) އަދި ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިނިސްޓަރު މަހުލޫފް އިއްޔެ ވަނީ ގީބާ އާއި ރީޑް އަށް ރަސްމީކޮށް ސްޕޯޓްސް އެވޯޑްސް އަށް އަންނަން ކުރި ދައުވަތު އެ ދެ ފަރާތުން ގަބޫލުކުރަން ހަމަޖެހިފައިވާ ކަމަށް އިއުލާނުކުރައްވައިފަ އެވެ. އަދި މިއަދު ވަނީ ކާލޯސް ވެސް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ވީލްޗެއާ ޓެނިސް އިވެންޓްގައި ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ އިނގިރޭސިވިލާތުގެ ރީޑަކީ ޑަބަލްސްގައި ދުނިޔޭގެ ރޭންކިން އެއް ވަނަ އެވެ. އޭނާ ވަނީ ޕެރަލިމްޕިކް އިވެންޓުން ރަން މެޑަލާއި ރިހި މެޑަލް އަދި ލޯ މެޑަލް ހާސިލްކޮށްފަ އެވެ. ޓެނިހުގެ ބޮޑެތި މުބާރާތްތައް ކަމަށްވާ ގްރޭންޑްސްލޭމް އިވެންޓްތަކުގެ ސިންގަލްސް ބައިން ދެ ފަހަރު ޗެމްޕިއަންކަން ހޯދައި، ޑަބަލްސް އިވެންޓްތަކުން 18 ތަށި ވަނީ ހޯދައިފަ އެވެ.

ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީގެ އެތުލީޓްސް ކޮމިޝަންގެ ސެކްރެޓަރީކަން ކުރަމުން އަންނަ ގީބާ އަކީ ވޮލީބޯޅައިގެ ބޮޑެތި ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ. ގީބާގެ ކާމިޔާބީގެ ލިސްޓަށް ބަލާނަމަ، އޮލިމްޕިކްސް ގޭމްސްގެ ރަން މެޑަލާއި އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕް، އެފްއައިވީބީ ވޯލްޑް ކަޕް، އެފްއައިވިބީ ވޯލްޑް ގްރޭންޑް ޗެމްޕިއަންޝިޕް އަދި އެފްއައިވީބީ ލީގު ކާމިޔާބު ކުރުން ހިމެނެ އެވެ.

ސްކައި ސްޕޯޓްގެ އެންމެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ގީބާ ވަނީ ފޭމަސް މެގަޒިންގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ ޝަރަފް ވެސް ހޯދައިފަ އެވެ. ގީބާ ވަނީ އެންމެ މަތީ ފަންތީގައި 20 ވަރަކަށް އަހަރު ވޮލީ ކުޅުނުއިރު، އޭގެ ތެރެއިން 12 ވަރަކަށް އަހަރު ބްރެޒިލް ގައުމީ ޓީމަށް ކުޅެފަ އެެވެ.

ފްރާންސް ކޮޅަށް 1997 ވަަނަ އަހަރު ޖެހި އާދަޔާހިލާފު ހިލޭޖެހުމުން ދުނިޔޭގެ ސަމާލުކަން ހޯދި ރޮބާޓޯ ކާލޯސް އަކީ ވާތު ބެކް މަގާމަށް މިހާތަނަށް ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. ބްރެޒިލްގެ ސައޮ ޔޮއާއޯ އިން ކެރިއަރު ފަށައި ފަހުން އެ ގައުމުގެ ޕަލްމެއިރާސް އަށް ވެސް ކުޅުނު ކާލޯސް ޔޫރަޕްގައި ފުރަތަމަ ކުޅުނީ އިންޓަ މިލާން އަށެވެ. އެކަމަކު، އޭނާ ބޮޑަށް ވިދަން ފެށީ ރެއާލް މެޑްރިޑް ޖޯޒީގަ އެވެ. ފަހުން އޭނާ ވަނީ ފެނަބާޗޭ، ކޮރިންތިއަންސް، އަންޒީ މަކަޗްކާލާ އަދި ދިއްލީ ޑައިނަމޯސް ޖޯޒީގައި ފެންނަނީ އެވެ.

ކާލޯސް ވަނީ ވޯލްޑް ކަޕް ކަޕާއި ކޮންފެޑަރޭޝަން ކަޕާއި ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އިންޑިވިޖުއަލް އެވޯޑަށް ބަލާއިރު، 2008 ވަނަ އަހަރު ގޯލްޑަން ފޫޓް އެވޯޑް ހޯދިއިރު، 2002 ވަަަނަ އަހަރު ބެލޮންޑިއޯ ރަަނަރަޕް އެވޯޑް ހޯދިއިރު، އޭގެ ކުރިން 1997 ވަނަ އަހަރު ދުނިޔޭގެ ދެ ވަނަ ކުޅުންތެރިޔާގެ މަގާމު ހޯދި އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ރާއްޖެ އަންނަ މަޝްހޫރު ފަރާތްތައް ރާއްޖޭގައި ތިބޭނީ އެވޯޑްސްގެ ހޮސްޕިޓާލިޓީ ޕާޓްނަރު، ކްރޮސްރޯޑްސްގަ އެވެ. މި އެވޯޑްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "އަދަދު" އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox